ޚިޔާލު / ވެމްކޯ

ވެމްކޯގެ ބެލެނިވެރިކަން ބަދަލުކުރިޔަސް މަގުމައްޗަށް ކުނިއެޅުން ހައްލެއް ނުވާނެ

މަގުމައްޗަށް އަޅާފައި ހުރި ކުނިތަކެއް

އިބްރާހިމް އާތިފް ޝަކޫރު

17 އޮކްޓޯބަރ 2021 - 08:51

24 comments

މާލޭ މަގުމައްޗަށް ކުނި އެޅުމުގެ މައްސަލައަކީ ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދުގައި ކުރެވޭ ދެބަސްވުމަކުން ހައްލު ކުރެވޭނެ މައްސަލައެއް ނޫނެވެ. ކޮންޓްރެކްޓް ބާތިލު ކުރާނެ ކަމަށް އިންޒާރު ދިނުމަކުން، ނުވަތަ ވެމްކޯގެ ބެލެނިވެރިކަން ބަދަލުކުރުމަކުން، ނުވަތަ މާލޭ ސިޓީ ކައުންސިލުން އިތުރު 'ކުނި' ކުންފުންޏެއް އުފެއްދުމަކުން، މިކަމެއް ހައްލެއް ނުވާނެ އެވެ. މައްސަލަ އަށް ހައްލެއް ގެނެވޭނީ، ސިޔާސީ ތޮފި އެކަހެރިކޮށް، ތަންކޮޅެއް ފުންކޮށް، އިލްމީ ނަޒަރަކުން ވިސްނައި، ދައުލަތުގެ ތަފާތު އިދާރާތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރެވުނު އިރަކުންނެވެ.

މަގުމައްޗަށް ކުނި އެޅުން ހިމެނޭ ގޮތުން މާލޭގައި މި ވަގުތު ދިމާވެގެން އުޅޭ ވަރަށް ގިނަ އިޖްތިމާއީ މައްސަަލަތަކުގެ އަސްލަކީ، އިގްތިސާދީ ބަހުރަވައިން ބުނާ ނަމަ 'ފްރީރައިޑަރ' މައްސަލަތައް ކަމަށް ގަބޫލު ކުރެވެއެވެ.

'ފްރީ ރައިޑަރ' މައްސަލަތަކަކީ ކޮބާ؟

އިގްތިސާދީ ބަހުރުވައިގައި ބޭނުންކުރާ 'ފްރީ ރައިޑަރ' މައްސަލަތައް އާންމު ގޮތެއްގައި އުފެދެނީ ހުރިހާ އެންމެންގެ ވަސީލަތެއް، އެކަކަށް ވުރެ ގިނައިން، އަވަހަށް، އަނެކަކު ބޭނުން ކުރަން އުޅުމުގެ ސަބަބުން، ވަސީލަތް ހަނިވެ، ފަގީރުވެ، ހަމަހަމަކަމާ އެކު އެންމެނަށް ބޭނުންކުރުމުގެ ފުރުސަތު ގެއްލި، އެއްބަޔަކަށް 'ފްރީ ރައިޑް' ލިބެން ފެށުމަށެވެ.

މިސާލު 1: މާލޭގެ މަގުތަކަކީ މާލޭގައި ދިރިއުޅޭ، ޓެކްސް ދައްކާ އެންމެންގެ ހައްގެކެވެ. ނަމަވެސް މާލޭގެ ވެއްޓަށް ތަކާނީ ވަކި އަދަދެއްގެ އުޅަނދުފަހަރެވެ. އިތުރު ކާރާއި، ބޮޑެތި ލޮރީ މާލެ އަރުވާ ގެންގުޅުމުގެ ހައްގު، ފޯރުންތެރިންނާއި، ވިޔަފާރިތަކުން ބޭނުންކޮށް، މާލޭގައި 'ފްރީރައިޑް' އެއް ނެގުމުގެ ސަބަބުން އާންމު ފަރުދުންނަށް މަގު ހިނގަން ދަތިވެ، ނާމާން ވެއްޓަކަށް މާލޭގެ މަގުތައް ވަނީ ބަދަލުވެފަ އެވެ.

މިސާލު 2: ދުނިޔޭގެ ތިމާވެއްޓަކީ ދިރިތިބި ހުރިހާ ފުރާނައެއްގެ ހައްގެކެވެ. ނަމަވެސް ދުނިޔެ ހޫނު ވުމުގެ އެންމެ ބޮޑު އެއް އަސްލަކީ ބޮޑެތި ގައުމުތަކުގެ ކާބަން އެ މިޝަންތަކެވެ. ހޫނުވަމުން މިދާ ދުނިޔޭގެ ސަބަބުން، ވަކި ގައުމެއް، ވަކި ދަރިކޮޅެއް، ވަކި ބާވަތެއްގެ ދިރި ތިބިންތަކެއް ތަފާތު ނުވާ ގޮތުން އެންމެންގެ ފުރާނަ މިދަނީ ނުރައްކަލަށް ހުށަހެޅެމުންނެވެ. ނަމަވެސް، ބޮޑެތި ގައުމުތަކުގެ ލާ ދެމެހެއްޓެނިވި އަމަލުތަކަށް، އެކަށީގެންވާ 'އަގެއް' ދައްކަން ނުޖެހޭ ނަމަ. މޮޅު ވާހަކަދެއްކުމަށް ފަހުގައި ވެސް އެބައިމީހުން ގެންދާނީ 'ފްރީރައިޑް' ނަގަމުންނެވެ.

'ފްރީ ރައިޑަރ' މައްސަލަ ހައްލު ކުރަނީ ކިހިނެއް؟

ފްރީރައިޑަރ މައްސަލަ ހައްލު ކުރެވޭނީ އެ ހައްގު ލިބިގަންނަ ހުރިހާ ފަރާތްތަކަށް 'އަގެއް' ދެއްކުމަށް މަޖްބޫރު ކޮށް 'ފްރީ ރައިޑް' ނެގުން ހުއްޓުވިގެންނެވެ. 'އަގެއް' ދައްކައިގެން މެނުވީ އެ ވަސީލަތް ބޭނުން ނުކުރެވޭނެ ކަމުގައި ހެދުމުން، 'ފްރީ ރައިޑަރ' މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުމުގެ މަގު ފަހިކުރެވެއެވެ. މިފަދަ އަގުތަކަކީ މުޅިއަކުން ފައިސާއިން ދައްކާ އަގަކަށް ވާކަށް ނުޖެހެއެވެ. ނަމަވެސް މިގޮތުން ދައްކަން ޖެހޭ އަގު ކަނޑައެޅުމަކީ ވިސްނުން ތެރިކަމާ އެކު ކުރަން ޖެހޭ ކަމެކެވެ.

މައްސަލަ ދިމާވެގެން އުޅޭ ސަބަބު

ވެމްކޯ އުފެދުމާ ހަމައަށް ކަންތައް ހިނގަމުން އައި ގޮތް ހަނދާން ކޮށްލަމާތޯ އެވެ؟ ކޮންމެ ބަޔަކު އެ ބަޔެއްގެ އަމިއްލަ ކުނި، އަމިއްލަ ދެ އަތުން ނުވަތަ އެހެން މީހަކަށް އަގު ދީގެން، މާލޭގެ ކުނިގޮނޑަށް ގެންދަން ޖެހުނު އުނދަގޫ ހާލަތަށް ބަދަލު ގެނުވީ ވެމްކޯ އުފެދުނު ހިސާބުންނެވެ. ވެމްކޯ އުފެދުމުން، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ކުނި ބަލާ އައިސް، ގޭ ދޮށުން ކުނި ގެންދިޔުމުގެ ފަސޭހަކަން ގިނަ ފަރާތްތަކަށް ލިބުނެވެ.

ވެމްޮކޯގެ މުވައްޒަފުން ކުނި އުފުލަނީ: ކުންފުނި އުފެއްދުމާ އެކު ކުނީގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބުނު -- ފައިލް ފޮޓޯ: މިހާރު

ނަމަވެސް، މި ހިސާބުން އުފެދުނީ 'ފްރީ ރައިޑަރ' މައްސަލައެކެވެ. ވެމްކޯއިން ކުނި ނަގަނީ އަގަކަށެވެ. ގޭބިސީއަކަށް މަހަކު އެންމެ 150ރ. އެވެ. އެ އަގަކީ ކިތަންމެ ކުޑަ އަގެއް ނަމަވެސް، އަގެއް ނުދައްކާ 'ފްރީ ރައިޑް' ނެގޭނެ މަގު ދިޔައީ ހުޅުވިގެންނެވެ. ދަންވަންދެން ބަލަން ހުރެފައި، ބައޮ ޖަހައިގެން ގޮސް، ކުނި ގެންދާ ގެއެއްގެ ކުނިތަކެއްގެ ތެރެއަށް ކޮތަޅު އެއްލުމުން ފަރުޖެހުނީ އެވެ. ކޮވިޑް ލޮކްޑައުންގައި ގޭގެ އަށް ވަނުން ހުއްޓި މަގުމަތިން ކުނި ނަގަން ފެށުމުން 'ފްރީ ރައިޑް' ނެގުން އިތުރަށް ފަސޭހަވި އެވެ.

ވެމްކޯއިން މިހާރު މަސައްކަތް ކުރަނީ މަހު ފީ ނުދައްކާ ފަރާތްތަކުގެ ކުނި ނުނެގުމަށެވެ. އެ ބަޔަކު މަސައްކަތް ކުރަމުން ގެންދަނީ މަހު ފީ ނުދައްކާ 'ފްރީ ރައިޑް' ނެގުމަށެވެ. ސިޔާސީ ވެރިން މަސައްކަތް ކުރަނީ އެންމެ މޮޅު ސުރުހީ އަޅާނީ ކިހިނަކުންތޯ ބެލުމަށެވެ.

ވެމްކޯއަކީ ނަމެކެވެ. އެ ނަމާއި، ނުވަތަ ކުންފުނީގެ މެނޭޖްމަންޓާ މެެދު ހިތްހަމަނުޖެހިގެން، ސިޓީ ކައުންސިލުން ވަކި ކުންފުންޏެއް އުފެއްދުމަކުން، 'ފްރީ ރައިޑް'ގެ މައްސަލައަކަށް ހައްލެއް ނުގެނެވޭނެ އެވެ.

ވެމްކޯއަކީ ނަމެކެވެ. އެ ނަމާއި، ނުވަތަ ކުންފުނީގެ މެނޭޖްމަންޓާ މެެދު ހިތްހަމަނުޖެހިގެން، ސިޓީ ކައުންސިލުން ވަކި ކުންފުންޏެއް އުފެއްދުމަކުން، 'ފްރީ ރައިޑް'ގެ މައްސަލައަކަށް ހައްލެއް ނުގެނެވޭނެ އެވެ. ނަތީޖާއަކަށް ވާނީ މައްސަލައިގެ ޝަކުވާ އެހެން ފަރާތެއްގެ ބޮލުގައި އެޅުވުމުގެ ފުރުސަތު ގެއްލި ދިޔުމެވެ.

މަހު ފީއެއް ނުދައްކާ، ދަންވަރު ނުކުމެ ކުނި ކޮތަޅު މަގުގައި ބަހައްޓައިގެން، ފްރީ ރައިޑެއް ނެގުމުގެ ފުރުސަތު އޮތްހާ ދުވަހަކު ކޮންމެވެސް ބަޔަކު އެ ފުރުސަތުގެ ބޭނުންކޮށް ފްރީރައިޑް ނަގަމުން ގެންދާނެެ އެވެ. ގަވާއިދު ހަރުކަށި ކުރުމަކުން، އިއުލާނުގެ އަޑު ގަދަ ކުރުމަކުން ނުވަތަ ކޮންމެ ކުނި ކޮތަޅެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން މި މައްސަލަ ހައްލެއް ނުކުރެވޭނެ އެވެ.

ކުރީ ޒަމާނުގައި، ހެޔޮ ގޮތުގައި ކުނި ނުނެރޭ މީހުން ދައްކަން ޖެހުނު 'އަގަކީ' ޖަމާއަތުގެ ނުރުހުމާއި، އަވައްޓެރިންގެ ރުޅިއާއި ކުރިމަތިލާން ޖެހުމެވެ. އެ އަގު ދައްކަން ބޭނުން ނޫން ބަޔަކު އަދިވެސް، މާލޭގައި ވެސް އަދި ބައެއް ރަށުގައި އުޅެފާނެ އެވެ. ނަމަވެސް 'ޖަމާއަތުގެ ނުރުހުމާއި ގޭދޮށުމީހުންގެ ރުޅިވެރިކަން' ފަދަ 'އަގެއް' ދައްކަން ޖެހުމަކުން މާލޭގެ ކުނީގެ މައްސަލަ މިއަދު ހައްލު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ވެމްކޯގެ މުވައްޒަފުންް ކުނި އުފުލަނީ -- ފައިލް ފޮޓޯ: މިހާރު

ކޮންމެ ގޭބިސީއަކާއި ކޮންމެ ވިޔަފާރިއަކީ ކޮންމެވެސް ޒާތެއްގެ ކުންޏެއް އުފަން ކުރުވާ ބައެކެވެ. މި މައްސަލަ ހައްލު ކުރެވޭނީ ހުރިހާ ގޭބިސީ ތަކުންނާއި ހުރިހާ ވިޔަފާރިތަކުން 'އަގެއް' ދައްކަން މަޖްބޫރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް 'ފްރީ ރައިޑް' ނުނެގޭނެ ގޮތް ހެދުމުންނެވެ. މިކަމާ ގުޅިގެން އަޅުގަނޑު ދުށް ސޯޝަލް މީޑިޔާ ޕޯސްޓެއްގައި ހުށަހަޅާފައި ވަނީ ފެންބިލްގައި، ނުވަތަ ކަރަންޓް ބިލުގައި ކުނި ނެގުމުގެ 'އަގު' ހިމެނުމަށެވެ. މިއީ ވިސްނާލުން ރަނގަޅު ހުށަހެޅުމެކެވެ.

ފްރީ ރައިޑަރގެ މައްސަލަ ހައްލު ކުރެވޭނީ މިފަދަ އަސާސީ ހައްގެއް ތެރެއަށް ކުނި ނެގުމުގެ 'އަގު' ވަދެގެންނެވެ. ތަފާތު ވަކި 'އަގެއް' ވެމްކޯ އަށް ދައްކަން އޮތްހާ ދުވަހަކު، ކޮންމެވެސް ބަޔަކު ފްރީރައިޑް ނުގަނައެއް ނުތިބޭނެ އެވެ. އެއްބަޔަކު 'ފްރީ ރައިޑް' ނެގުމުން ހަޑިވެ، ގޮނޑުވެ، ކުނިވެ، އުނދަގޫ ވަނީ އެންމެންނަށެވެ. އެންމެންގެ ހައްގުގައި އެކަންތައް ކުރެވޭނީ މުޅި ދައުލަތުން އެކުގައި، ގުޅިގެން މަސައްކަތް ކުރެވުމުންނެވެ.

24 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 14%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާޢިލް

18 October 2021

ވަކިބަޔަކުފައިސާދީގެން މައުލޫމާތުނުހޯދައި ލިޔުމަކުން ކަންތައްރަނގަޅެއްނުވާނެ ވެމްކޯއުފެއްދުމުގެ ކުރީގައި ބިދޭސީން ކުނިއުކަމުންދިޔައީ50ރ 100ރދެމެދުގެ އަގެއްގައި ވެމްކޯއައިސް 100-150ރ އަގުތައްބޮޑުކޮށް ކޯސްޓުކިރު ބޮޑުދަޅެއް ދޮންނަކުޑި ބޮޑުފުޅިވެސް ނުގެންދޭ ފުރަތަމަ އަމިއްލަޔަށް ކުނިއުކޭނެކަމަށްބުނެ ރަޖިސްޓަރީކުރުވާފައި އެކެންސަލްކޮށް އަމިއްލަޔަށް އުކާލަންދާ ކުޑަކޮތަޅަށް 10ރ ނަގަންފެޝީމަ ވާނެގޮތް މިވަނީ ސަރުކާރުން ކުންފުނިހަދައި ރައްޔަތުން ފެލުން ރަނގަޅު ޓެކްސީއަކުން 30ރ ނެގީމަ މިގޯސްވަނީ

The name is already taken The name is available. Register?

ރެޓޭ

17 October 2021

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުނި ނެގުމަށް ކުރާޚަރަދު ހިމަނަނީ ކޮންމެ ގޭބިސީއެއްގައި ބަހައްޓާފަ ހުންނަ ފެންމީޓަރަށް ނުވަތަ ކަރަންޓް މީޓަރަށް! ރާއްޖޭގެ ގެތަކުގެ ހުންނަ ކަރަންޓް މީޓަރަކަށް ވެމް.ކޯ އަށް ދައްކަންޖެޭ ޢަދަދު ހިމަނާލައިގެން ތިކަން އެއްބުރުން ތިޔަ ނިމުނީ! މަސް ނިމުނީމާ ސްޓެލްކޯއިން ވެމް.ކޯއަށް ފައިސާ ޓްރާންސްފަރ ކޮށްލާނީ! ސިންޕަލްކަމެއް އެކަކުވެސް ނުޖެހޭނެ ކުނި ނެގުމަށް ވަކިން ރަޖިސްޓްރީވާން!

The name is already taken The name is available. Register?

އަމިއްލަ

17 October 2021

އަމިއްލައަށް ކުނިކޮތަޅު ހިފައިގެން ދާ މީހެއްގެ އަތުން ކޮތަޅަކަށް 10 ރުފިޔާ ނެގުމަކީ ސީދާ ރޯމާ ދުވާލު ވެމްކޯއިން ހިންގާ ނުބައި އަމަލެއް. ކިތައް ކޮތަޅު ކުނިންތޯ ލޮރީއެއް ފުރޭނީ. ވިސްނަވާލައްވާ! އެންމެ ކުނި ލޮރީއަކަށް މިހާރު ހައެއްކަހާސް ރުފިޔާ ރައްޔިތުންގެ އަތުން މި ދަމައިގަންނަނީ. 5 ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ކުނިކޮތަޅަކަށް ނަގަން ތާއީދުކުރަންތޯ ނުވަތަ ނޫންތޯ. ތާއީދު ނުކުރާނަމަ ލައިކް ދެއްވާ!

The name is already taken The name is available. Register?

ޙަބީބު.

17 October 2021

މަބުނާނެ ވާހަކައެއްނެތް އެމްޑީޕީޔަކައް މިކަމެއްނުވާނެ

The name is already taken The name is available. Register?

ބުލޮކު

17 October 2021

ދުނިޔޭގެ އެހެން ގައުމުތަކުގަ ކޮށް އުޅޭ ކަމެއް ނޫން ގޭގެއަށް ވަދެ ކުނިނެގުމަކީ. މާލޭގަވެސް ކޮންމެ ބުލޮކަކަށް ޑަސްބިން ބެހެއްޓީމަ ނިމުނީ.

The name is already taken The name is available. Register?

ދޮންބެއަލީ

17 October 2021

މީގެ 8 ވަރަކަށް އަހަރުކުރިން މާލޭގެ ކުނިފަރުބަދަ ހުސްކޮށްލާ. ރީދޫ ކައުންސިލުން މާލޭގެ ދެކުނުފަރާތުގައި މަހަކު 2 ލައްކަ ދީގެން ބޮޑެތި ދޯނިފަހަރު ބާއްވައިގެން ކުރަމުން ދިޔަ ބޭކާރު މަސައްކަތް ހުއްޓާލާ .ބައިސްކަލުގައި ބޭރުބިދޭސީން މުޅިމަގަށް އެޅެގޮތަށް އުކަމުންދިޔަކުނި ވެމްކޯ ކިޔާ ކުންފުއްޏެއް ހަދާ 200 ދިވެހިންނަށް ވަޒީފާދިން ކުންފުނި ވަނީ ޤާބިލްނޫން ބަޔަކާއި ހަވާލުވުމުން ބަރުބާދު ވެފައި...

The name is already taken The name is available. Register?

ދޮން މަނިކު

17 October 2021

މިކަން ހައްލުވާނެ ކޮންމެ ކަރަންޓް މީޓަރަކައް 150 ރުފިޔާ ކުނި ފީގެ ގޮތުގައި އިތުރު ކޮއްލީމަ. ރަޖިސްޓްރީ ކުރާކައް ނުޖެހޭނެ. ސްޓެލްކޯއާއި ވެމްކޯ ގުޅިގެން ޕޭމެންޓް ނިޒާމެއް ހަމަޖެއްސުމުން ނިމުނީ.

The name is already taken The name is available. Register?

ކޮރަލް

17 October 2021

ވެމްކޯ އާ ގުޅޭނެ ނަންވަރެއް ނެތެވެ . ހުކުރު ހޮނި ހިރު ދެދުވަސް ބަންދެވެ ... ކުނި ނުގެންގޮސްގެން ގޭތެރޭގަ ކުނި ވަހެވެ . ވައިބަރ ކޮށްލެވެން ވެސް ނެތެވެ. ސަރުކާރު ހުޅުވިފަ އޮންނަ އިރު ނަންބަރަށް ގުޅަން ބައިގަޑި އިރު ނަގަ އެވެ

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަތުއްތު

17 October 2021

ދިވެހިން ދިވެހީންގެގޮތުގާ އަބަދަށް.

The name is already taken The name is available. Register?

އަލީ

17 October 2021

ގޭގެއަށް ނަރުވައްދާ ކޭބަލް އަޅައިގެން ހޯދާ ޚިދުމަތްތަކުގައިވެސް ގޭ ވެރިފަރާތުގެ އައި ޑީ ކާޑާއި ގޭގެ ރަޖިސްޓްރީ އާއި ރަށްވެހިންގެ ރަޖިސްޓްރީ ހުށަހަޅާކަށް ނުޖެހޭ. ކަރަންޓާއި ފެން ލާއިރުވެސް ރަށްވެހިންގެ ރަޖިސްޓްރީ ހުށަހަޅާކަށް ނުޖެހޭ. އެކަމކު ނަރުނަލާ ކޭބަލް ނާޅާ ހޯދާ ޚިދުމަތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހޯދާ ސަބަބެއް ނޭނގުނު. މީހުންގެ ޒާތީ މައުލޫމާތު ހޯދަނީތަ? ބުނެލައުގެން އުޅޭ. މާލޭގެ ގޭގޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ތިބޭ މީހުން އެ ގެއެއްގައި އުޅެން މަޖުބޫރުތަ? ވެމްކޯ ހިންގަން ކުފޫ ހަމަވާ މީހުން ލާބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454