އޭ ލެވެލް އިން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް، އެވޯޑު ދިނުމަށް މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ބައެއް ދަރިވަރުންނަށް އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިލައިގެން--. ފޮޓޯ: ނިޝާން އަލީ/ މިހާރު
12 އޮކްޓޯބަރ 2021 - 13:29
އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމުގެ ހަފުލާ އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަމީނިއްޔާ ސްކޫލުގައި ބާއްވާ އެ ހަފުލާގައި އިނާމު ދޭނީ 2019 ވަނަ އަހަރުގެ މެއި/ޖޫން އިންޓޭކުގައި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އޭ ލެވެލްގެ ގަދަ 10 ގެ ރަސްމިއްޔާތު ބާއްވަން މިދިޔަ އަހަރު ވެސް މަސައްކަތްކުރި އެވެ. ނަމަވެސް ކޮވިޑު-19 ގެ ސަބަބުން އެ ހަފުލާ ފަސްކުރީ އެވެ.
އެ އިމްތިހާނުގެ ނަތީޖާތައް އަދި އާންމު ނުކުރި ނަމަވެސް ހަތް ދަރިވަރަކު ވަނީ ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަޝިޕް ޔަގީންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy