ދުނިޔެ / އިރާގު

އިރާގުގައި ވެރިކަމުގެ ކޯޅުމެއް އުފެދެނީ

ބޮޑު ވަޒީރު ކަމަށް މުގްތަދާ ސަދުރު ވަޑައިގަތުމުގެ ފުރުސަތެއް ނެތް. --ފޮޓޯ: ރޮއިޓާސް

19 އޮކްޓޯބަރ 2021 - 09:55

2 comments

މިދިޔަ ހަފުތާގައި އިރާގުގައި ބޭއްވި އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް، ގާނޫނު ހަދާ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ނުލިބުމުން، އެއްވެސް ޕާޓީއަކަށް އެކަނި ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތެއް ނެތެވެ. އެހެންކަމުން، ދޭދޭ ސިޔާސީ ޕާޓީތަކުން މިހާރު ސިއްރިޔާތުގައި މަސައްކަތް ކުރަމުން އަންނަނީ، އެހެން ޕާޓީތަކާ ގުޅިގެން ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ހޯދުމަށެވެ.

މިކަމުގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނީ، އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި، ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރު އާއި އިރާގުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީ އާއި، މިހާރު ދައުރު ހަވަމުންދާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު އަލްހަލްބޫސީއާ ދެމެދުގަ އެވެ.

އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ސަދްރުގެ ސަދްރިސްޓް މޫވްމަންޓުގެ މެމްބަރުން ވަނީ، ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން 78 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. މިއީ ވެސް އަމިއްލަ އަށް ސަރުކާރެއް އެކުލަވައިލެވޭ ވަރަށް ވުރެ މަދު އަދަދެކެވެ.

އިރާގުގެ އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ، ނިމި ދިޔަ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހްމޫދުލް ހަލްބޫސީގެ ތަގައްދުމު ޕާޓީ އެވެ. އެ ޕާޓީއަށް 38 ގޮނޑި ލިބުނު އިރު، 37 ގޮނޑި ކާމިޔާބުކޮށްގެން ތިން ވަނަ އަށް ދިޔައީ، ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ޕާޓީ އެވެ. އަދި ހަތަރު ވަނަ އަށް އައީ، 32 ގޮނޑި ކާމިޔާބު ކުރި، މަސްއޫދު ބަރަޒާނީގެ ކުރުދިސްތާނު ޑިމޮކްރެޓިކް ޕާޓީ އެވެ.

އެހެންކަމުން، މިއިން ކޮންމެ ބަޔަކަށް ވެސް، އެހެން ޕާޓީތަކާ ގުޅިގެން ވަރުގަދަ ކޯލިޝަނެއް ހަދައިގެން ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު އެބަ އޮތެވެ.

އޮކްޓޫބަރ 11، 2021؛ އިރާގުގެ އާންމު އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރުގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަނީ. --އޭއެފްޕީ

އިރާގުގެ ސިޔާސީ ވާދަވެރިކަން އޮތް ގޮތަށް ރިއާޔަތްކުރާ އިރު، އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި މުގްތަދާ އައްސަދްރު އެއްފަރާތް ކޮށްލުމަށް ފަހު، ވެރިކަމަށް އައުމުގެ ފުރުސަތު ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީ އަށް ވެސް އެބަ އޮތެވެ.

އިރާގުގައި މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގައިވާ ގޮތުން، އެ ގައުމުގެ އެންމެ އިސް ތިން މަގާމު އޮތީ، ތިން ބަޔަށް ވަކިވެފަ އެވެ. ބޮޑުވަޒީރުގެ މަގާމު އޮތީ ޝީއީންނަށް ހާއްސަވެފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމު އޮތީ ސުންނީ މުސްލިމުންނަށެވެ. އަދި ގައުމުގެ ރައީސްގެ މަގާމު ހާއްސަވެފައި އޮތީ ކުރުދީ ދަރިކޮޅަށެވެ.

މިފަހަރުގެ އިންތިހާބުގައި ގޮނޑިތައް ލިބިފައި ހުރި ގޮތަށް ބަލާއިރު، ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީގެ ޕާޓީއަށް ލިބުނީ 37 ގޮނޑި ކަމުގައި ވިޔަސް، ޝީއީންގެ އެހެން ޕާޓީތަކާއި ސުންނީންނާ ގުޅިގެން، މުގްތަދާ އައްސަދްރު އެއްފަރާތް ކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ. އީރާންގެ މަދަދު ލިބޭ ޝީއީންގެ ކުދި ޕާޓީތަކަށް މިފަހަރުގެ އިންތިހާބުގައި މަދު އަދަދެއްގެ ގޮނޑި ލިބިފައިވާއިރު، ސަރުކާރުން އެކަށީގެންވާ ފުރުސަތެއް ދޭން އެއްބަސްވާ ނަމަ، އެމީހުންގެ ތާއީދު ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވި މުގްތަދާ އައްސަދްރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައި ވަނީ، ބޭރުގެ ނުފޫޒެއް ނޯންނަ ސަރުކާރެއް އެކުލަވައިލައްވާނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، އީރާންގެ މަދަދު ލިބޭ ޝީއީ ޕާޓީތައް ސަރުކާރުގައި ބައިވެރި ނުކުރާނެ ވާހަކަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

24 October 2021

ވެރިކަމުގެ ވާދަވެރިކަން އިސްކުރަނީ މާތްވެގެންވާ އިސްލާމްދީނުގެ ހިމާޔަތުގަ ހެއްޔެވެ. ނޫނީ އަމިއްލަ މަންފާތަކަށް ހެއްޔެވެ. ކޮންމެ ވަޒީރަކީ ސިޔާސީވާދަވެރި އަކީ ބޮޑުތަނުން ކޮރަޕްޓްވާން ފުރުސަތު ހޯދާނެ މީހެކެވެ. ލޭއޮހޮރުވުމާއި އަނިޔާވެރި ވުމުގަ ވާދަވެރިން އިސްކުރަނީ އަމިއްލަ މަންފާ އަށް ފުރުސަތު ހޯދުމުގައެވެ. ދީނާ ގައުމަކަށް ނޫނެވެ. ހަތަރު މަޒުހަބުގެ މީހުންގެ ތެރެއިން މިތާވިޔަސް އެތާވިޔަސް އެންމެ އަނިޔާވެރި ބަޔަކީ ޝީއީން ކަމިގަ ދުނިޔެ ނުދެކެއެވެ.

The name is already taken The name is available. Register?

ޓިން ޓިން

19 October 2021

ކޯޅެގެންފާ އަނެއްކާ ތަޅައިގަންނާނީކީނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454