ޓްރެފިކް ފުލުހުންތަކެއް މަގުމަތީގައި: އޮޅުވާލައިގެން ލައިސަންސް ހޯދަން އުޅުނު މީހަކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ހައި ކޯޓުން ވަނީ ހުކުމް ކޮށްފައި --- ފޮޮޓޯ/މިހާރު
03 އޮކްޓޯބަރ 2021 - 14:24
އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮޅުވާލައިގެން ހޯދަން އުޅުނު މީހަކު 28،000ރ. އިން ޖޫރިމަނާ ކުރަން ހައި ކޯޓުން ހުކުމްކޮށްފި އެވެ.
އެނގި ހުރެ، ސައްހަ ނޫން ގޮތުގައި ލިޔުމަކަށް ބަދަލު ގެނައުމުގެ ދައުވާ މ. މުލަކު މީހެއްގެ މައްޗަށް ދައުލަތުން އުފުލީ އޭނާގެ އާއިލާގެ މީހަކަށް މ. އަތޮޅު ކައުންސިލްގެ އިދާރާ އިން ދޫކުރި ލައިސަންސެއްގެ މައުލޫމާތު އޭނާގެ ނަމަށް ބަދަލު ކުރުމަށް ފަހު ލައިސަންސް އާ ކުރަން ފޯމު ހުށަހެޅުމުންނެވެ.
އެ މީހާގެ މައްޗަށް ދައުވާ ކުރުމުން ދަށު ކޯޓުގައި އޭނާ ދައުވާ އަށް އިއުތިރާފުވިއިރު، އެ ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާ 74،000ރ. އިން ޖޫރިމަނާ ކުރުމަށެވެ. އެކަމަކު އެ އަދަބާ މެދު ހިތްހަމަ ނުޖެހޭތީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގައި އޭނާ ދައުވާއަށް އިއުތިރާފުވެފައިވާތީ ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ކުށަކާ މެދު ދެރަވާ ކަން އާންމުކޮށް ފާޅުކޮށްފި ނަމަ، އަދަބުގެ ދަރަޖަ ދަށް ކުރަންޖެހޭ ކަމަށާއި އެކަމަކު އާންމުކޮށް މާފަށް އެދުމާ ބެހޭ އުސޫލެއް އޭރު ނެތުމުން އެ ފުރުސަތު އޭނާ އަށް ލިބިފައިނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އުސޫލު ހަދަންޖެހޭ ފަރާތުން އުސޫލެއް ނަހަދާ އޮތުމަކީ އޭނާއަށް ލިބެންޖެހޭ ހައްގަކުން މަހްރޫމު ކުރެވޭނެ ސަބަބެއް ނޫން ކަމަށާއި އެހެންވެ، އޭނާ އަށް އެ ހައްގު ދޭންޖެހޭނެ ކަމަށް ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވެ އެވެ.
އެހެންވެ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ އަދަބުގެ ތިން ދަރަޖަ ދަށްކުރަން ޖެހޭނެ ހައި ކޯޓުގެ ހުކުމުގައި ކަނޑައެޅި އެވެ. އަދި އަދަބުގެ ދަރަޖަ ދަށް ކުރުމާ އެކު، އަދަބުގެ ބާވަތް ޖޫރިމަނާ އަށް ބަދަލު ކުރުމުން އޭނާ އަށް ދޭންޖެހޭ އަދަބަކީ 28،800ރ. ގެ ޖޫރިމަނާއެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައި، އެ މީހާ އަށް އެންގީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކޮންމެ މަހަކު ފައިސާ ދައްކަމުން ގޮސް ފަސް މަސް ތެރޭގައި އެ ފައިސާ ދައްކައި ނިންމުމަށެވެ.
މި މައްސަލަ ނިންމި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ސަމީރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮލް ބޮލް
04 October 2021
އޮޅުވާލައިގެން ކަންކަން ކުރެވޭނީ ވަކި ބަޔަކަށޭ! މިސާލަކައް، މި ފަހުގެ ޕާސްޕޯޓް ކަންތަކުގަ އެގޭނެ ކިތައް ހިސާބުން ފަސްދޮޅަސް ގޮތައް އޮޅުވައިލިގެންކަން ކަންކުރީ. އެކަމު އަދަބެއް ކަތީބެއް ނާދޭ، ދެއްތޯ!؟
ސޮލް
04 October 2021
ރައްޔިތުމީހާ ފެލައިގެންވެސް ދައުލަތަށް ރުފިޔާ ލިބޭތޯ ބަލާތި.
ޖުރިމަނާމޫސާފުޅު
03 October 2021
މަބުނީ، މިހިރަ ފިހާރައިގެ ސޭޓަކަށް ހުންނަނީ ޓުއަރިސްޓު ވިސާގަ އައިސް ހުރި ބޮންދެއް، ޖުރިމަނާކޮށްލަން ކެރޭނެތަ.
ބޮޑުމީހާ
03 October 2021
އޮޅުވާލައިގެން ނޫންތަ 1700 ކާރު އެއްގަރާޖަކަށް ރެޖިސްޓްރީކުރީ، ވެންޓިލާޓަރ ގަތީ އޮޅުވާލައިގެން، އޮޅުވާލައިގެން 4 ބިލިއަން. ޜުފިޔާގެ ވައްކަންތައް ކޮބާ؟
ޢަލިސް
03 October 2021
ޕެންޑެމިކްގަ މިނިސް ޓަރ ނަސީމް ބުނި ކުންފުންނަކުން ވެކްސިން ފޮރުކޮށްދޭން ލިޔެކިއުންތައް އޮޅުވާލައިން ޕޮރިން މިނިސްޓިރީއާށް ހުށައެޅިވާހަކަ. ދައްވާއެއް ނުކުރޭ. ނިކަމެތި ސިޔާސީ ނުފޫޒެއް ނެތް މީހެއްވީމަ ދައްވާވެސް އުފުލީ، ހުކުމްވެސް ކުރީ
މޯ
03 October 2021
މީ މިކަން އޮންނަގޮތް. . ދައުލަތުން ބިލިޔަނުން ވަގަށް ކަމުން އެއްޕާޓީންއަނެއް ޕާޓީއަށް ދުވާނަމަ ހިޔެއް ނުވޭ ބިމުން މައްޗަށް އަނގުލަކަށްވެސް އަރާނެހެނެއް ކޮންމެފަދަ ކަމެއް ކުރިޔަސް. އަނެއް ގޮތަކީ ވަގަށް އެތެރެވެގެން އުޅޭ ބަންގާޅިއެއްގެ ގޮތުގައި އުޅުން.
ކުޗީ
03 October 2021
ޓްރާންސްޕޯޓު ގައި ތިބޭނީ ކަޓް ކިޔާއެއްޗެއް ނުދަންނަ މީހުން. ކުޑަ ކަޓަކުން މިކަން ނިންމާލެވުނީސް. ރަނގަޅަށްވަންޏާ ކަޓު ދޭން އިންކާރު ކުރީމަ މައްސަލަ ހުށަހެޅީ ...
ސިކުނޑި
03 October 2021
ތިޔަވިސްނުން ތިޔަހުރީ ބަންގާޅީންނަށްވުރެ މާ ދަށް, މުޑުދާރު, ނާތަހުޒީބު, ގަމާރުކޮއް.ލަދުން ބޯ ހަލާކު.
ރަދީފްއޮފިޝިއަލް
03 October 2021
''އާއިލާގެ މީހަކަށް މ. އަތޮޅު ކައުންސިލްގެ އިދާރާ އިން ދޫކުރި ލައިސަންސެއްގެ މައުލޫމާތު އޭނާގެ ނަމަށް ބަދަލު ކުރުމަށް ފަހު ލައިސަންސް އާ ކުރަން ފޯމު ހުށަހެޅުމުންނެވެ.'' މީނަ ހިތުން ހުރިހާ ތަނެއްގަ ތިބޭނީ ''ރޮކް އޮފް ޖިބްރޯލްޓާ'' ފަދަ އިންސާނުން.އަތަށް ދޯ ގޮވީ.ހެހެހެހެހެހެ.ވ.ވެދުން
މަދިކުރު
03 October 2021
ބަންގާޅީންނަށް އަން ކިޔާފަދޭ އެއްޗެއް ދިވެހިންނަށް ލިބެންނޖެހޭނެ ހިލޭ
ރަދީފްއޮފިޝިއަލް
03 October 2021
ބްރޯ.ފޯޖަރީ އެއީ އެއްވެސް ގައުމެއްގަ ހުއްދަ ކަމެއް ތަ؟؟ ނޭނގޭތީވެ މިއަހާލީ.
ޖޯޖް
03 October 2021
ދިވެހި މީހާ އެއޮތީ ލިޔެކިއުން އޮޅުވާ ދައުލަތައް މަކަރު ހަދާފަ ދިވެހި މީހާ ބޭނުން އެއްޗެއް ނެހެދޭނެ ވަރުގަދަ ދިވެހި ބައެއް މިއުޅެނީ މިގައުމުގަ