ކެޔޮދޫ ސްކޫލުން އޭލެވެލް ކިޔަވައިގެން ގަދަ 10 ގައި ހިމެނުނު ދަރިވަރުން.--
21 ޖެނުއަރީ 2025 - 09:32
ވ. ކެޔޮދޫ ސްކޫލުގެ ތިން ކުއްޖަކު އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި ފުރަތަމަ ފަހަރަށް ހިމެނިއްޖެ އެވެ.
މީގެ ހަތަރު އަހަރު ކުރިން 2021 ގައި އޭލެވެލަށް ކިޔަވައިދޭން ފެށި ކެޔޮދޫ ސްކޫލްގެ ދެވަނަ ބެޗުގައި ހިމެނުނު 11 ކުދިން މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރު މަހު ބޭއްވި އޭލެވެލް އިމްތިހާނުގައި ބައިވެރިވިއިރު، އޭގެ ތެރެއިން ތިން ކުއްޖަކު ގަދަ 10 އިން ޖާގަ ހޯދި އެވެ.
އެކަމަކު، ކެޔޮދޫ ސްކޫލްގެ އޭލެވެލްގެ ފުރަތަމަ ބެޗުގެ ކުދިން 2023 ގެ އިމްތިހާނުގައި ބައިވެރިވިޔަސް އެ ފަހަރު ގަދަ 10 އިން ފުރުސަތެއް ނުހޯދުނެވެ. ނަމަވެސް، އޭލެވެލްގެ ދެވަނަ ބެޗުގެ ކުދިން މި ފަހަރު ހޯދީ 202 ކުދިން ކިޔަވަމުން އަންނަ ކެޔޮދޫ ސްކޫލުގެ މެނޭޖުމަންޓާއި މުޅި ރަށް ފަހުރުވެރިވާ ނަތީޖާއެއް ކަމަށް އެ ސްކޫލުގެ އިސްވެރިން ދެކެވަޑައިގަންނަވަ އެވެ.
- ހުސައިން ސިމާހު އިބްރާހިމް (ހަ ވަނަ)
- ހަމްދާ ހަމީދު ހަސަން (ނުވަ ވަނަ)
- އަހުމަދު މާހިލް އިބްރާހިމް (10 ވަނަ)
އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ ކެޔޮދޫ ސްކޫލުގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވީ، އެ ކުދިންނަށް ފަހުރުވެރި ކާމިޔާބީއެއް ލިބުނީ ޓީޗަރުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.
"މިކޮޅުގައި [ކެޔޮދޫ ސްކޫލުގައި] އެންމެ ޓީޗަރެއް، އިކޮނޮމިކްސް ޓީޗަރު އެކަނި ހުންނަނީ އޭލެވެލަށް ކިޔަވައިދޭ ޓީޗަރަކަށް. ދެން އެއްކޮށް ވެސް އަޅުގަނޑުމެންގެ ތިބެނީ އޯލެވެލް އަށް ކިޔަވައިދޭ ޓީޗަރުން. އޯލެވެލަށް ކުދިން ތައްޔާރު ކުރަމުން އޭލެވެލަށް ވެސް ޓީޗަރުން ކުދިން ތައްޔާރު ކުރީ،" ވ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށުގެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ އިތުރުން މާލޭގެ އެހެން ބައެއް ސްކޫލުތަކާ ގުޅިގެން ސްޓަޑީ ކޭމްޕުތައް ވެސް ކެޔޮދޫ ސްކޫލުން ބޭއްވި އެވެ. އަދި ފެންވަރު ރަނގަޅު ޓީޗަރުން ރަށަށް ގެންގޮސްގެން ސެޝަންތައް ނެގި ކަމަށް ވެސް ޒައީމާ ވިދާޅުވި އެވެ.
"ޓީޗަރުންނާއި ބެލެނިވެރިންގެ މަސައްކަތް މިއީ. ބެލެނިވެރިން ވެސް އެތައް ހަރަދެއްކޮށް، އަޅުގަނޑުމެން ބުނި ކޮންމެ ކަމެއްގައި އެހީތެރިވި. އެހާ ބޮޑު ހަރަދެއްކޮށް، ބޮޑު ޒިންމާއެއް އުފުލި، ދަތުރު ކުރުމާއި ސްޓަޑީ ކޭމްޕް ތަކަށް،" އޭނާ ވިދާޅުވި އެވެ.
އެ ރަށުގައި އޭލެވެލަށް ކިޔަވައިދޭން ފެށި ފަހުން މާލެއަށް ކިޔަވަން އަންނަ ކުދިންގެ އަދަދު މަދެވެ. މި ފަހަރުގެ އޭލެވެލްގެ ނަތީޖާ އިން އެނގުނީ ޒައީމާ ވިދާޅުވި ގޮތުގައި، ރަށުގައި ތިބެގެން ވެސް ރަނގަޅު ނަތީޖާއެއް ހޯދިދާނެ ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާރާ
21 January 2025
އެކަމުވެސް މާލެ ދާހިތްވާ މީހުން ކޮންމެވެސް ބަހަނާއެއް ދައްކާފަ ހަމަ ދާނެ. އޯލެވެލްގަ މޮޅު ނަތީޖާތައް ނެރެމުންދާތާ އެތައް އަހަރެއްވީއިރުވެސް މާލެ ގޮސްގެން ނޫނީ ނުކިޔެވޭނެކަމަށް ކިޔައި އެތައް ބަޔަކު އެއް ދިމާލަކަށް ޖަމާވެ ތޮއްޖައްސަމުން އެދަނީ
ކެޔޮދޫ
21 January 2025
ޙަޤީޤަތުގައި ތިޔައީ މުޅި ސުކޫލުގެ މެނޭޖްމަންޓްގެ މަސައްކަތް! ޕްރިންސިޕަލް ނެތަސް ތި ސުކޫލުގައި ތިބި ލީޑިންގ ޓީޗަރުން ތިޔަ ތަން ހިފަހައްޓާނެ! ޒުލޭމެން ވަރަށް ގަދަވާނެ މިހާރު!
ބަނބުކެޔޯ
21 January 2025
ވަކި ބެފުޅަކުު ޕރޮމޯޓް ކޮއްލީތޯ
ތަމަންނާ
21 January 2025
ކެޔޮދޫ މައިޝާ އަށް ކަމެއްނުވި ދޯ މުސްކުޅިވިއިރުވެސް!
އެޑްމުންޑޯ
21 January 2025
ވަރަށް އުފާވެއްޖެ ، ކުޑަކުޑަ ރަށެއްގެ ސްކޫލްގެ ދަރިވަރުން ތިޔަ ސާބިތުކޮށްދިނީ ރާއްޖެތެރޭ ސްކޫލްތަކާއި މާލޭގެ ސްކޫލްތަކުގެ ކިޔަވާދިނުމުގެ ފެންވަރުގެ ތަފާތެއް ނެތްކަން ، ތިޔަސްކޫލްގެ ހީވާގި ޓީޗަރުންނާއި ވަނަތަކަށް ދިޔަ ދަރިވަރުންނަށް އުފަލާއި އެކު ތަހުނިޔާއި ކިޔަން .
އަލްއުސްތާޒް
21 January 2025
މޮޅުވާންޖެހެނީ މާލޭ ސްކޫލުތަކޭ އޮންނަ ޓްރޭޑިޝަން ދަނީ. ޢެހެނަސް ހަގީގަތަކީ އަދިވެސް 80% އޭލެވެ ދަރިވަރުން ކިޔަވަނީ މާލޭ ސްކޫލުތަކުގަ. ސައިސް ފަދަ ސްޓްރީމް ނަތީޖާ ދަށް މުޅި ރާއްޖޭގަވެސް ، ވިސްނަލަންޖެހޭ ކަމެއްމީ. ސައިސް ހަދާ ގިނަ ކުދިން މާލޭ ސްކޫލުތަކުގަވެސް ފާސްނުވާކަން އެދޭވޭ ވަރަށް އެބުނާ ވަސީލަތްތައް ހުއްޓަސް.. ސްޓްރީމް ވައިސްކޮށް ނަތީޖާ ބަލާލީމާ އަސްފެންނާނެ. ސައިންސް ސްޓްރީމް ޕާސްތޭޓް އިތުރުކުރަން ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަންޖެހޭ.
ލަސް
21 January 2025
މިފަދަ އާބާދީ މަދު ޖާގަ ކުޑަ ރައްތަކަށް ބޭކާރު ޚަރަދު ނުކޮށް ބޮޑެތި ރައްތަަކަށް އެއްފަސްކުރުމުގެ މަސައްކަތް ފަށަން ޖެހޭ.
2
21 January 2025
އެއްފަސްތޯ ދެފަސްތޯ ތިންފަސްތޯކުރަންވީ؟ މިހާރު މިޚަބަރު ކިޔާލުމާއެކު މަ ބޯގޮވައިފި. ދެން އެއްފަހުގެ ވާހަކަ ދެއްކުން ނިމުނީ.
ެ3
21 January 2025
ބަލަ އެއްފަސް ކުރާވާހަކަ ދައްކަނީ މަދުން ކުދިން ތިބޭ ސްކޫލުތަކުގައި ކުދިންގެ ނަތީޖާ ދަށްވާތީއެއްނޫން، އެއްފަސް ކުރާ ވާހަކަ ދައްކަނީ ސަރުކާރުގެ ޚަރަދު ކުޑަކުރުމާއި ޚިދުމަތްދިނުމުގައި އިތުރު ފުރިހަމަ ކަމަށް، ރަގަޅަށް ކިޔަވާ ކުއްޖަކަށް ފަޅު ރަށެއްގައި ހުރެ އަމިއްލައަށް ކިޔަވައިގެންވެސް އޭލެވެލް ޓޮޕް ޓެންއަށް ނުވަތަ އެއްވަނައަށްވެސް ދެވިދާނެ، އޭގެ މާނައެއްނޫން ކޮންމެ ރަށެއްގައި ދިރިއުޅޭނީ އެއް އާއިލާއޭ
ސަލީމު އިދުރީސް
21 January 2025
ސަރުކާރު ހަރަދު ކުޑަކުރަން ކުރެވޭނެ އެތައް ކަމެއް އެބަހުރި ދިރިއުޅުމުގަ ދިގުތާރީހެއްއޮތް ރައްތަކުން މީހުން ބަދަލުކުމުގެ ބަދަލުގަ އެރަށެއްގަ ހުރި ވަސީލައްތަކުގެ ބޭނުންގޮއްގެން ސަރުކަރައް ފައިދާ ހޯދައިގެން އެރަށެއް ހިންގުމަކީ ވަށާޖެހޭ އިގުތިސޯދަކީ