ހިޔާ ފްލެޓްތަކުގެ 12 ވަނަ ޓަވަރުގެ ތިރީ ބުރީގައި މިއަދު ހުޅުވި "އެޗްސީޔޫ މާޓު" ގެ ބޭރުގައި އެޗްޑީސީގެ އިސްވެރިންތަކެއް އިއްޔެ މަޑުކޮށްލައްވައިގެން.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
07 އޮކްޓޯބަރ 2021 - 16:04
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ފުރަތަމަ ފިހާރަ މިއަދު ހުޅުވައިފި އެވެ.
"އެޗްސީޔޫ މާޓު"ގެ ނަމުގައި މި ފިހާރަ ހުޅުވީ ހިޔާ ޓަވަރުތަކުގެ ތެރެއިން 12ވަނަ ޓަވަރުގެ ތިރީ ބުރީގަ އެވެ. ދުވަހުން ދުވަހަށް ބޭނުންވާ ޒަރޫރީ ސާމާނު މިވަގުތު އެ ފިހާރަ އިން ލިބެން ހުންނާނެ އެވެ.
އެ ތަނުގެ ވެރިޔާ ގައްޒާމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ، މިދިޔަ މަހެއްހާ ދުވަހު ކުރި މަސައްކަތުން އެ ފިހާރަ ހުޅުވީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ވިޔަފާރި ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ވީހާވެސް އަވަހަކަށް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.
އެ ފިހާރަ އަވަހަށް ހުޅުވުމުގައި އެޗްޑީސީގެ އެހީތެރިކަން ލިބުނު ކަމަށް ގައްޒާމް ވިދާޅުވި އެވެ.
"ފިހާރަ ހަދަން ޖާގަ ލިބުނު ގޮތަށް މަސައްކަތް ފެށީ. މިހާރު ބައިވަރު މީހުން ފްލެޓުތަކުގައި ދިރިއުޅޭއިރު ފިހާރައެއް ނެތުމުން ވަރަށް ދަތިވާ ކަމަށް ބުނޭ. އެހެންވެ މަސައްކަތް އަވަސް ކުރީ،" ގައްޒާމް ވިދާޅުވި އެވެ.
"މިހާރު ގްރޮސަރީސް އާއި އެހެން ބައެއް މުހިންމު އެއްޗެހި އަޅުގަނޑުމެން ފިހާރަ އިން ލިބޭނެ."
ގައްޒާމް ވިދާޅުވީ މިވަގުތު އެ ފިހާރަ އިން ވިއްކަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ކަމަށް ވިޔަސް ކުރިމަގުގައި އިތުރު މުދާ ލިބެން ހުންނާނެ ކަމަށެވެ. އަދި މިހާރު ވެސް ފިހާރަ އިން ލިބެން ނެތް އެއްޗެއް ކަސްޓަމަރަކު ބޭނުންވެއްޖެ ނަމަ ގެނެސްދޭނެ ކަމަށް ގައްޒާމް ވިދާޅުވި އެވެ.
"އެޗްސީޔޫ މާޓު" އިން 150ރ. އިން މަތިން ވިޔަފާރި ކުރުމުން ހިޔާގެ ކޮންމެ ޓަވަރަކަށް ވެސް ޑެލިވަރީގެ ހިދުމަތް ދޭނެ އެވެ.
"އެޗްސީޔޫ" އަކީ ރިސޯޓު ސަޕްލައި ކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ ފިހާރަތައް މިހާރު ވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ހުރެ އެވެ.
ހިޔާ ފްލެޓްތަކުގެ އެހެން ޓަވަރުތަކުގެ ގްރައުންޑް ފްލޯ އިން ފިހާރަތައް ހެދުމަށް ތަންތަން ދޫކޮށްފައިވާއިރު، އެ ތަންތަން ނިންމައި އަވަހަށް ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތަށް ދޫކުރާ ތަންތަނުގެ ފުރަތަމަ ތިން މަސް ދުވަހުގެ ކުލި އެޗްޑީސީން ވަނީ މާފުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
07 October 2021
ރެޑްވޭވް ސަލީމުއަށް ކޮންމެހެންވެސް ތިތަނުން ބޮޑު ޖާގައެއް ދޭންވާނެ، ކުރިއަށް އޮތްތަނުގަ ވަރަށް ހީވޭ....
އަހުމާ
07 October 2021
ރެޑްވޭވް އަށް ތިތަން ދިން ނަމަ ކިހާ ރަނގަޅު ވީސް. ތިތަނަށް ތުރެ 10 ހަ ގުނަ އަގުހެޔޮ ކޮއް ރެޑްވޭވް އިން ތަކެތި ލިބޭނެ. ދެން ވެސް ރެޑްވޭވް އަށް ތިތަނުން ބިމެއް ދޭކަށް ނުވޭތަ؟!
ާއާއިޝާ
07 October 2021
ގައްޒާމްގެ ފޯނު ނަމްބަރު ލިބިދާނެތޯ؟ ފިހާރައިގަ ވިއްކާން އެއްޗެއް ބަހައްޓަން އަޅުގަނޑު ބޭނުންވޭ. ޝުކުރިއްޔާ
އެދުރުރަހީމު
07 October 2021
ފިހާރަ ހުޅުވިދާނެ. އަދި މުދާވެސް ލެވިދާނެ. މާލޭންވެސް ތިތަކެތި ގަންނަން ލިބޭ އަގެއްގަ ވިއްކީމަ ތިތަނުން ވިޔަފާރިކުރެވޭނީ! ެ
ވަހީދު
07 October 2021
ތަރައްޤީގެ ކުލަވަރު ފެންނަން ފަށައިފި. ވަރަށް ހާލުގައި ވަރަށް ހަނި ތަންތަންކޮޅުގައި އުޅެމުން އައި މީހުންގެ މޫނުތައް އުޖާލާވެއްްޖެ. މިސަރުކާރުން ވެސް މިފަދަ މަޝްރޫޢެއް ހިންގާނެ ނަމަ ކިހާ ރަނގަޅު.
ޛޮލެ
07 October 2021
އަހަރުމެން ނޫޅެން ކޮންމެހެން ރިސޯޓުތަކުގައި ހުންނަ ތަކެތި ނުކެވިގެން، ބޭނުމީ އަގުހެޔޮ މުދާ
ށަވިޔަނި
07 October 2021
ބަހުގެ ޚިދުމަތާ ފިހާރައިގެ ޚިދުމަތް ލިބިއްޖެ އަވަހަށް ކުނިއުކާ ގާޑިޔާ ކާރިކޮށްލާ. ހުރިހާކަމެއް ހަމަޖެހުނީ.
ދޮން ހަސަނު
07 October 2021
އަޅުގަނޑުމެން ބިޑު ކުރިން -/150 ރުފިޔާގެ ވިޔަފާރި ނުކުރި ކަމުގައި ވިޔަސް، ކިތަންމެ ކުޑަ އެއްޗެއް ގަތްނަމަވެސް ފްރީ ޑެލިވަރީ. އަނެއްކާ އަޅުގަނޑުމެންގެ އެޕުން ފުލެޓްގައި ހުރެގެން އޯޑަރުކޮށް ފައިސާ ދެއްކޭނެ. އަދި އެންމެ މަތިން ދެވަނަޔަށް އަގު ހުށައެޅީ އަޅުގަނޑުމެން. އެކަމު އެޗް.ޑީ.ސީ އިން މި ބިޑްތައް ދެނީ ކިހިނެއް ކަމެއް ނޭގެ. އަޅުގަނޑުމެން ކޮލިފައިވެސް ނުވާ ކަމަށްވަނީ.
98765
07 October 2021
އެޕުނާއި އޮންލައިން ކޮށް މިހާރުވެސް ހަމަކުރީމަ ނިމުނީއެއްނު. ހަމަ ފްރީ ދިލިވަރީވެސްޗކުރޭވޭނެ އެއްނު. ކޮންކަމަކާ ތި ކުސްތަޅަނީ. ކޮންމެހެން ބިޑްކުރާކަށް ނުޖެހެ ޑެލިވަރީ ސާވިސް ދޭކަށް.
މަހޭޝް
07 October 2021
ފިޔަވަހީ 2 ގައި އެންމެ ލަގުން ހުޅުވޭނެ ތަނަކަށް ވާނީ މިސްކިތް އިސްލާމިކް މިނިސްޓަރ ޚިޔާލެއް ފިލުރެއް އެފަދަ ކަމަކަށް ނެތުމުން ކަންވާނެ ވޮތް އއބަފެނޭ
ހަސަން ފިކުރީ
07 October 2021
ފޭސް ދޭއްގެ ބްރިޖުން ފައިބައިގެންދާއިރު އެ ފެންނަ ހޮޓާ ކުރިމަތީގައި ހުންނާނެ މިސްކިތެއް .
ޢަލީބާއި
07 October 2021
ވަރަށް ގަދަ އަދި ވަރަށް ސަޅި! އަގުތަޢް ރަގަޅުކުރާތި އިނގޭ؟