ހިޔާ ފްލެޓްގެ ކޮޓަރިއެއްގެ ބިއްލޫރިގަނޑުގައި ރެނދުލައި ތަޅައިގެންގޮސްފައި---
02 އޮކްޓޯބަރ 2021 - 18:37
"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ޓަވަރުތަކުގެ ބައެއް ފްލެޓްތަކުގެ ބިއްލޫރިގަނޑުގައި ވަރަށް ބޮޑަށް ރެނދުލައި ތަޅައިގެން ހިނގައްޖެ އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި، ރޭގެ ނިޔަލަށް ވަނީ ފަސް ވަރަކަށް ފްލެޓްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފަ އެވެ. ތަޅައިގެން ދިޔައީ ފްލެޓްތަކުގެ ބެލްކަނީގެ ދޮރުގެ ބިއްލޫރިގަނޑާއި ބެލްކަންޏާ ކައިރީގެ ކޮޓަރީގެ ބިއްލޫރިގަނޑުތަކެވެ.
ހިޔާ ޔޫނިއަންގެ ހެޑް ފައުންޑަރު، އަބްދުﷲ އަމްޒަލް "މިހާރު" އަށް ވިދާޅުވީ ފަހަކަށް ވުރެ ގިނަ ފްލެޓްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އެކަމުގެ ޝަކުވާ މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާ ދިމާވުމުން އެޗްޑީސީން އެޓެންޑްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިޔާ ފްލެޓެއްގެ ބެލްކަންޏެއްގެ ބިއްލޫރިގަނޑުގައި ރެނދުލައި ތަޅައިގެންގޮސްފައި---
އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ ބޭރުގެ ބިއްލޫރިގަނޑު ތަޅައިގެން ދަނީ މާ ބޮޑަށް ހޫނުވުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ.
"ބޭރަށް މި ހުންނަ ބިއްލޫރިތައް ތަޅައިގެން ދިޔައީ. ބޮޑަށް ބެލެވެނީ އެހާ ގިނަ ދުވަސްވީމާ ގަދަ އަވީގެ ސަބަބުންވާ ގޮތެއް ކަމަށް. އެ ބިއްލޫރި މި މާހައުލާ ނުގުޅޭތީ ކަމަށް،" އަމްޒަލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އަދި އެޗްޑީސީގެ ބަހެއް ނުލިބެ އެވެ.
ހިޔާގެ ބައެއް ފްލެޓްތަކުގެ ބިއްލޫރިގަނޑު ތަޅައިގެންދާ މައްސަލަތަކެއް ފެންމަތިވިއިރު، މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުނު ދުވަސްވަރެއްގައި އެ ތަނުގެ ބޭރު ކުޑަ ދޮރުތަކުން ކޮޓަރިއަށް ފެން ލީކުވާ މައްސަލަތަކެއް ވެސް ދިމާވި އެވެ.
އެޗްޑީސީން އަންނަނީ އެކަން ދިމާވި ގޮތް ބަލައި އެ މައްސަލަ ހައްލުކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
ހިޔާ ފްލެޓްތަކުގައި 100 އެއްހާ އާއިލާ މިހާރު ވެސް ދިރިއުޅެމުން އެބަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަލި
03 October 2021
މީ އަނިޔާއެއް އެނގޭތޯ
ނަންވާނީ
03 October 2021
މިއޮތް ހުރިހާ އަހަރު ދުވަހު ތިޔަ ބިއްލޫރި ނުތެޅިފަ މިހާރު މީހުން ވަދެ އެކި ކަހަލަ ފާރުތަކަށް ގުނޑުން އަންނަ މަސައްކަތްތައް ކުރުން އެއްފަހަރާ އެހާ ގިނަވީމަ ތިޔަ ކަހަލަ ކަމެއްވުމާ މާ ގާތްހެން ހީވަނީ. ހޫނުން ބިއްލޫރި ތަޅައިގެންދަންޏާ ކުރިންވެސް ތެޅިފައެއްނު ހުންނާނީ.
ށަވިޔަނި
03 October 2021
އަވަސްއަރުވައިގެން ދައްކަން ކަންތައްކުރީމަ ތިހުރިހާކަމެއް ދިމާވާނެ އަހަރުމެން ހައިރާނެއް ނުވޭ. ލަފާކުރި ހުރިޙާ ދައްޗެއް ތިތަނުން އެބަފެނޭ. އިންޑިއާ އިން ކުރިކަމެއްނަމަ ކޮމެންޓްތައް ތަފާތުވާނެ.
ފޮނިޓައްޕު ހަސަނު
03 October 2021
ދޮރުތަކުން ފެން ލީކުވުމާއި، ދޮރުތަގެ ބިއްލޫރި ގަނޑު ތަޅައިގެން ދިއުމާއި، ލިފްޓު ހަލާކު ވެފަހުރުން މިފެންނަނީ އަދި މަދު މައްސަލަތަކެއް. ކުރިއައް އޮތްތަނުގައި ތިއަށް ވުރެން ސީރިއަސް މައްސަލަތައް ތިލަވާނެ. ތީގެން ދޭހަވަނީ ކޮންމެވެސް ބަޔަކު އަމާނާތައް ހިޔާނާތްތެރި ވެފައިވާކަން، މިލިއަން ޑޮލަރުން ޑީލު ހަދައި ސިއްރު ބޭންކު އެކައުންޓުތައް ފުރާލިކަން.
މޭޑިންޗައިނާ
03 October 2021
ޝުކުރިއްޔާ ރައީސް ޔާމީން...
ޔޫނިއަންތަ؟
03 October 2021
މަރާމާތަށް ލާރިނަގާތީ ތިބިއްލޫރި ބަދަލުކުރަން ޖެހޭނީ ތިޔޫނިއަނުންދޯ. އެޗް.ޑީ.ސީން ފްލެޓްތައް ހަވާލުކޮށްފިއެއްނު؟
ރަދީފްއޮފިޝިއަލް
03 October 2021
ރައްޓެހި ބަޔަކަށް ޕްރޮޖެކްޓް ދީ ހުރިހާ ބިއްލޫރި ބަދަލުކުރަން.
ހުދު
03 October 2021
ތެދެއް! ސީދާ ރާއްޖެ މާހައުލު ބިއްލޫރި ރާއްޖޭގަ ހަދާފަ އަޅުވާނެ! ޢެހެން ނޫނަސް ޗައިނާއިން އެޅީ ތި 7 ހަަސް އެކަނި! ދެން ނެތް ފުލެޓެއް އެމީހުން އެޅި!
ރަދީފްއޮފިޝިއަލް
03 October 2021
@ހުދު. ބިއްލޫރި ހަދާނީ ވެސް ރާއްޖޭގަ ދޯ.މޮޅު ދޯ ރީނދޫ ގަބީލާ.ހެހެހެހެެހެ
ކޮޓަރި ބެލްކަނި ވައިނޮޅި ގޮތަށް
03 October 2021
ދުނިޔޭގެ އާޖުފާޖު ނުދަންނަ މީހުން ކަންކުރާނެ މަގުން ކަންކޮށް ނިންމީމަ ނިކުންނާނެ ނަތީޖާ ފެންނަން ފެށީއެވެ މައިގޭގެ ބެލްކަނި އޮތް އިރު މަގުފަޅިއަށް ހުރި ކޮޓަރީގެ ބެލްކަނި ވަނީ ފެންފޮދަކާ ނުލާ ދިރުވާލާފަ އެވެ
ސަކީއްތަ
03 October 2021
ތިޔަ ތަން ހަދާފަ ހުންނަތާ 3 އަހަރުވީ މަގެއްމައްޗަށް އެއްޗެއްވެއްޓިގެން ހަބަރެއް ނުވޭ … ޓާޓާ ފުލެޓުން ވެއްޓުނީމާ ތިތަނުން ވެއްޓޭކަށް ނުޖެހޭ
ކަރުނަ
03 October 2021
ތިވަރުގެ ބޮޑު މަސްރޫއެއްގައި ތީކަހަލަ ޓެކްނިކަލް މައްސަލަތައް ހުންނާނެ ވޮރަންޓީގެ ދަށުން ތިކަންކަން ހައްލުވެގެންދާނެ އާންމުންނަށް ތަކުލީގަކަށް ނުވާނެ