ވިޔަފާރި / ސަރުކާރު އޮފީސްތައް

ދައުލަތް އޮފީސްތައް ބޮޑެތި ކުލިތަކުގައި އަމިއްލަ ގޭގޭގައި!

ދައުލަތުގެ އެކި އޮފީސްތައް ހިންގުމަށް، އަމިއްލަ ފަރާތްތަކުން ހަދާފައިވާ އިމާރާތްތަކަށް ކޮންމެ އަހަރަކު 100 މިލިއަން ރުފިޔާ ކުއްޔަށް ދައްކަން ޖެހޭ

ސްޓާ ސިނަމާ ބިލްޑިން. އެތަނުގައި އިމިގްރޭޝަން، ޓްރާންސްޕޯޓް މިނިސްޓްރީ، އެޗްއާރްސީއެމްގެ އޮފީސް އަންނަނީ ހިންގަމުން--ފޮޓޯ:ނިޝާން އަލީ/މިހާރު

ސަރުކާރުގެ އޮފީސްތައް ހިންގުމަށް ވެލާނާގެ ފަދަ އިތުރު އިމާރާތެއް ބޭނުންވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. ވެލާނާގެ ފުރި، ސަރުކާރުގެ މިނިސްޓްރީތަކާއި އޮމްބަޑްސްމަން އޮފީސްތަކާއި އެކި ނަންނަމުގައި އުފައްދާ ސަރުކާރު އިދާރާތައް ގިނަވެ، އެ ތަންތަން ހިންގަމުން އަންނަނީ އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކަށް ބޮޑު ކުލި ދީގެންނެވެ.

މި އަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓުގައިވާ ގޮތުން ދައުލަތުގެ އޮފީސްތައް ހިންގުމަށް ކުލީގެ ގޮތުގައި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެންމެ ފަހުން ސަރުކާރުގެ އޮފީސްތައް ބަދަލުކުރި މ. ސްޓާ ކްލައުޑް ބިލްޑިންގް ނުވަތަ ސްޓާ ސިނަމާ ބިލްޑިންގާއި ހ. ސަކީނާ މަންޒިލް ފަދަ އިމާރާތްތަކުގައި އޮފީސްތައް ހިންގަނީ ވަރަށް ބޮޑު ކުއްޔެއްގަ އެވެ. އޮފީސް ހިންގާނެ ތަންތަން މަދުވެ، ޖެންޑާ މިނިސްޓްރީ ސީޓްރެކް ބިލްޑިންގަށް ބަދަލުކޮށް، ބައެއް ޓޫރިސްޓް ހޮޓާތަކުގައި ވެސް އޮފީސްތައް ވަނީ ހަދަން ފަށައިފަ އެވެ. އަމިއްލަ ބައެއް ފަރާތްތަކުން އިމާރާތް ކޮށްފައިވާ ބައެއް އެހެން އިމާރާތްތަކުގައި ވެސް، ބޮޑެތި ކުލިތަކުގައި ދައުލަތުގެ އޮފީސްތައް އެބަ ހިންގަ އެވެ.

ސްޓާ ސިނަމާ އިމާރާތުގައި ސަރުކާރުގެ ހަތަރު އިދާރާއެއް މި ވަގުތު ހިންގަމުން ދެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކުއްޔެއް ދައްކަނީ ހަތަރު ފްލޯގައި އޮފީސް ހިންގާ އިމިގްރޭޝަނަށެވެ. އެ އޮފީހުގެ ކުއްޔަށް އަހަރެއްގެ މައްޗަށް 7.8 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެހެންކަމުން އެ އިދާރާގެ ކުއްޔަށް މަހެއްގެ މައްޗަށް 650،000ރ. ހޭދަވާނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ ވެސް ދައުލަތުން މި ވަގުތު އެންމެ ބޮޑު ކުއްޔެއް ދެ އެއް އޮފީހެވެ. އެ އޮފީހުގެ ތިން ފްލޯއަކަށް 7.7 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. މިއީ މަހެއްގެ މައްޗަށް 640،000ރ. އެވެ. އެ އިމާރާތުގައި ހިންގާ އަނެއް އޮފީހަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނެވެ. އެ އިދާރާ އަށް އަހަރެއްގެ މައްޗަށް 6.3 މިލިއަން ރުފިޔާ ހޭދަކުރާ އިރު ކޮންމެ މަހަކު ކުލީގެ ގޮތުގައި 525،000ރ. ދައްކަން ޖެހެ އެވެ. އެ އިމާރާތުގެ ދެ ފްލޯއެއްގައި ހިންގަމުން އަންނަ އަނެއް އޮފީހަކީ ހިއުމަން ރައިޓްސް ކޮމިޝަނެވެ. އެ ދެ ފްލޯއަށް ދައުލަތުން 1.9 މިލިއަން ރުފިޔާ ހޭދަކުރާ އިރު މަހެއްގެ މައްޗަށް އެ ކޮމިޝަނުގެ ބަޖެޓުން ކުއްޔަށް 158،000ރ. ހަރަދުވެ އެވެ.

ސްޓާ ސިނަމާގައި ހިންގާ އޮފީސްތަކުގެ ކުލީގެ ތަފްސީލު. އެ އިމާރާތުގެ ކުއްޔަށް މަހަކު ދެ މިލިއަން ރުފިޔާ ހޭދަކުރޭ

ސްޓާ ސިނަމާ އިމާރާތުގެ ކުއްޔަށް ދައުލަތުން އަހަރެއްގެ މައްޗަށް 23.8 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. މަހެއްގެ މައްޗަށް އެ އިމާރަތުގެ ކުއްޔަށް ހަމައެކަނި ދެ މިލިއަން ރުފިޔާ ދައުލަތުން ހަރަދުވާނެ އެވެ.

ހ. ސަކީނާ މަންޒިލްއަކީ ވެސް ބޮޑު ކުއްޔެއް ދައްކަމުން އަންނަ އިމާރާތެކެވެ. އެތަނުގައި ހުންނަނީ އޭސީސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނެވެ. އެ އިމާރާތުގެ ފަސް ފްލޯގައި އޮފީސް ހިންގަމުން އަންނަ އޭސީސީން އަހަރެއްގެ މައްޗަށް ކުލީގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. މަހެއްގެ މައްޗަށް އޭސީސީގެ ބަޖެޓުން ކުއްޔަށް 575،000ރ. ހޭދަކުރަން ޖެހެ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބޭނުމަށް އެ އިމާރާތުގެ ދެ ފްލޯއެއް ބޭނުން ކުރެ އެވެ. އެ ދެ ފްލޯގެ ކުއްޔަށް 3.9 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ބަޖެޓުން އެނގެ އެވެ. މަހެއްގެ މައްޗަށް 325،000ރ. އެ އޮފީހުން ކުއްޔަށް ހޭދަކުރަން ޖެހެ އެވެ.

ސަކީނާ މަންޒިލްގެ ކުލިތަކުގެ ތަފްސީލް. ދައުލަތުން އެ އިމާރާތުގެ ކުއްޔަށް 10 މިލިއަން ރުފިޔާ ހޭދަކުރޭ

ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވީ، މިހާ ބޮޑު ހޭދައެއް ދައުލަތުގެ ބަޖެޓުން ކުއްޔަށް ހޭދަ ކުރާ އިރު މި ހަރަދު ސަލާމަތް ވެއްޖެ ނަމަ، އެހެން މުހިއްމު މަޝްރޫއުތަކަށް ވެސް އެ ފައިސާ ހަރަދު ކުރެވޭނެ ކަމަށެވެ. އަދި މި ގޮތަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގައި އޮފީސް ހިންގަމުން ދިއުމަކީ ދައުލަތުގެ ހަރަދުތައް އެއް ހަމައެއްގައި ހިފަހައްޓަން އޮތް އެންމެ ބޮޑު އެއް ހުރަސް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. ސަރުކާރުން އެބަ ޖެހޭ ލޯންގް ޓާމް ޕްލޭނެއް އެކުލަވާލައި، މިފަދަ ހަރަދުތައް ހަރުދަނާ އުސޫލެއްގެ ތެރެއިން މެނޭޖްކުރަން. ކުއްޔަށް މި ހޭދަކުރާ ފައިސާއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރެވޭނެ ފައިސާ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހަރަދުގެ އިތުރުން އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ރައްޔިތުންނަށް ހިދުމަތް ހޯދަން އެތަން މިތަނަށް ދިއުމުގެ ބަދަލުގައި އެއް އިމާރާތެއް މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ލިބެން ފެށުމުން ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

ބޭނުން ވަނީ ވެލާނާގެ ވަރުގެ އިތުރު އިމާރާތެއް

ދައުލަތުގެ އޮފީސްތައް ހިންގުމަށް ސަރުކާރުން އިތުރު އިމާރާތެއް އެޅުމުގެ ވާހަކަ ދައްކާތާ ދުވަސްތަކެއް ވެއްޖެ އެވެ. ސަރުކާރުގެ އޮފީސްތައް ހިންގާނެ ތަނެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް 25 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށި އެވެ. މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ ޑަބްލިޔުޒެޑްއާރް ޕްރޮޕަޓީއާ ހަވާލުކޮށްގެން ގާތްގަނޑަކަށް 122 މިލިއަން ޑޮލަރުގެ އިމާރާތެއް އެޅުމަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސޭ ގޮތް ނުވުމުން މި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

ހ. ސަކީނާ މަންޒިލް: އެ އިމާރަތުގައި އޭސީސީ އާއި ޖޭއެސްސީގެ އޮފީސް ހިމެނޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުކާރުގެ އެ ނިންމުން ވެސް ވީ ދައުލަތަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެ ބޮޑު ބަދަލެއް ދޭން ޖެހުނު ކަމަކަށެވެ. އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 22 މިލިއަން ޑޮލަރު ދޭން އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން މިހާރު ވަނީ ދިވެހި ސަރުކާރަށް އަންގައިފަ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދައުލަތުގެ އޮފީސްތައް އެއް އިމާރާތެއްގައި ހިންގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން އޭރު އަޅަން މަސައްކަތް ކުރި އިމާރާތް އެޅުނު ނަމަ، ތަންތަންކޮޅުގައި ކުދިކުދި އޮފީސް ހިންގުމުގެ އުުސޫލަށް ބޮޑު ބަދަލެއް ގެނެވުނީސް ކަމަށެވެ. އޭނާ ވެސް ވިދާޅުވީ އޮފީސް އިމާރާތަކުން ހަމައެކަނި ކުޑަ ކުރެވޭނީ ހަރަދެއް ނޫން ކަމަށެވެ. ދައުލަތުން ދޭ ހިދުމަތްތައް ހޯދާ މީހުންނަށް ވެސް އެއީ ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުން އެކި ތަންތަނުގައި ވަޒީފާ އަދާކުރަން ޖެހުމުން ހިންގުމުގައި އުނދަގޫތައް ދިމާވޭ. އަދި އެއް ތަނަކުން ހިދުމަތް ދޭ ނަމަ ރައްޔިތުންނަށް މާ ފަސޭހައިން ހިދުމަތް ފޯރުކޮށްދެވޭނެ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި ގިނަ ބަޔަކު ހިދުމަތް ހޯދާ އޮފީސްތައް ހުޅުމާލެ އަށް ވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.

ސަރުކާރުގެ އެންމެ ކުލި ބޮޑު އިދާރާތަކުގެ ތަފްސީލު

"މިސާލަކަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އިމިގްރޭޝަން ފަދަ ތަންތަން ހުޅުމާލެ އަށް ބަދަލު ކުރުމުން ހިދުމަތް ހޯދަން އެންމެން ދާނީ އެތަނަށް. އޭރުން މާލޭގެ ޓްރެފިކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ ސަރުކާރު އިދާރާތަކަށް ހާއްސަ އޮފީސް ކޮމްޕްލެކްސްއެއް މި ވަގުތަށް ވަރަށް މުހިއްމު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ސަރުކާރުގެ އޮފީސްތަކަށް ހާއްސަ އިމާރާތެއް އެޅުމުގައި މާ ބޮޑު ކުރިއެރުންތަކެއް ނުލިބުނު ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ކުލި ބޮޑުކޮށް ދޭ އިމާރާތްތަކުގެ ބަދަލުގައި އޮފީސް އިމާރަތެއް ހެދުމުގެ މަސައްކަތް ކުރުމެވެ. މިކަން ކުރަން ނިންމާފައިވަނީ އެޗްޑީސީއާ ހަވާލުކޮށްގެންނެވެ. ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުން އޮފީސްތަކުގެ ކުލި ދެއްކުމަށް ކުރާ ހޭދަ ކުޑަކޮށް އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި އެޗްޑީސީގެ އިމާރާތަކަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކަމަށް 120،000 އަކަފޫޓުގެ ޖާގަ ބޭނުންވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެހެން ނަމަވެސް އަދި މިކަން އޮތީ ޕްލޭނިން ސްޓޭޖުގަ އެވެ.

ދައުލަތުން ކުރާ ރިކަރަންޓް ހަރަދު އިތުރުވަމުން ދާއިރު ދައުލަތުގެ އިދާރާތައް ހިންގަން ސަރުކާރުގެ އިމާރާތެއް ހެދިއްޖެ ނަމަ ކުރިއަށް ތަނުގައި ހަރަދުތައް ކުޑަކުރެވޭނެ އެވެ. އެހެން ނަމަވެސް މިކަން ކުރުމުގައި މިހާރަށް ވުރެ އަވަސް ނިންމުންތަކެއް ވަރަށް މުހިއްމެވެ.

116 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 85%
icon wow icon wow 2%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

20 October 2021

ތިޔަ ވިޔަފާރިއެއް ފުޅާކުރަންވެގެންތާ މިހާރުވެސް ހަދާ ނިމިފައި ހުރި ސަރުކާރުގެ 10 ބުރީގެ އިމާރާތެއް އެ ހުންނަނީ ބޭކާރު ގޮތުގަ ހެންވޭރުކޮޅު މަޖީދީމަގުގަ ހަދާފަ ވީރާނާވާން ދޫކޮށްލާފަ. އެއާ ޖެހިގެން އޮވޭ އަދި އިތުރަށްވެސް ބޭނުންކުރެވޭނޭ ބިން. މާލޭގަ ބިން ނެތީކީވެސް ނޫން.

The name is already taken The name is available. Register?

ގައުމެއްމީ

20 October 2021

އޮފީސްތަކާ އިދާރާތަކާ އުފައްދާ ވަރުން އުފައްދަނީ. “ރިމޯޓް ވަރކް” މުޅި ދުނިޔޭގައި ކުރަމުންދާ އިރު ހާޒިރީ ބަލައިގެން މީހަކަށް މޭޒެއް ދީގެން ނޫނީ މަސައްކަތް ކުރާކަށް ނޭނގޭ. ކުލީގެ ނަމުގައި ބޮޑެތި މުއްސަނދިން އިތުރަށް މުއްސަނދި ވަނީ.

The name is already taken The name is available. Register?

އެމްސް

20 October 2021

ރޯމާ ދުވާލު، ދައުލަތް ލޫޓްވުން ނުހުއްޓި، ކުރިއަށް!

The name is already taken The name is available. Register?

ބޭބެ

20 October 2021

ދައުލަތް މަގުމަތިކޮށް ވައްކަންކުރަނީ

The name is already taken The name is available. Register?

ޗުޖޖފތު

20 October 2021

ރާއްޖެތެރެއަށް މި އޮފީސްތައް ބަދަލުކުރޭ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 October 2021

ގޭންއެއަރޕޯޓްގައި KASA Holding ގެ ޙިއްސާ އޮތްކަމުގައިވިޔަސް ރަނުގެއަގުހުރި ކ.އަތޮޅުމާލޭ އެންމެއަގުބޮޑުހިސާބުން މަހަކަށް 60 ހާސް ރުފިޔާދީފަ ގޮޅިއެއްހިފާފައި ހެޑްއޮފީސް ހަދާކަށްނުޖެހޭނެ. އޮފީސް އައްޑުއަށް ބަދަލުކުރޭ. # ފެނަކަ ކޯޕަރޭޝަންގެ އެއްވެސްހިދުމަތެއްނުދޭ ކ.އަތޮޅުމާލޭގައި އެތައްސަތޭކަ މުވައްޒަފުންނާއިއެކު ހެޑްއޮފީސް ބޮޑުކުލިދީފައި ހުންނާންޖެހޭ ސަބަބަކީކޮބާ؟! ކީއްވެ ލާމަރުކަޒު ކުރާން ޖެހިލުންވަނީ؟ ކީއްވެ ފެނަކަ އޮފީސް މާލެއިން ބޭރު ނުކުރާންވީ!

The name is already taken The name is available. Register?

ލިމާ.

20 October 2021

އުއްޗު މެންނަކާ ނުކުޅެވޭނެ ސަރުކާރަށްވެސް.

The name is already taken The name is available. Register?

ޟާ124

19 October 2021

މި ޚަބަރު ލިޔުންތެރިޔާއަށް ޝުކުރިއްޔާ އެއްބަޔަކު ލާރިމަތީ ފަތަނީ އަނެއްބަޔަކު ހައިހޫނުގާ

The name is already taken The name is available. Register?

ސަމިއްޔާ

19 October 2021

ރައްޔިތުންގެ މަޖުލީހު ކައިރީވެސް ހުންނާނެ އޮމްބަޑްސްމަންގެ އޮފީހާއި ޤައުމީ އަރުޝީފުގެ އިމާރާތް ނިކަން ބަލާބަލަ އެކުރާ ބޭކާރު ހަރަދު ދައުލަތުގެ ބިންނެތީތަ، ދައުލަތުގެ ބިންތައް އެއީ އޭޑީކޭވެސް އެތަން އަތުލާފައި ނިކަން ދައުލަތުގެ އޮފީސްތައް ހަދާބަލަ ، ނޫނީ އޭޑީކޭ ކުއްޔައް ދީފައިވާ ވަރު ހާމަކޮށްބަލަ

The name is already taken The name is available. Register?

އަފުރާސިޔާބު

19 October 2021

ބަލަ އެތަންތަން ހެދީ ލޯނު ނަގައިގެންނޭ. އެލޯންތައް އަދާކުރަން ދައުލަތަށް ދިނީމާ ކޮބައިހޭ މައްސަލައަކީ. ރައްޔިތުން ދިރިއުޅޭ ތަންތަން ހަދަން ދައުލަތުން ލޯނުނަގާފައި އެތަންތަން ހަދަން ރައްޔިތުންނާ ނޫންތޯ އެހަވާލުކުރީ. ހިޔާ ފްލެޓްތައް ތަޅައި ކުނޑިއަށް ހަދާއިރު ދައުލަތުން ބަލާތޯ އެތަންތަނަށް ލިބޭ ގެއްލުން. ވަރިހަމަ ކޮށްލައިގެން އެތިބީ ނޫންތޯ؟

The name is already taken The name is available. Register?

ފުރިހަމަ

20 October 2021

ނެގިލޯނު ދައްކާ ނިމޭ އަހަރެއްތެރޭ ތަން ލައުލަތަށް ކުއްޔަށް ދިނީމަ. ކުދިކުދި ތަންކޮޅު ހަދަން ނިކަމެތިން ނަގާލޯނު ދައްކަން 15އަހަރު..އެހެންވީމަ ހަމައެއްވެސް މައްސަލައެއްނެތް.

The name is already taken The name is available. Register?

ނަސްފަރު ލަތީފް

19 October 2021

ވެލާނާގެ ވަރުގެ ބޮޑު އިމާރާތެއް ދިނަސް ނުވާނެ! ވާކަމަކަށް ނަހަދާނެ! ނިކަން ހިތްވަރެއް ހުރިއްޔާ ހުރަވީ ބިލްޑިންގ އަދި ގާޒީ ބިލްޑިންގ ހުރި ތަނުގައި ބޮޑު އޮޕީސް އިމާރާތްތައް ހަދައި، އެދެތަނާއި، ވެލާނާ ގެ އާއި ގުޅުވައިލައިފިނަމަ، ވަރަށް ފަސޭހަވާނެ! އެކަމަކު އެހެން ވިޔަކަނުދޭނެ! ވެލާނާގޭގައި އިމިގްރޭޝަންގެ އޮފީސް ހުރޭ! ގާޒީ ބިލްޑިންގ ގައި ވެސް ހުރޭ! އެކަމަކު ދުވަހަކު ވެސް މިކަމަށް ހައްލެއްނައި! ސަބަބަކީ އޮފީސްތަކުގެ ސްޕޭސް ބޭނުންކުރެވޭގޮތް ގޯސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454