ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. ދެ މެމްބަރުންގެ ދެމެދުގައި ހިނގި އަރައިރުމަށް ފަހު ނާޒިލަށް އަމާޒުވި ތުހުމަތުތަކަށް އޭނާ މިއަދު ރައްްދު ދެއްވި. ފައިލް ފޮޓޯ/މިހާރު
11 އޮކްޓޯބަރ 2021 - 11:51
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލަށް މިދިޔަ ހަފުތާފައި ބައެއް ފަރާތްތަކުން ކުރި ތުހުމަތުތަކަށް އޭނާ މިއަދު ރައްދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނާޒިލު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެއްވެސް ފިރިހެނަކަށް އޭނާގެ ޖިންސީ ގުނަވަނެއް ފެނިފައި ނުވާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނާއި ދާއިރާގެ މެމްބަރުންނަށް ދެއްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމަށް ޖިންސީ ފުރައްސާރަކުރި ކަަމަށް ތުހުމަތުކޮށް މަޖިލީހަށް މިދިޔަ ހަފުތާފައި ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މަޖިލީހުގެ އިދާރާ އަށް ހުށަހެޅުއްވީ ޖިންސީ ފުރައްސާރައަކަށްވާ ފަދަ އިޝާރާތެއް އަސްލަމާ ދިމާއަށް ނާޒިލް ކުރައްވައި "މި ވީޑިއޯ ކޮށްބަލާށޭ" ނާޒިލް ވިދާޅުވި މައްސަލަ އެކެވެ.
"އިއްޒަތްތެރި ރައީސް، އަޅުގަނޑު ދަންނަވައިލަން އޮތީ އަޅުގަނޑުގެ ޖިންސީ ގުނަވަނެއް، މި އިއްޒަތްތެރި މަޖިލީހުގައި މިތިބި މެމްބަރުންގެ ތެރެއިން އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ނާޒިލު ވިދާޅުވި އެވެ.
އަސްލަމްގެ އަނބިކަނބަލުން އައްޑޫ ހިތަދޫގައި ދިރިއުޅުއްވާ ގޭގަައި ރޯކުރަން މިދިޔަ ހަފުތާގައި ބަޔަކު މަސައްކަތް ކުރި މައްސަލައިގައި ވެސް ބައެއް ފަރާތްތަކުން ނާޒިލަށް ތުހުމަތު ކޮށްފައި ވެ އެވެ. އެ ތުހުމަަތަށް ރައްދު ދެއްވަމުން އޭނާ މިއަދު ވިދާޅުވީ، މީހުންނަށް އަނިޔާކުރުމާއި މުދަލަށް ގެއްލުންދިނުން ފަދަ ކަމެއް ކުރަން ދުވަހަކު ވެސް ނޫޅުއްވާ ކަމަށެވެ.
"އެ ކަހަލަ ކަންތަކަށްް ހިތްވަރު ދޭނެ މީހެއް ވެސް ނޫން އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަހަަލަ ކަންތަކުގައި އުޅޭނެ މީހެއް ވެސް ނޫން،" ނާޒިލު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ނާޒިލާއި އަސްލަމާ ދެމެދު އަރައިރުމެއް އުފެދުނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް ވޯޓުފޮއްޓެއް ކައިރީ، ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުންނެވެ. އެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވައި ނާޒިލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.
އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ އައްޑޫ މޭޔަރު އަލީ ނިޒާާރުގެ ކޮއްކޮ އަންސަރު މޫސާ އެވެ. އިންތިހާބުގައި އަސްލަމް، ނާޒިލަށް ތާއީދު ނުކުރައްވައި އަންސަރަށް ތާއީދުކުރެއްވުމުން ދެ ބޭފުޅުންގެ މެދުގައި މައްސަލަ ގޯސްވިކަން ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިރުނދު
12 October 2021
ތިކަމުގެ ހަގީގަތް ދެނެވޮޑިގެންވާނީ ﷲތައާލާ. އަހަރެމެންނަށް އިވެނީ ދެފަރާތުންވެސް ދައްކާ ވާހަކައިގެ އަޑު! ތެދުބުނަނީކާކުކަން ދެނެގަންނާކަށް ނޭންގޭ! ކުރިނަމަ ކުރިކަންވެސް ނުކުރިނަމަ ދޮގުއިލްޒާމަކަށްވިޔަސް އެކަން އޮތީ ތިދެފަރާތައް! މީސްމީޑިއާއަށް ނެރޭ މިކަހަލަ ވާހަކަތަކާމެދު ވަރަށް ސަމާލުވާންޖެހޭ!
އަލިތަތި
12 October 2021
ހިތަދޫ ނާއިލީ މަންޒިލް ނާޒިލާއި، ހިތަދޫ ކޮމަންޑޫގެ ޝާހިދާގެ ފިރި އަސްލަމާއި ދެމީހުންނަކީ ހިތަދޫ ދެކުނު ދާއިރާގެ އެއްވެސް ރައްޔިތަކަށް އޮޅޭނެ ދެބޭފުޅުންނެއް ނޫން. ރަށުތެރޭ، ބައެއް ފަހަރު ގޭންގް ހޯލްޑާރ އެކޭ، ޑީލަރެކޭ ބުންޏަށް އެވާހަކަ އަޅުގަނޑު ޤަބޫލެއް ނުކުރަން. އެކަމުން ޔަޤީން ވާކަމަކީ، މެނާސް އެންޑް ޑިސިޕްލިން ގަ، އަސްލަމު ހިނގި މަގަކުންވެސް ނާޒިލަށް ނުހިނގޭނެ. 4 ދައުރު މަޖިލިސް ކާމިޔާބު ވުމުން ރައްޔިތުން އަސްލަމަށް ޤަދަރުކުރާވަރު ފެނޭ!
ޙަބީބު.
11 October 2021
ތިޔަމަޖިލީހުގެ މުސާރަ 20.000 ރުފިޔާއައް ކުޑަކުރާނެ ވައުދުވާނެ ވެރިޔަކައް ނޫނީ ދެން ދުވަހަކުވެސް ވޯޓެއްނުދޭނަން
އޮނަރަބްލް އަފީފު ދީދީ
11 October 2021
ދިމާވެގެން އުޅެނީ ރައްޔިތުންގެ މެދުގައި އަސްލަމްގެ މަޤުބޫލުކަން ގެއްލި ނާޒިލްފަދަ ޒުވާނުންނަށް މިސިޓީގެ ރައްޔިތުން އިތުބާރުކުރަން ފެއްޓުމުން އުފެދުނު ހިތްނުތަނަވަސް ކަމުގެ މައްސަލަ. # ނާޒިލް އަކީ ރާއްޖޭގެ ރިކޯޑް އަދަދަކަށް މަޖިލީހުގެ އިންތިޙާބުގައި ވޯޓް ހޯއްދަވައިގެން އިންތިޙާބުވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންގެ ތާއީދު އޮތް މެންބަރެއް. # މަޤުބޫލުކަން ގެއްލި އޮއްސެމުންދާ މީހަކު ތިގޮތަށް ނާޒިލްއާއި ދިމާކޮށްގެން ލިބޭނެ އިތުރު މޮޅެއް ނޯންނާނެ.
ބޮޑުމީހާ
11 October 2021
އަމިއްލައަށް އިއްޒަތްތެރި މެމްބަރޭ ކިޔާ ލަގަބު ދިނަސް އެވަރުގެ ސިފަތަކެއް ނެތީމަވާގޮތް
އަނދުނޭ
11 October 2021
އަނދުން އެވީ މިހާރު ދޮގުހަދާ މީހަކަށްތާ. އެއް ޕާޓީއެއްގެ މީހުން އެކަކު އަނެކަކާ ޖައްސާލައިގެން ވެއްޓޭ ދަރަޖަ މި ފެންނަނީ.
ރަދީފްއޮފިޝިއަލް
11 October 2021
ޑިކްޓޭޓަރަކު ވެސް އަދި ނުކުރާކަމެއް ކަލޭ ކޮށްފި.ބައިވެރިވި އިންތިހާބެއްގެ ވޯޓް ކަރުދާސް އަމިއްލައަށް ގުނުން އެއީ ހާދަ ހުތުރު އަމަލެކޭ.ބްރޯ ކަލޭގެ ލަދު ކޮބާ؟؟!! ގޭންގުގެ ވާހަކަ ދޯ.އެވާހަކައަށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔަތުންނަށް ޖަވާބެއް ދެވިދާނެ.ވ.ވެދުން
ބުލްބުލާ
11 October 2021
ގުނަވަން ދެއްކިއްޔާ ދެއްކިކަން ރެކޯޑުތަކުގާ އޮންނާނެނޫންތޯ.
ހުރެދާނެ
11 October 2021
މަޖްލިހުގެ ކެމެރާތަކަށްވެސް އަރާފަ ހުރެދާނެ.
ސިކްސް
11 October 2021
ތިވަރުގެ ވާހަކައެއް ބުނަން ހާދަ ދުވަހެކޭ ތި ނެގީ. ޕަބްލިކްގަ ބުނަންވީ އެއްޗެއް ބުނެދޭނެ ލޯޔަރަކު މިއޮތް ހުރިހާ ދުވަހު ނުލިބުނީތަ؟ މިހާރު ތި ދައްކާ ވާހަކަ ގަބޫލުކުރެވުނީސް އަސްލަމާ އަނދުން ހުސެންނަކީ ޕީޕީ މީހުންނަށްވީނަމަ.
ނަޖްވާ
11 October 2021
މީއަކީ މަޖްލިހުގަ އިންނަކަން އެނގޭވެސް މީހެއް ނޫން! މިކަހަލަ ކޮންމެވެސް ކަމަކުން މި މީސްމީހުން އެނގެނީ! މީ އެވެރިން އެކްސްޕޯޒަރ ހޯދާ ގޮތް! ކީކޭ ދެން އަޅެ ފަހެ ބުނާނީ ވިއްޔާ!