24 ސެޕްޓެމްބަރ 2021 - 12:24
ބިހާރު (ސެޕްޓެމްބަރު 24) - ރޭޕުގެ ތުހުމަތުގައި އިންޑިއާ އިން ހައްޔަރުކުރި މީހަކު، އޭނާގެ އަވަށުގައި އުޅޭ ހުރިހާ އަންހެނުންގެ އެއްޗެހި ހަ މަސް ދުވަސްވަންދެން ދޮވެ އިސްތިރި ކޮށްދިނުމަށް ޝަރުތުކޮށް، ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ކޯޓުން ކަނޑައެޅި ޝަރުތުގެ ތެރޭގައި ހިމެނެނީ ބިހާރު ސްޓޭޓުގެ މަޖްހޯރު އަވަށުގައި ދިރިއުޅޭ ގާތްގަނޑަކަށް 2،000 އަންހެނުންގެ ލޯންޑަރީ ސާވިސް އަށް ބޭނުންވާ ޑިޓަޖެންޓް ވެސް ގަންނަން ޖެހޭނީ ރޭޕުގެ ތުހުމަތުކޮށްފައިވާ އުމުރުން 20 އަހަރުގެ ލަލަން ކުމާރު އަމިއްލަ އަށް ކަމަށެވެ.
ދިރިއުޅުމަށް އާމްދަނީ ހޯދުމުގެ ގޮތުން ދޮވެ އިސްތިރިކޮށް އުޅޭ ކުމާރު، ރޭޕުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހު އެވެ.
މަހްޖޯރު އަވަށުގެ ކައުންސިލްގެ ވެރިޔާ ނަސިމާ ކަތޫމް ވިދާޅުވީ ކުމާރުގެ މައްޗަށް ކޯޓުން ކަނޑައެޅި ޝަރުތާ މެދު އެ އަވަށުގެ ހުރިހާ އަންހެނުން ވެސް ހިތްހަމަޖެހިފައިވާ ކަމަށެވެ.
"މިއީ ތަފާތު އަދަބެއް. ކޯޓުގެ ނިންމުމުގެ ސަބަބުން މުޖްތަމައުގައި އަންހެނުންގެ ގަދަރު އުފުލިގެން ހިނގައްޖެ އަދި މިއީ ރޭޕިސްޓުންނަށް ދިން މެސެޖެއް،" އެ އަވަށުގެ އަންހެނެއް ކަމަށްވާ އަންޖުމް ޕަރްވީން ބުންޏެވެ.
އިންޑިއާގައި ރޭޕުގެ މައްސަލަތަކަށްދޭ ސަމާލުކަން ބޮޑުވީ 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ޔުނިވާސިޓީގެ ދަރިވަރަކު ރޭޕްކޮށް ބޮޑެތި އަނިޔާތަކެއް ދިން ހާދިސާ އަށް ފަހު އެވެ. އުމުރުން 23 އަހަރުގެ ދަރިވަރު ސިންގަޕޫރަށް ގެންގޮސް ފަރުވާ ދެނިކޮށް ވަނީ މަރުވެފަ އެވެ. އޭގެ ފަހުން އިންޑިއާގައި ވަނީ ރޭޕިސްޓުންނަށް ދޭ އަދަބު ހަރުކަށިކޮށްފަ އެވެ. ނަމަވެސް ރޭޕުގެ ކުށުގެ އަދަދު ދަށެއް ނުވެ އެވެ. މިދިޔަ އަހަރު ވެސް ވަނީ 28،000 ރޭޕް ކޭސް ރިޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބސބސ
25 September 2021
އެމީހާޔަށް ކާމިޔާބިޔަކަށްވެސް ވެދާނެ . ގެންނަ ހުރިހާ އެއްޗެއްގައި ވަސްބަލައި މީހާ ސިކުނޑި ގޯސްވާނީ. ދެންކޮށްފާނެ މާ ނުބައި އަމަލުވެސް.
ޖުހާ ބޭބެ
24 September 2021
ދޮވެދިން ވަރު މަދުވެގެން އިތުރަށް ދޮންނަން
އުދުހޭ
24 September 2021
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭން ހައްޔަރުކޮށް އެމީހުންލައްވާ ގާއެޅުން، ދަނޑުހެއްދުން ފަދަ މަސައްކަތް ކުރުވަންވީއޭ. އެކަން ބާއްވާނީ އޮޕްޝަނެއްގެގޮތުގައި. މަސައްކަތްކުރާ މީހުންނަށް ތަންކޮޅެއް ރަގަޅު ނިދުމާ ކެއުން އަދި ކުޑަ މުސާރައެއް ލިބޭގޮތަށް. މިސާލަކަށް މަހަކު 30 ޑޮލަރު.
ކަރާ
24 September 2021
ޢަލީ ވަޙީދުއަށް މުޅި ރާއްޖޭގެ އަންހެނުންގެ އެއްޗިހި ދޮންނަން ހަވާލުކުރަންވީ،
ސަމޫ
24 September 2021
ވަރަށް ތާއީދު.
ބަނބޫ
24 September 2021
ވަރަށް ސަޅި.