ޚަބަރު / އދ. ދަނގެތި

މަހުމޫދުގެ ކަށުނަމާދަށް ސާލިމް ދިޔަ!

މަހުމޫދުގެ ކަށު ނަމާދަށް އޭނާ މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މުހައްމަދު ސާލިމް މިސްކިތަށް ގޮސް -- ފޮޓޯ: ކިޔުންތެރިއެއް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ މުހައްމަދު ސާލިމް، ހައްޔަރުކުރުމުގެ ކުރިން މަހުމޫދުގެ ކަށުނަމާދަށް ދިޔަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އަނިޔާވެރި ގޮތަކަށް މަރައިލުމަށް ފަހު، ފަޅު ގެއެއްގެ ވަޅަކަށް އެއްލާލާފައި އޮއްވައި ފެނުނު މަހުމޫދުގެ މަރުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ސާލިމް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ތަހުގީގަށް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އެންގުމުން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނަށް އިއްޔެ ވަނީ ގެންގޮސްފަ އެވެ.

"މިހާރު" އަށް ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ އަސުރު ނަމާދަށް ފަހު އޮތް މަހުމޫދުގެ ކަށު ނަމާދަށް ސާލިމް މިސްކިތަށް ގޮސް ހުއްޓެވެ. މި މަންޒަރު ފެންނަނީ މަހުމޫދުގެ ކަށުނަމާދު ނިމުމުގެ ކުރިން މީހަކު މިސްކިތުގެ ތެރޭގައި ހުރެ ނެގި ފޮޓޯއަކުންނެވެ.

"މިހާރު" އަށް ލިބިފައިވާ އެ ފޮޓޯ އިން ފެންނަ ގޮތުގައި ސާލިމް ލައިގެން ހުރީ ދަނގެތީގައި އޭނާ ދިރިއުޅުނު ނެދުންގެ އަށް ފުލުހުން ގެންދިޔަ އިރު ވެސް ލައިގެން ހުރި ހުދު ގަމީހެވެ.

ސާލިމް އަމަލު ކުރި ގޮތް ފުލުހުން އިއްޔެ އޭނާ ލައްވައި ކުޅުވަނީ: އޭނާ މަހުމޫދުގެ ކަށުނަމާދަށް ވެސް ދިޔަކަން ވަނީ އެނގިފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

މަހުމޫދުގެ ކަށު ނަމާދަށް ސާލިމް ދިޔަ ނަމަވެސް، އޭނާ ވަޅުލަން ދިޔަ މީހުންނާ އެކު އެ ރަށު ސަހަރާ އަށް ދިޔަ ކަމެއް އެނގިފައެއް ނުވެ އެވެ. "މިހާރުު" އިން އެ ސަރަަހައްދުގައި ނެގި ފޮޓޯތަކުން ވެސް ސާލިމެއް ނުފެނެ އެވެ.

ފުލުހުން އިއްޔެ ވަނީ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ ސާލިމް ދިރިއުޅުނު ނެދުންގެއަށް އޭނާ ގެންގޮސް އޭނާ ލައްވައި އޭނާ އަމަލު ކުރި ގޮތް ކުޅުވައިފަ އެވެ.

މަހުމޫދު މަރާލައި ގޯންޏަކަށް ލައި ވައްޓާލާފައި އޮތް ފެން ވަޅު ހުންނަ ގޯއްޗަށް ވެސް ފުލުހުން އޭނާ ގެންދިޔަ އެވެ. އެ ވަޅު ކައިރި އަށް ވެސް ސާލިމް ގެންގޮސް ފުލުހުން ވަނީ އޭނާ އަމަލުކުރި ގޮތް ކުޅުވައިފަ އެވެ. ފުލުހުން އޭނާ ގޮވައިގެން ދިޔައިރު ބައެއް ވާހަކަތައް ދިޔައީ ފުލުހުންނަށް ކިޔައިދެމުންނެވެ.

މަހުމޫދު ގެއްލުނު ރޭ ސާލިމްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭ ކަންކަން މީހަކު ވަނީ ފުލުުހުންނަށް ކިޔައިދީފަ އެވެ. އޭގެ ތެރޭގައި ނެދުންގޭގެ ތެރެއިން އާދަޔާ ހިލާފު އަޑުތަކެއް އިވުމާއި އެ ގޭގެ ފާރުމަތިން ބޯ ދިއްކުރި މީހަކަށް ފެނުނު ކަމަށް ބުނާ ބައެއް މަންޒަރުތައް ހިމެނެ އެވެ.

އޭނާއާ ގުޅޭ އިތުރު ހެކިތަކެއް ލިބިފައިވާ ކަމެއް ފުލުހުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައި ނުވެ އެވެ. މީހަކު ހައްޔަރު ކުރިކަން ހާމަ ކުރުމުގެ އިތުރުން މަހުމޫދުގެ މަރާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

36 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 29%
icon angry icon angry 39%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާބަސް2222

19 October 2021

އެކަމަކު ހަބަރު ތަކުގައި “ގާތިލް” ހޯދި ވާޙަކަވެސް ޖަހާފަހުރި

The name is already taken The name is available. Register?

ނިއުމާ

19 October 2021

ހާދަ މޯޅޭ

The name is already taken The name is available. Register?

އިބްރ

19 October 2021

ސުވާލަކީ ކަށްނަމާދު ކުރާއިރު ފޯޓޯ ނަގަން މިސްކިތު ތެރޭގަ އެހެންބަޔަކު........... ކީއްވެބާ؟؟؟؟ ސާލިމް އަށް އަމާޒް ކޮށް ފޮޓޯ ނަގަން އެނގުނީ އޭނަ ޔައް ޝައްކުު ވެގެންތޯ

The name is already taken The name is available. Register?

ހަނު ހުންނަ މީހާ

19 October 2021

މި މަރުގެ މައްސަލަ ސާބިތުވާނެ. ފަހަތަކު ސިޔާސީ މީހަކު ނެތެއްނު. ސާބިތު ނުވެގެން މިއުޅެނީ ރޯދުވާ މެންދުރު އެންމެންކުރިމަތީ މީހުންމަރާ ގުރޫޕުގެ މައްސަލަ. ތިމީހާގެ ކިބައިންވެސް މަރަށް މަރު ހިފަންޖެހޭ.

The name is already taken The name is available. Register?

އަހްމަދުހު

18 October 2021

ބަންގަލަދޭސްގެ ރައްޔިތުންވެސް ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭ ގޮތައް ހަދަން ޖެހޭ. ހަސީނާގެ ޖަލު އެ ހުސްކުރަނީ މިތަނައް

The name is already taken The name is available. Register?

އަހްމެތް އަލްޕް

18 October 2021

މަރާގުޅިގެން 2 މީހަކަށް އަނިޔާކޮށް، އެމީހުންގެ ސައިކަލު ރޯކޮށްލިކަމަށް ނޫހުގައި ލިޔެފި. ސުވާލަކީ އެދެމީހުންނަށް އަނިޔާ ކުރި މީހުންނާ ފުލުހުން ސުވާލުކޮށް ބަޔާން ނަގައިފިތޯ؟ ސައިކަލުގައި ރޯކޮށްލި މައްސަލަ ބަލާތޯ؟ 100% މުސްލިމު ގައުމެއްމީ.

The name is already taken The name is available. Register?

ނަން ކިޔާ

18 October 2021

އެމީހުން އެރަށުން ތަޅާ ބޭރުކުރަންވިތާ ކިތަމެ ދުވަހެއް. އެތަނުން އެއް ސޮރާކީ ރަށު މީހުނަށް ދުއްޕާން ބޮޱުވެގެން ދެފައި ބިންދާފަ އަމިއްލައް ރަށުން ބޭރު ކުރި ސޮރެއް. ދެން އާސް ދަންގެތި އޮވެ ރަނގަޅު ވީމަ އެރަށު މީހުނައް އުނދަގޫ ކުރަމުން ދުވަނީ. އެވަރު ފެންވަރުގެ މީހުނާ އެއްކޮޅައް ވާހަކަ ދައްކާތީވެސް ހައިރާންވޭ!

The name is already taken The name is available. Register?

އަދިދެން

18 October 2021

އަދިދެން މީނަ ކުރިކަމއް ނިންމަން އަވަސް ދޯ؟ މިހާރު ވެސް ނަންވެފަ ތިންމީހުން އެބަތިބި

The name is already taken The name is available. Register?

ޙަހަބޭސް

18 October 2021

ބަންގުލަދޭސް އެކަނިތަ ރެކޯޑު އޮނަނަނީ ދިވެހިންގެ ނެތްދޯ

The name is already taken The name is available. Register?

ބައި

18 October 2021

ކަލޭ ތިއީ ބަންގާޅީއަކާ އިނދެގެން އުޅޭ މީހެއްދޯ.

The name is already taken The name is available. Register?

ބޮންދު ލޯބި

19 October 2021

މަ ހިތަށް އަރަނީ މި މީހުން ބަންގާޅު މީހުން ދެކެ މިވަނީ ހާދަހާވާ ލޮތްބެކޭ.. ބަންގާޅީން ތެރޭގައި ހެޔޮ ލަފާ ރަނގަޅު މީހުން ވަރަށްވެސް މަދުވާނެ..

The name is already taken The name is available. Register?

ބިލް ކުލިންޓަން

18 October 2021

އިއްޔެ ޑުރާމާކުޅެދިނީ. މިއަދު މިފެނުނީ ކަށިނަމާދުން. ކިހިނެއްބާ ވާންމިއުޅެނީ؟ ފެންނަފެނުމަށް މާދަމާވެސް މިކަމާގުޅޭ އިތުރުކަންތައްތަކެއް ތަމްސީލުވެގެންދާނެ.

The name is already taken The name is available. Register?

ސާބަސް

18 October 2021

ތިހެއް ތިބޭނީ ވިސްނޭމީހުން. ވާނުވާ

The name is already taken The name is available. Register?

ހިމާރުލްގައުމު

18 October 2021

ތިރީސް އަހަރު މިގައުމުގަ ވެރިކަންކުރި މީހާ ދިވެހިންނަށް ދިން އެއްމެ އަގުބޮޑު ދެ ހަދިޔާ މިތަނަށް ޑްރަގް ފެތެރުމާ ބަނގޯއިން މިތަނަށް ޖަމާކުރުން. އަދިވެސް ގައުމަށް ކަމެއް ކޮށްދޭ ހިތުން ލޮލު ފިޔަ ނުޖެހިގެން އެބޭފުޅާ ތާއަބަދު އެ އުޅުއްވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454