މުނިފޫހިފިލުވުން / ބޮލީވުޑް ކައިވެނި

ދަރިޔަކު ހޯދާނީ އަދި ދެތިން އަހަރު ފަހުން: ރަންވީރު

ރަންވީރާއި ދީޕިކާ ކައިވެނިކުރީ 2018 ގައި

18 އޮކްޓޯބަރ 2021 - 05:54

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކައިވެނި ކުރުމާ އެކު، ފޭނުން ދެން އެންމެ ބޮޑަށް ދައްކަން ފެށީ ދެ ތަރިން ދަރިޔަކު ހޯދުމާ ބެހޭ ވާހަކަ އެވެ. މި ވާހަކަ ކުރިން ވެސް އެތައް ފަހަރަކު ދެކެވި، އެކަމާ ބެހޭ ގޮތުން ދީޕިކާ ވެސް ވާހަކަ ދައްކާފައިވެ އެވެ. އޭރު އޭނާ ބުނެފައި ވަނީ ދަރިޔަކު ހޯދުމުގެ ޕްލޭނެއް އަދި ނެތް ކަމަށެވެ. އެކަމަކު ކޮންމެ ދެމަފިރިއަކު ވެސް ދަރިން ހޯދާނެ ކަމަށާއި އޭނާ އާއި ރަންވީރު ވެސް އެކަމާ ދޭތެރޭ ވިސްނާ ކަމަށް ބުންޏެވެ.

މި ހަފުތާގައި ރަންވީރު ދިން އިންޓަވިއުއެއްގައި މި ވަނީ ދަރިޔަކު ހޯދުމާ ބެހޭ ގޮތުން އަލުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ދަރިޔަކު ހޯދާނެ އެވެ. އަބަދު ވެސް ސަމާސާ ބޮޑު އަދި ދައްކާ ވާހަކަތަކުގައި މާ ބޮޑު ސީރިއަސް ކަމެއް ނުގެންގުޅޭ އެކްޓަރު ބުނި ގޮތުގައި މި ވަގުތު ދަރިޔަކު ހޯދުމުގެ ޕްލޭނެއް ނެތެވެ.

އޭނާ ބުނި ގޮތުގައި މި ވަގުތު ދަރިޔަކު ހޯދުމާ ބެހޭ ހުވަފެން ދެކެނީ އަންހެނުންގެ ތުއްތުއިރުގެ ފޮޓޯތައް ބަލައިގެންނެވެ.

"ދިޕިކާ އަކީ ހަމަ ކިއުޓް ބޭބީއެއް. އަހަރެން ބުނަން ވެސް ބުނަން މިކަހަލަ ކިއުޓް ބޭބީއެކޭ ބޭނުން ވަނީ." ސަމާސާ ކުރަމުން ރަންވީރު ބުންޏެވެ. "އުންމީދު ކުރަނީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ދަރިޔަކު ހޯދަން."

އޭނާ ބުނި ގޮތުގައި މިހާރު ދަރިޔަކަށް ކިޔާނެ ނަމަކާ ދޭތެރޭ ވެސް އަންނަނީ ވިސްނަމުންނެވެ.

ކަލާޒް ޗެނެލުން ހޮނިހިރު ދުވަހުގެ ރޭ ދައްކަން ފެށި "ދަ ބިގް ޕިކްޗާ" ހޯސްޓް ކުރަމުން އަންނަ ރަންވީރު ބުނި ގޮތުގައި ދަރިޔަކު ހޯދުމުގެ ޕްލޭނެއް މި ވަގުތު ނެތީ ދެމަފިރިން ވެސް މަސައްކަތްތަކުގައި ބިޒީކޮށް އުޅޭތީ އެވެ. އެހެންވެ އަވަސް އަރުވާލައިގެން ދަރިޔަކު ހޯދުން މުހިއްމު ނޫން ކަމަށް ބުންޏެވެ.

ރަންވީރު، 36، އާއި ދީޕިކާ، 35، އަކީ ބޮލީވުޑްގެ މިހާާރުގެ އެންމެ ކާމިޔާބު އަދި ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ދެމަފިރިންނެވެ. ދެހާސް އަށާރައިގައި ކައިވެނި ކުރި ފަހުން ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމު "83" މި އަހަރުގެ ޑިސެމްބަރު 24 ގައި ރިލީޒް ކުރާނެ އެވެ.

ދީޕިކާގެ އަތުގައި މި ވަގުތު ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ޑައިރެކްޓަރު ޝަކުން ބަޓްރާގެ ނަން އަދި އިއުލާން ނުކުރާ ފިލްމަކާއި ޝާހްރުކް ޚާންގެ "ޕަތާން" އާއި ޕްރޮޑިއުސްކޮށް، ކުޅޭ ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ރިމޭކާއި ޕްރަބާސްއާ އެކު ކުޅޭ ނަން އިއުލާން ނުކުރާ ފިލްމަކާއި ރިތިކް ރޯޝަނާ އެކު ކުޅެން ހަމަޖެހިފައިވާ "ފައިޓާ" ގެ އިތުރުން އިންޓަނޭޝަނަލް ޕްރޮޖެކްޓެއް ހިމެނެ އެވެ.

ރަންވީރުގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި މަސައްކަތް ނިމިފައި އޮތް "ޖަޔޭޝްބާއީ ޖޯރުދާރު" އާއި ރޯހިތު ޝެޓީގެ "ސާކަސް" އާއި ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454