ޚަބަރު / ހުޅުމާލޭ ދެ ވަނަ ފިޔަވަހި

ވިނަރެސްގެ ފްލެޓްތައް ނިންމުން ތިން މަސް ލަސްވެއްޖެ

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގައި އެޗްޑީސީގެ އޮފިޝަލަކު އިއްޔެ ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" ފްލެޓްތަކުގެ މަސައްކަތް، ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތިތަކާ ގުޅިގެން ނިމޭނީ އަންނަ އަހަރުގެ ޖުލައި ހިސާބުގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި އެ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ އަންނަ އަހަރުގެ މޭ މަހު ކަމަށް ކުރިން އޮތީ ބުނެފަ އެވެ. އެކަމަކު، ކޮވިޑާ ގުޅިގެން އެކި ގޮތްގޮތުން ކުރިމަތިވި ދަތިތަކާ ހެދި އެ މަސައްކަތް އިތުރަށް ލަސްވީ ކަމަށް އެޗްޑީސީން ބުންޏެވެ.

"މެޓީރިއަލްސް ގެނައުމަށް ހުރި ދަތިތަކާއި އެ ކަހަލަ ސައިޓެއްގައި ކޮވިޑްގެ ކޭސްއެެއް ފެނުނަސް މުޅި ސައިޓް އެކީ ބަންދުކުރަން ޖެހޭ. [އެ ހާލަތުގައި] 45 ވަރަކަށް ދުވަސް އެބަ ނަގާ ބަންދުގައި. މީގެ ތިން މަހެއް ކުރިން އެކަހަލަ ކޭހެއް ދިޔަ އެ ތަނުގައި ވެސް،" ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޮމްޕެނީން ކުރަމުން އަންނަ އެ މަސައްކަތް ލަސްވި ސަބަބާ ގުޅޭ ގޮތުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ވަރަށް ގިނަ މީހުން ތިބޭ ތަނެއް ވީމާ އެ ކަހަލަ ޑިލޭތައް ވެސް އެބަ އުޅޭ."

ޔާމީންގެ ވެރިކަމުގައި ހިއްކާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 13 ބުރީގެ 10 ޓަވަރުގައި ހުންނާނީ 1،344 ފްލެޓެވެ. މިއީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މީޑިއާ އަށް މައުލޫމާތު ދިނުމަށް އެޗްޑީސީން އިއްޔެ ބޭއްވި ސެޝަނެއްގައި އެ ކުންފުނިން ބުނީ ހިޔާ ފްލެޓު ދޫކޮށްލައި "ވިނަރެސް" އަށް ބަދަލުވުމަށް 200 އެއްހާ މީހުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް މިހާތަނަށް އެކަމަށް އެދި ފޯމު ހުށަހަޅާފައި ވަނީ 75 މީހަކު ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު އިމާރާތް ކުރަމުން އަންނަ "ވިނަރެސް" ފްލެޓްތައް.---ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެ ފޯމުތައް އިވެލުއޭޓް ކުރުމަށް ފަހު ފްލެޓް ލިބޭ ނަމަ، އެ މީހުންނަށް މެސެޖެއް ކުރާނެ އެވެ. "ވިނަރެސް" ފްލެޓް ނުލިބޭ މީހުން އަނބުރާ ދާން ޖެހޭނީ އެ މީހުންނަށް ލިބުނު ހިޔާ ފްލެޓަށެވެ.

އާންމުންނަށް "ވިނަރެސް" ފްލެޓް ގަތުމަށް ހުޅުވައިލުމުގެ ކުރިން ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ 214 މީހުންނަށް މި ފްލެޓަށް ބަދަލުވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އަދި އެ މީހުންގެ ތެރެއިން "ވިނަރެސް" ފްލެޓް ގަންނަން ބޭނުންވާ މީހުން ތިބިތޯ ބެލުމަށް ފަހު އާންމުންނަށް އެތަނުން ފްލެޓް ގަތުމަށް ހުޅުވައިލާނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ "ވިނަރެސް" ފްލެޓް ގަތުމުގެ ފުރުސަތު އާންމުންނަށް ވެސް މި މަހު ހުޅުވައިލުމަށެވެ.

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގައި އެޗްޑީސީގެ އޮފިޝަލުން އިއްޔެ "މިހާރު" އަށް ދައްކާލަނީ.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ތިން ކޮޓަރީގެ "ވިނަރެސް"ގެ އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓެވެ.

މި ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭއިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފަ އެވެ. ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖަހައި ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކުރާނެ އެވެ. ބަދިގެ ކަބަޑު ސެޓު ވެސް ފާރުގައި ހަރުކޮށްފައި ހުންނާނެ އެވެ. ބެލްކަނި ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށެވެ. ލިވިން ރޫމާއި ކޮޓަރިތަަކުގައި ވެސް އޭސީ ހަރުކޮށްފައި ހުންނާނެ އެވެ. އެކަމަކު އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެ އެވެ.

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގެ އެތެރެ.---ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެ މަޝްރޫއުގެ ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން، ސީސީޓީވީ، އަދި ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް ހުންނާނެ އެވެ. އެތަނުގެ ގްރައުންޑާއި ފަސްޓް ފްލޯ ހާއްސަ ކޮށްފައި ވަނީ ކޮމާޝަލް ބޭނުންތަކަށެވެ. އެ ތަންތަނުގައި އޮފީސް ޖާގަ އާއި ސުޕަމާޓް އަދި ކޮންވީނިއެންޓް ސްޓޯރާއި ކެފޭ ރެސްޓޯރަންޓާއި ޖިމް ހުންނާނެ އެވެ.

މި ފްލެޓްތައް ވިއްކާނީ ތިން މޮޑެލްއެއްގެ ދަށުންނެވެ. ލީސް ޓު އޯން މޮޑެލްގެ ދަށުން، އެޕާޓްމަންޓް އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކުމަށް ފަހު، 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ. އަދި ޑައުންޕޭމަންޓަށް 20 ޕަސެންޓް ދައްކައިފި ނަމަ 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.

އޯން އިކުއިޓީ ފައިނޭންސިން މޮޑެލްގެ ދަށުން، ޕްރޮޖެކްޓްގެ އަގު އެއްފަހަރާ ވެސް ދެއްކޭނެ އެވެ. އަދި ބަހާލައިގެން ޕޭމަންޓް ޝެޑިއުލްގެ ދަށުން ވެސް ފައިސާ ދެއްކޭނެ އެވެ. އެންޑް ޔޫސާ ފައިނޭންސިން މޮޑެލްގެ ދަށުން ބޭންކެއް ނުވަތަ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ލޯނެއްގެ ދަށުން އެޕާޓްމަންޓް ގަނެވޭނެ އެވެ.

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓްގެ ކޮޓަރިއެއް.---ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެޗްޑީސީން ބުނީ އޯން އިކުއިޓީ ނުވަތަ އެންޑް ޔޫޒާ މޮޑެލް ބޭނުންކުރާ ނަމަ 10 ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށެވެ.

މި އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެކަމަކު އިންސްޓޯލްމަންޓް އުސޫލުން 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާ ނަމަ އެޕާޓްމަންޓްގެ އަގު ގާތްގަނޑަކަށް ދެގުނަ ވެ އެވެ.

16 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 9%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުދުބެއްޔާ

12 October 2021

އެޗްޑީސީން ހަދާ ތަންތަން ތަކެތި ލިބުންދަތިވެގެން 3މަސްދުވަސް ލަސްވެއްޖެއެވެ. އަމިއްލަ ފަރުދުންގެ ތަންތަން ހަދަން އެޗްޑީސީން ތިން 3 މަސް ތަކެތި ލިބުން އިންތިހާއަށް ދަތިއިރުވެސް އެ 3މަސް އިތުރެއް ނުކުރިއެވެ. މިއީ ކިހާ ބޮޑު އަރަތެއްހެއްޔެވެ.

The name is already taken The name is available. Register?

ހުވާ

08 October 2021

ކުރީސަރުކާރުން އިއުލާންކޮށް ގެޒެޓްކޮށްފައިވާ 2500 މީހުންގެ ލިސްޓަށް ވީގޮތެއް ނޭނގެ. 7000ގެ ލިސްޓްވެސް ބަދަލުކޮށް ގެދޮރުވެރީންނަށް ހިޔާފްލެޓް ދިނީމަ އެމީހުން މިހާރު ބޮޑުއަގުގަ ނިކަމެތިންނަށް ކުއްޔަށްދޫކުރަނީ.

The name is already taken The name is available. Register?

ޖޖޖޖޖ

07 October 2021

600 އަކަފޫޓުގެ ތަނެއް ސަރުކާރުން ރައްޔިތުންނަށް ދިނީ ދުމާ މެހިބފުންޏަކުން. ދެން އެތަނުގެ ބަދަލުގަވިނަރެސްއިން މިދެނީ. މިގޮތަށް ސީލައިފް އަކީވެސް ދިވެހިބއެތައްރައްޔިތުންނަކަށް ގެންލުން ދިންތަނެއް. އެޗްޑީސީގެ ވިޔާނުދާކަމުން ރައްޔިތުންގެ ބަޔަކަށް ލުބުނު އަނިޔާއެއް. ކޯޓުގައި އެޗްޑީސީން އެއްބަސްވި 2021 ޖުލައި ގެ ކުރިން ހައުސިން ޕްރޮޖެކްޓަކުން ފުލެޓް ގަތުމަށް ފުރުސަތު ދޭނެކަމަށް. އެކަމަކު އެޗްޑީސީން ވައުދާ ހިލާފުވެ ސީލައިފް މީހުނަށް އަނިޔާވެރިވެއްޖެ

The name is already taken The name is available. Register?

ޏަޒީރު

07 October 2021

ﷲ އިރާދަ ފުޅުން ތި ފްލެޓް ވެސް ނިމޭނީ ދައުރު ނިމުމުން ، ހަވާލު ކުރާނީ ދެން އަންނަ ވެރިކަމެއްގަ އިންޝާﷲ

The name is already taken The name is available. Register?

އިބްރ

07 October 2021

އަދިވެސް ލަސްވާނެ. މި ސަރުކާރުގައި ބޮޑެތި ޕްރޮޖެކްޓް ހިންގުމުގެ ކެޕޭސިޓީއެއް ނެތެވެ.

The name is already taken The name is available. Register?

ފަތިސް

07 October 2021

ތީ އާދައިގެ މީހަކަށް ގަނެވޭނެ އަގެއްނޫން. ތިތަންވެސް ބޮޑު އަގުގަ ގަންނާނީ ކުއްޔަށްދޭ މީހުން. އަަންމުން ޖެހޭނީ ހަމަ ކުލި ދައްކަ ދައްކާ ތިބެން

The name is already taken The name is available. Register?

ޙވޗ×

07 October 2021

މުއްސަނދިންނަށް ދޭނީ. އޭރުންނެއްނު އެމީހުންގެ ކުލީވިޔަފާރި ބަނގުރޫޓުނުވާނީ

The name is already taken The name is available. Register?

ކަންވަން

07 October 2021

ފިޔަވަހި 2 ގެ އަވި ފްލެޓަށް ފަންސާސް ހާސް މީހުން ބަދަލް ވަމުނ ދާއިރު ސަރުކާރުން މިރަން ޖެހޭ ކަންކަން އާހުގައި

The name is already taken The name is available. Register?

ހމމމ

07 October 2021

"މި އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެކަމަކު އިންސްޓޯލްމަންޓް އުސޫލުން 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާ ނަމަ އެޕާޓްމަންޓްގެ އަގު ގާތްގަނޑަކަށް ދެގުނަ ވެ އެވެ."

The name is already taken The name is available. Register?

ޖުހާބެ

07 October 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި

The name is already taken The name is available. Register?

ބަބޫ

07 October 2021

7000 ގެ އިތުރުން އިއުލާންކުރި 2500 މީ

The name is already taken The name is available. Register?

ދެނޯ

08 October 2021

ހިޔާ 7000ގެ ލިސްޓް ބަދަލުކުރިބަޔަކު 2500ގެ ލިސްޓް އުވާލާފައި އަލުންއިއުލާންކުރަނިއްޔޯ. އެވެސް އަތްނުފޯރާހާ އަގުބޮޑުކޮށް.

The name is already taken The name is available. Register?

ހަސީނާ

07 October 2021

މާލެ ސަރަހައްދަށް ފުރެންދެން ހައުސިންގެނެސްގެން މުޅި މާލެ ހުޅުމާހެ ސަރަހަށްދަށް ނޭވާނުލެވޭވަރަށް މީހުން ވަޒަންވެރިވީމާ ދެން ނިކުންނާނެ ނަތީޖާއަކަށްވެސް ވިސްނާލާތި. ބިމުގެ ބޮޑުބައިގައި ބިޔަ އިމާރާތްއަޅާ ނޭވާލާނެ ތަނެއް ނުބާއްވާ، ގެދޮރުގެ ވައުދޭކިޔައިގެން މިތަނަށް އެންމެން ޖަމާނުކޮށް ވާންނެތީތަ. އަތޮޅުތައް ކޮބާ؟

The name is already taken The name is available. Register?

ފަރީ

07 October 2021

އަތޮޅު ތަކޭ ބުނީމަ ބައެއްމީހުން ލައިކެއް ނުވާނެ. ރަށްފުށުގެ ސާދާ ސީދާ ދިރިއުޅުން ނުދެކޭ މީހަކަށް އެކަމުގެ ހިތްގައިމުކަމެއް ނުފެންނާނެތާ

The name is already taken The name is available. Register?

ޖުހާބެ

07 October 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454