ޚަބަރު / ފެރީގެ ޚިދުމަތް

ހައި ސްޕީޑް ފެރީ ނެޓްވޯކްގެ ފުރަތަމަ ލޯންޗް ނިންމައި ޓެސްޓުކުރަން ފަށަނީ

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅުވާލުމަށް ފެށި މަޝްރޫއުގެ ދަށުން ފުރަތަމަ ފަހަރަށް ފެރީއެއް ޓެސްޓު ކުރަން މޫދަށް ބާލަނީ -- ފޮޓޯ: ޓްވިޓާ

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅާލުމަށް ފެށި "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފުރަތަމަ ލޯންޗު ބަނދެ ޓެސްޓު ކުރަން ތައްޔާރުވެއްޖެ އެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހައި ސްޕީޑް ފެރީގެ ނިޒާމު ގާއިމް ކުރުމުގެ ފުރަތަ ފިޔަވަހި ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ލޯންޗުތައް ބަންނަން ހަވާލުކުރީ ލޯންޗް ބަނުމުގެ މަސައްކަތް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރާ ގަލްފް ކްރާފްޓަށެވެ. އެ މަޝްރޫއުގެ ދަށުން މިއަދު ފުރަތަމަ ފަހަރަށް ލޯންޗެއް ވަނީ މޫދަށް ބާލައިފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ، އިންޖީނު ވެސް އަޅައި އެ ލޯންޗު ބޭލީ ޓެސްޓު ކުރަން ކަމަށެވެ. ޓެސްޓުކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޓްރައިލް އަށް ރެޑީ ކުރަން ވެގެން މި ބޭލީ. މި މަހުގެ ތެރޭގައި ޓެސްޓް ޓްރައިލްއަށް ދުއްވަން ފަށާނެ،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމްގެ ޓްވީޓް --

އާޒިމް ވިދާޅުވީ، 30 ނޮޓްގެ ބާރުމިނުގައި ދުވާ މި ލޯންޗުތައް އާދައިގެ ދޯނިތަކާ އަޅާބަލާއިރު ތިން ގުނަ ބާރުމިނުގައި ދުވާނެ ކަމަށެވެ. އަދި ކޮންމެ ލޯންޗެއްގައި 50 މީހުންނަށް ދަތުރު ކުރެވޭނެ ކަމަށާއި ލޯންޗުތައް ހުންނާނީ އޭސީ ކޮށްފައިކަމަށް ވެސް ވިދާޅުވި އެވެ. މީގައި މީހުން އިށީންނަން ހުންނާނީ އެއާކްރާފްޓް ސީޓުތައް ކަމަށް ވެސް ވިދާޅުވި އެވެ.

ލޯންޗުތައް ފަރުމާކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އަމިއްލައަށް އަރައި ފޭބޭ ގޮތަށެވެ.

ސަރުކާރުން ހައި ސްޕީޑް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި ވަނީ ހއ.، ހދ. އަދި ށ. އަތޮޅުގަ އެވެ. މުޅި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސެވެ. އެ ފިޔަވަހި ނިމޭ އިރު 41 ރަށަކަށް ހައި ސްޕީޑް ފެރީގެ ހިދުމަތް ދެވޭނެ އެވެ.

އެ އަތޮޅުތަކުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ 17 ލޯންޗެއް ބަނުމަށް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އޭގެ ތެރެއިން، ހަ ލޯންޗެއްގެ ދަތުރުތައް ނޮވެމްބަރު 15ގެ ކުރިން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ސަރަހައްދުތައް ގުޅާލުމަށް ފެށި މަޝްރޫއެކެވެ.

17 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާމިރާޖް

25 September 2021

ދަތުރުފަތުރު ނަގައިގެން ކިތައް އަހަރު . ވާވުއަތޮޅުން ފޮއްތެޔޮ ނަގައިގެން ކޮބާމިއަތޮޅު ލޯންޗު؟.؟ ރައްޔިތުންގެ ޓެކްސް ފައިސާ ތަޅަނީ ؟ ދަތުރުފަތުރު ބެހި ރަށްތައް ކޮބާތޯ؟

The name is already taken The name is available. Register?

ބުލް ބުލް

25 September 2021

އާޒިމް މޮޅުވާހަކަ ދައްކާނެކަމެއްނެތް.މިހާރުވެސް ސްޕީޑް ނެގެން އޮތްވަރަށް ނުނަގާ ކޮންހާ ފޮނިވާހަކައެއް.ގއ ގަ ބޭނުންކުރަމުންއައި ދޮންދިފެރީ ބަރަށްދުވާފެރީއެއް މިހާރު ބޭނުންކުރާ ވަނަވަރު ފެރީ އަކީ.ސްޕީޑު ރަނގަޅު.އެކަމަކު ނުދުއްވަންޏާ ކޮބާ ރިޔަލު ބޮށްކުރައެއް އޮތުމެކޭ ތަފާތަކީ؟ތިދައްކަނީ ޕެޓްރޯލް އަޅައިގެން ދުއްވާ ސޮޕީޑް ލޯންޗް ފަހަރުގެ ވާހަކަ..ޚަރަދުވެސް ބޮޑުވާނެ.ކޮލަމާފުށިން ފަތިހު 5:30 ގަ ފެރީއަށް އަރާ ގޮތަށް ހެނދުނު 10:30 ގަ ތިނަދޫއަށް .ކިހާ ސަޅި

The name is already taken The name is available. Register?

ބުހާރީ

25 September 2021

ކޮންމެ 2 ރަތް ދޭތެރޭ އެއަރޕޯރޓް އަޅާފައި ފެރީ ދުއްވައިގެން ދެކޮޅު ޖެހޭނެބާ! ޢަޅުގަނޑަށް ލަފާކުރެވޭގޮތުން އިންވެސްޓްމެންޓް އަގުވެސް ކަވަރު ނުވާނެ ތިފެރީތައްދުއްވައިގެން.. ޢެމްޓީސީސީ އިން މިކަހަލު ކަންކަމަށް ހޭދަކުރުމަށްވުރެ ރަންގަޅުވާނެ ޜައްޖޭގެ ރިސޯރޓްތަކަށް ސީޕްލޭން އޮޕެރޭޓް ކުރިއަސް.

The name is already taken The name is available. Register?

ަމުޖީބު

25 September 2021

މިހާރު ކަންކުރާގޮތަށް ކަންކޮށްގެން އެއްވެސްބަޔަކަށް ކާމިޔާބެއްނުލިބޭނެއެވެ. ކާމިޔާބުލިބޭނީ ތަންތަނާއި ތަކެތިހަދާމީހުނަށާއި މަސައްކަތް ޙަވާލުކުރާ ފަރާތްތަކަށެވެ. ހުރިހައިގެއްލުމެއް ރައްޔިތުންގެ މާލިއްޔަތަށެވެ. ކަންއޮތީމިހިންނެވެ. ރާއްޖެއަށް އެންމެ ކަމުދާނެކަމުގައިބެލެވެނީ ފެރީއާއި ފެނަށްޖައްސާ މަތިންދާބޯޓުފަހަރުން ދެވޭނެ ޚިދުމަތުންނެވެ.

The name is already taken The name is available. Register?

ހޮކް

25 September 2021

ތިވެސް ބަޔަކު މީހުނައް ކުރާ ޖެއްސުމެއް

The name is already taken The name is available. Register?

ޙަބީބު

25 September 2021

ބަރަވެލި ސްޕީޑައް ވާނީ ތިނުދުވާނެ ފެރީގަ ހުންނާނީ ދެކަނދައް ވާގޮތައް ތިޔައެކޭ އޮޑިޔެކޭ ތަފާތެއްނެތް ހަމަ ބުރިޖު ފައިކަށި ގޮތައް މިނިމަމް ވޭޖުގޮތައް ރިސޯޓު ހިއްސާގޮތައް އެއްކަމެއް ނުދޭ އާރުލާ ގޮތަކައް

The name is already taken The name is available. Register?

78654

25 September 2021

ރަނގަޅު.އެމް ޓީ ސީ ސީ ގެ ދަށުން މާލޭގަ ބަހުގެ ހިދުމަތް ވަރައްބޮޑައް ފުޅާކުރަންވީ.ކުދިބަސްތަކުނަ ބޮޑެތިބަސް ތަކައް ފީޑު ކުރާގޮތައް.ޓެކްސީ ނުނަގާ އުޅެވޭވަރަށް.

The name is already taken The name is available. Register?

ކަލަމިންޖާ

25 September 2021

ވަރަށް އުފާވެރި ހަބަރެއް. ކޮންއިަރކުންތޯ ތިގޮތަށް މުދާ ފޮނުވާ ނިޒާމެއް ގާއިމްކުރާނީ.

The name is already taken The name is available. Register?

98765

25 September 2021

މަތިންދާ ބޯޓެއް ނުހެދީ ކީއްވެބާ.ކަނޑުގަދަވީމަ އޭރުން މަތިންވެސް ދެވޭނެ އެއްނު.

The name is already taken The name is available. Register?

ކޮންމެކަމަކަށްވެސްޖެއްސުން

25 September 2021

މޫސުން ގޯސްވެގެން މަތިންވެސް ނުދުއްވޭވަރު ވެދާނެ. ދެން ކޯއްޗެއް ހަދަންބާ ބުނާނީ

The name is already taken The name is available. Register?

ހޯނނނނ

25 September 2021

ރަނގަޅު ވާހަކައެއް އުދުހޭ ހައިސްޕީޑު ސަބުމެރީންއެއް ހެދީމަ ކޮންމެ އިރަކުވެސް ދަތުރިކުރެވޭނެ

The name is already taken The name is available. Register?

ޑައިވިން

25 September 2021

ދެން ރޭލެން ހަދާނީ

The name is already taken The name is available. Register?

އުދުހޭ

25 September 2021

މިހާރުވެސް އޮޕަރޭޓްކުރާ ފެރީ ލޯންޗްތަކާ އަޅާބަލާއިރު ތިޔައެތި ލަސްވާނެ ކަމަށް ލަފާކުރެވޭ. ސަބަބަކީ ތީގެ އިންޖީގެ ޑީޓެއިލްސް ހާމަކޮށްލަން ނުކެރުން. އާދައިގެ ދޯންޏާ ލޯންޗާ އަޅާ ކިޔާފަ 3 ގުނަ ބާރުވާނެޔޭ ބުނުމަށްވުރެ ރަގަޅުވާނެ ކަންޒުކަހަނބަކާ އަޅާބަލާއިރު 100 ގުނަ ވާރުވާނެޔޭ ބުނުން.

The name is already taken The name is available. Register?

ހަލް

25 September 2021

ދެ ހަލް ލާފަ ނަހަދަނީ ކީއްވެބާ؟ ގަދަކަނޑުގަ ދުއްވާއިރު ދެ ހަލް ލީ އުޅަނދުތަކުގަ ތިބޭ ފަސިންޖަރުންނަށް ތަންކޮޅެއް ފަސޭހަވާނެ.

The name is already taken The name is available. Register?

ނާމްދި ކާނޫ

25 September 2021

ރަންގަޅުވާހަކައެއް! ގިނަ ބޭރު ގައުމުތަކުގެ ފެރީ ހުންނަނީ ދެހަލް ލާފަ! ބައެއް ގައުމުތަކުގައި 1960 އިން ސުރެ ބޭނުން އެބަ ކުރޭ ހައިޑްރޯ ފޮއިލް ހަރުކޮށްފަ ހުންން ފެރީވެސް، މިވައްތަރު ފެރީއިން ދަތުރުކުރާއިރު ކިތައްމެ ކަންޑުގަދަވިޔަސް މަރުމޯލުންނަށް ހިލަމެއްވެސް ނުވާނެ.

The name is already taken The name is available. Register?

ސަވަރިޔާ

25 September 2021

ހިނަގައިބަލަ ފުރަތަމަ މިކަން ފެށޭތޯ. މިހާރު އެބަންނަނީ ވަރށް ގިނަ ދިރާސާޔަށް ފަހު ކަމަށް ބެލެވޭ. ބޮޑެތިކޮށް އެ ބަންނަނީ . މިކަމުންވެސް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިރިއުޅުމަށް ލިބޭނެ އިންޝާﷲ

The name is already taken The name is available. Register?

މާވަޑިހަކީމު

25 September 2021

ކަމަކުނުދާނެ. ދެކނދު ދޭތެރޭ ވަރަށް ރާޅާތަޅާނެ. ރާޅު ނުތާޅާވރައް ަުސްކުރަންޖެހޭނީ. ކެޓުފެރީ ރަނގަޅުވާނީ ވަރަށް ބޮޑެތި ޕަސަންޖަރުލައިނަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454