ޚަބަރު / ހިޔާ ފްލެޓްތައް

މީހުން ދިރިނޫޅޭ ހިޔާ ފްލެޓެއްގެ ފެން ބިލަށް 6،700 ރުފިޔާ!

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓެއްގެ ބެލްކަނީގައި މީހަކު ހުއްޓިލައިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހަކު، އެ ފްލެޓްގައި ދިރިއުޅެން ނުފަށަނީސް ވެސް އެ ތަނުގެ ފެން ބިލަށް 6،700 ރުފިޔާ އަރާފައިވާކަމަށް ބުނާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.

"ހިޔާ" ގެ އަށް ވަނަ ޓަވަރުގެ 23 ވަނަ ފްލޯއިން ފްލެޓް ލިބުނު މީހެއްގެ ފެން ބިލަށް މިހާ ބޮޑު އަދަދެއް އެރިއިރު، އެ ތަނުގެ ވެރިމީހާ، "މިހާރު" އަށް ބުނީ، އެ ފްލެޓްގެ ތަޅުދަނޑި އެ މީހުންނާ ހަވާލުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

އެކަމަކު، އެ ފްލެޓާ ރަސްމީކޮށް ހަވާލުވި ދުވަހުން ފެށިގެން މިހާތަނަށް އެ ތަނުގައި ކުރިހާ ވެސް މަސައްކަތަކީ އަށި ތަޅާލައި، ދެ ފާހާނައިގެ ތަޅުންގަނޑުއެއް ވަރުކުރުމުގެ މަސައްކަތް އެކަނި ކަމަށް އޭނާ ބުންޏެވެ.

"ސިންކް އިންނަ ތަން ތަޅާލައިފައި އެ ތަނުގެ ކަނެއް ކައިރީ އެއްވަރުކޮށްލަން ސިމެންތި ޖެހީ އަޅުގަނޑުމެން ބަދިގެ ސެޓް ހަރުކުރަން ބޭނުންވާތީ. ދެން ފާހާނާއިގެ ތަޅުންގަނޑު އެއްވަރުކުރީ. 100 ރުފިޔާ ވެސް އެއަށް ނާރާނެ،" އޭނާ ބުންޏެވެ.

ފެން ބިލަށް ބޮޑު އެއްޗެއް އެރިކަން އޭނާ އަށް ވެސް އެނގުނީ މިއަދު މޯބައިލް ނަމްބަރަކުން ގުޅައި އެހާ ބޮޑު އެއްޗެއް ބިލަށް އެރުމުން އެކަން ސާފުކުރަން އެމްޑަބްލިއުއެސްސީން އުޅުމުން ކަމަށް އޭނާ ބުންޏެވެ. އެހެންވެ އޭނާ ވަނީ މީހަކު ލައްވާ ޕޯޓަލުން ބިލު ނަގައިފަ އެވެ.

"ހެނދުނު ގުޅާފައި ބުނީ ފެންބިލު ވަރަށް ބޮޑޭ. 80 ޓަންސް އެބައިނޭ އަރައިފައި. އަޅުގަނޑު އަހައިފިން އެހީ ކިހާ ރުފިޔާއެއްހޭ. ބުނީމަ ބުނީ 16،000 އޭ. ދެން އެމީހުން ބޭނުންވީ މީޓަރު ޗެކްކޮށްލަން،" ފްލެޓްގެ ވެރިމީހާ ބުންޏެވެ.

"މިހާ ބޮޑު އެއްޗެއް [ބިލަށް] އެރީމާ އަޅުގަނޑަށް ވެސް ލިބުނީ ޝޮކެއް. އެ މީހުން މީޓަރު ޗެކްކުރަން ބުނީމާ އެ އިންތިޒާމު ވެސް ވަގުތުން ހަމަޖެއްސިން."

އޭނާ ކިޔައިދިން ގޮތުގައި، ފެން ބިލަށްގިނަ އަދަދެއްގެ ފައިސާ އެރި ވާހަކަ އެންގުމުން، އެ ތަނަށް އޭނާގެ ބޭބެއަކު ގޮސް ބެލި އެވެ. އެކަމަކު ފެން ލީކެއް ނުވެ އެވެ. އަދި އެމްޑަބްލިއުއެސްސީން ގުޅި މީހުން ވެސް ފްލެޓަށް ގޮސް ބެލި ކަމަށާއި ލީކެއް ނެތް ކަމަށް އެ މީހުންނާ ހަވާލާދީ ފްލެޓްގެ ވެރިފަރާތުން ބުނެ އެވެ.

"ފްލެޓުގައި ހަމަ އެއްވެސް ލީކެއް ނެތް. މީޓަރެއް ވެސް ނޭނބުރޭ."

އޭނާ ބުނީ، އެ އާއިލާގެ މީހުން އެ ފްލެޓްގައި ދިރިއުޅެން ފެށިޔަސް ފެން ބިލަށް 6،000ރ. އެއް ނާރާނެ ކަމަށެވެ. "ބޮޑު ތިން މީހުންނާއި ދެ އަހަރު ނުވާ ކުޑަ ކުއްޖެއް މި ފެމެލީގައި އުޅޭނީ،" އޭނާ ބުންޏެވެ.

ފްލެޓް ލިބުނު ފަހުން، މިދިޔަ ހުކުރު ދުވަސް ފިޔަވައި ކޮންމެ ހުކުރު ދުވަހެއްގައި ފްލެޓަށް ގޮސް އެ ތަން ބަލައި ވެރިފަރާތުން ޗެކްކުރެ އެވެ. އެކަމަކު ދުވަހަކު ވެސް ފެން ލީކުވާ ތަނެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީން ބުނީ އެފަދަ ޝަކުވާއެއް އެ ކުންފުންޏަށް ލިބިފައި ނުވާ ކަމަށެވެ. ހިޔާ ފްލެޓަށް އަދި ފެން ބިލު ފޮނުވަން ފަށާފައިނުވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

19 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 40%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަންނު

29 September 2021

ކަރަންޓް ބިލް ދެހާސް އަރަމުން އަންނަ ގެތަކަށް މި ދިޔަ ޖުލައިމަހު ދިހަހާސް އެރީމަވެސް ބެލި ބަޔަކު ބަލާފަ އެބުނީ ރަގަޅަށޭ ބިލް ހުރީ. ތިވެސް ވާނީ ހަމަ ރަގަޅަށް ހެދިފަ ހުރި ބިލަކަށް.

The name is already taken The name is available. Register?

ހުސްނުހީނާ

28 September 2021

ބިލްނުފޮނުވާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް! ބިލް ހަދައިފަ، ބިލްފޮނުވައިފި. ތި ކުންފުނިން އެސް.އެމް.އެސް ފޮނުވައިފި. އެޕްލިކޭޝަނުން ބިލްފެނޭ!

The name is already taken The name is available. Register?

ކަނަމަނަ1007

29 September 2021

ސާހު ކީއްކުރަން ދޮގުހަދަނީ

The name is already taken The name is available. Register?

އާއިދާ

28 September 2021

ވެރިފަރާތަށް ރޭކާވެސްނުލާ ފަދަ ގޮތަކަށް ފެން އިސްރާފް ކޮށްފައިހުރެދާނެ މަސައްކަތްކުރަން ގެންދިއަ މީހުންގެ އިހުމާލުންވެސް. އަހަރެންގެ ކޮއްކޮއެއްގެ ފުލެޓްގައި މުށިޖަހަން އުޅުނު މީހުން ބެލްކަނީގައި ހުރި ފެން އިސްކުރު ދޫކޮށްލައިގެން މުޅިދުވަސް ހޭދަކޮށްފައިވޭ

The name is already taken The name is available. Register?

އަހްމ

29 September 2021

ދެބިލު އޮޅިފަ ކަންނޭންގެ ތިއޮތީ

The name is already taken The name is available. Register?

ވައުދު

28 September 2021

ވައުދުފުއްދޭނެ

The name is already taken The name is available. Register?

ޔޯޔޯ

28 September 2021

ތިވާނީ އެމްޑަބްލިއުއެސްސީއިން ޓެސްޓެއްކޮށްލީކަމަށް، މީހުން އެމީހުންގެ ބިލްތަކަށް އެލާޓްވަނީ ކިހާވަރަކަށްތޯބަލަން. އެހެންވެސް ބުނެފާނެ، އެހެންވެސް ބުނެފާނެ ރައްޖޭގެ ކުންފުނިތަކާ އޮފީސްތަކަކީ މީހުންއޮޅުވާލުމުގައި ވަރަށް ކުރީގައި ތިބޭކަމެއް.

The name is already taken The name is available. Register?

ލޮލީތާ

28 September 2021

ތިތަނަށް ފަންޑިތައެއްނުން ހަދަންވީ، އަނެއްކާ އެއްޗެއް އުޅެނީތަ!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

28 September 2021

ފްލަޝް ޓޭންކްގެ ލީވާ ސްޓަކްވެފަ 6 ނުވަތަ 10 ވަރަކަށް ދުވަސްވަންދެން ހުއްޓަސް ފެންބިލް ވަަރަށް ބޮޑު ވެދާނެ.ގޭގެ މީހުން އެބުނާ މަސައްކަތުގަ އުޅުނު ހަނދާންނެތިގެން ފެން އިސްކުރަށް ބާރުނުކޮށް ހުއްޓަސް ވަރަށް ގިނަ ފެން ޑްރެއިންވާނެ.ބޫސްޓަރ ޕަމްޕް ސިސްޓަމުން އެހާ މަތީ ފްލޯތަކަށް ފެން ނެގޭއިރު މީޓަރުގެ ހިނގުން ވެސް ސްލޯ ނުވާނެ.އެހެންވީމަ ބިލަށް އެބުނާ އަދަދު އެރުން ދުރެއް ނޫން.މިއީ މަގޭ ހިޔާލު.ވ.ވެދުން

The name is already taken The name is available. Register?

ވިންސްމޯކް ސާންޖީ

29 September 2021

ކަލެއަށް ދެން މާބޮޑަށް އިނގެނީ

The name is already taken The name is available. Register?

ކޮރަލް

28 September 2021

ބައެއް ފްލެޓް ތަކުގަ ފެން ލީކް ގެ މައްސަލަ އުޅެ އެވެ. ހޮޅި ތައް ޓެސްޓް ނުކުރެވިހުރި ހެން ހީވެ އެވެ.

The name is already taken The name is available. Register?

ނިމުނީ

28 September 2021

ތިކަމުގައި އެއްވެސްމީހަކު ޒިންމާއެއްނުވާނެއެވެ. ވާނީ ޓެކުނިކަލް އެރަރަކަށް. ވަﷲ ޢައުޟަމް! ނިމުނީ!

The name is already taken The name is available. Register?

ދެރަކަމެއް

28 September 2021

ޢޮޅުވާލާގެން ނިކަމެތި ރައްޔިތުމީހާއަތުން ދައުލަތުގެ ކުންފުންޏަކުން ލާރި ނަގަން ތިހެން އުޅުމަކީ ވ ދެރަކަމެއް؟ ނޫހުގެ ސުރުހީއަށް ހަބަރު ނޭރިނަމަ އެލާރި ރައްޔިތުމީހާ ޖޫރިމަނާކޮށްގެން ނަމަވެސް އަތުލާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454