ޚަބަރު / ހައުސިން، ލޭންޑް އެންޑް އާބަން މިނިސްޓްރީ

ކިނޮޅަހު ބަނދަރުގެ މައްސަލަ ހައްލުކުރުން އެމްޓީސީސީ އަށް

ރ. ކިނޮޅަހު ބަނދަރަށް ވެލި އަރާ މައްސަލައިގައި އެ ރަށު ރައްޔިތުން މިއަދު މުޒާހަރާކުރަނީ.-- ފޮޓޯ: ކިނޮޅަސް ކައުންސިލް

08 އޮކްޓޯބަރ 2021 - 17:40

ރ. ކިނޮޅަހުގެ ބަނދަރަށް ވެލި ވަންނަ މައްސަލަ ހައްލުކުރަން އަންނަ އާދިއްތަ ދުވަހު އެމްޓީސީސީން އެ ރަށަށް ދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެ ރަށުގެ ބަނދަރުގެ ބޮޑު ބަޔަކަށް ވެލި އަރައި، އުޅަނދު ފަހަރަށް ވެސް ނުވަދެވޭ ވަރު ވަނީ ވެފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި ކިނޮޅަހުގެ ބަނދަރުގެތެރެ އަށް ވަރަށް ބޮޑަށް ވެލި ވަދެ، ނެރު މައްޗާ ހަމަ އަށް ހިނގާލާފައި ވެސް ދެވެ އެވެ.

ޕްލޭނިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، ކިނޮޅަހު ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އެ މަޝްރޫއުގެ ޑިޒައިން މަސައްކަތް ނިންމައި ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ ހުޅުވައިލީ މިއަހަރު މާޗުގައި ކަމަށެވެ.

ނަމަވެސް، އެ އިއުލާނަށް ފަހު، ކައުންސިލުން ޑިޒައިނަށް އިތުރު ބަދަލު ގެންނަން އެދުމުން، އެ ބަދަލުތަކާ އެކު އަލުން ބީލަށް ހުޅުވައިލީ މިދިޔަ ޖުލައި މަހު އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބީލަން ހުށަހެޅި އެއްވެސް ބަޔަކު ބީލަން ކާމިޔާބުކޮށްފައި ނުވާތީ، މިދިޔަ މަހުގެ 27 ގައި ޕްލޭނިން މިނިސްޓްރީ އަށް ވަނީ އެކަން އަންގައިފަ އެވެ.

ރ. ކިނޮޅަހު ބަނދަރަށް ވެލި އަރާ މައްސަލައިގައި އެ ރަށު ރައްޔިތުން މިއަދު މުޒާހަރާކުރަނީ.-- ފޮޓޯ: ކިނޮޅަސް ކައުންސިލް

އެ އެންގުމާ ގުޅިގެން، ދައުލަތުގެ ކުންފުނި، އެމްޓީސީސީ އަށް ޑައިރެކްޓް އެވޯޑް ކޮށްގެން މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އަދި ބުނީ މި ވަގުތު އެ ރަށުގެ ބަނދަރަށް ވަދެ، ނުކުތުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން އާދިއްތަ ދުވަހު އެމްޓީސީސީން އެ ރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކިނޮޅޮސް ބަނދަރު އޮތީ ވެލި އަރައި ބައްދާލައިފައި

ކިނޮޅަހުގެ ބަނދަރަށް ވެލި ވަންނަ މައްސަލަ ހައްލުކޮށްދޭން އެ ރަށުގެ ރައްޔިތުން ސަރުކާރުގައި އާދޭސް ކުރަމުން އަންނަތާ ނުވަ އަހަރު ވެއްޖެ ކަމަށް ކައުންސިލްގެ ރައީސް އަހްމަދު ހުސެއިން ވަނީ ވިދާޅުވެފަ އެވެ. މި މައްސަލަ ހައްލުވާނެ ކަމުގެ އުއްމީދު ގެއްލި، އެންމެ ފަހުން އެ ރަށުގެ ރައްޔިތުން ވަނީ މިދިޔަ ބުދަ ދުވަހު މަގުމައްޗަށް ނުކުމެ ހިތްމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

"ރައްޔިތުން ވަރަށް ބޮޑުވަރުން ވެގެން، ކެތްނުވެގެން އެ ނުކުތީ،" ހުސެއިން ވިދާޅުވި އެވެ.

ރ. ކިނޮޅަހު ބަނދަރަށް ވެލި އަރާ މައްސަލައިގައި އެ ރަށު ރައްޔިތުން މިއަދު މުޒާހަރާކުރަނީ.-- ފޮޓޯ: ކިނޮޅަސް ކައުންސިލް

ކިނޮޅަހުގެ އުތުރު ފަރާތުގައި މި ބަނދަރު ހަދާފައި ވަނީ 2010 ވަނަ އަހަރު އެވެ. ބަނދަރު ހެދީ އެ ރަށުގެ އުތުރު ފަރާތުގައި އޮންނަ ބޮޑު ދޮންވެލިގަނޑުން ބައެއް ނަގައި، ބަނދަރާއި ދޮންވެލިގަނޑު ވަކިކުރަން ދެމެދުގައި އިންފާރެއްގެ ގޮތުގައި ހިލަ ޖެހުމަށް ފަހު އެވެ. އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން އެ އިންފާރު ހަލާކުވެ، ފަޅަށް ވެލި ވަންނަން ފެށި އެވެ.

އޭގެ ފަހުން ކޮންމެ ހުޅަނގު މޫސުމެއްގައި އެ ބަނދަރަށް ވަރަށް ގިނައިން ވެލި އަރަ އެވެ.

ހުސެއިން ބުނީ 2012 ވަނަ އަހަރު ފެށިގެން މި މައްސަލަ ހައްލުކޮށްދޭން ރަށުގެ ކައުންސިލުން ސަރުކާރުގައި އެދެމުން އަންނަ ކަމަށެވެ.

މި މައްސަލަ ހައްލުކުރަން ކަމަށް ބުނެ 2017 ވަނަ އަހަރު ކުރީގެ ސަރުކާރުން ވެސް ބާޖަކާއި އެކްސްކަވޭޓަރެއް އެ ރަށަށް ފޮނުވި ކަމަށާއި އެ މީހުން ކުރި ހަމައެކަނި ކަމަކީ ފަޅު ތެރޭގައި އޮތް ވެލިތައް ނަގައި އެތަން ފުން ކުރުން ކަމަށާއި ދާއިމީ ހައްލެއް ހޯދައިނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454