ހިޔާގެ 12ވަނަ ޓަވަރުގައި ހުޅުވާ ކްލިނިކުގެ ކުރެހުމެއް--
20 އޮކްޓޯބަރ 2021 - 12:38
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި ކްލިނިކެއް ހަދަން އެޗްޑީސީން ބަޔަކާ އިއްޔެ ހަވާލުކޮށްފި އެވެ.
"ލައިފް ސަޕޯޓް މެޑިކަލް ސެންޓަ" ގެ ނަމުގައި މި ކްލިނިކް ހުޅުވާނީ 12 ވަނަ ފްލެޓުގެ ހަތަރުވަނަ ޔުނިޓުގަ އެވެ.
އެ މަސައްކަތް ޕައިތަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެޗްޑީސީން މިއަދު ބުނީ ފްލެޓުތަކުން ކުލި ނަގަން ފަށަންވާއިރަށް ކޮންމެހެން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، ލައިފް ސަޕޯޓު ކްލިނިކްގެ އިތުރުން ވެސް އިތުރު ދެ ކްލިނިކެއް ފްލެޓު ސަރަހައްދުގައި ހުޅުވަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތަކާއި އެ ސަރަހައްދު ސާފުކޮށް ބާއްވަން ދޭން ޖެހޭ ހިދުމަތްތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދޭން ފަށާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ފްލެޓުތައް ވެރިފަރާތްތަކާ ހަވާލު ކުރަން ފަށާފައިވާއިރު، މިހާތަނަށް ގިނަ ބަޔަކު ވަނީ ފިނިޝިންގެ މަސައްކަތްތަކަށް ފަހު ފްލެޓުތަކަށް ބަދަލުވެފަ އެވެ. ފްލެޓުތަކުގެ ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
20 October 2021
ކޮރަޕްޝަން ކޮރަޕްޝަން އެތާވެސް ކޮރަޕްޝަން މިތާވެސް ކޮރަޕްޝަން
ގުދުގުދާބެއްޔާ
20 October 2021
ބިޑަށް ނުލާ ހުސް ކޮރޮޕްޝަން! ލައިފް ސަޕޯޓް ނޫނަސް ތިޔަ ކުލިނިކް ހިންގޭނެ ގާބިލް އެތައް ބަޔަކު އެބަތިބި! މުޅިންވެސް ބައި އަޅާގޮތައް! އެންޓި ކޮރޮޕްޝަންގެ ސަމާލް ކަމަށް މިކަން ގެންނަން!
ޝައުކަތު
20 October 2021
3 އަހަރު ވީއިރުވެސް މިއިން އެއްވެސް ކަމެއް ނުވޭ. މިކަން މައްސަލައަކަށް ނުވޭތޯ ނޫސްތަކަށް؟ ސަރުކާރު އެކައުންޓެބަލް ކުރުވަން ތިބެނީ ތިބޭފުޅުންނެއް ނޫންތޯ؟ ގުޑް ގަވަނެންސް އަކީ މި މުޖުތަމަޢު ދަންނަ އެއްޗެއްވެސް ނޫން ކަންނޭނގެ.
އައިދާ
20 October 2021
މިހާރު އޮތް ސަރުކާރުން އިތުރު ދައުރަކަށް ކުރިމަތިލައިފިއްޔާ ރައްޔިތުން ވަރަށް ރަގަޅު ލަގާއެއް ދޭނެކަމީ ޝައްކެއްނެތް ކަމެއް
ާއުނިމާ
20 October 2021
ކުލިނިކިކެއް ހެދިޔަސް ކަމަކު ނުދާނެ! ކުލިނިކުގެ އަގުވެސް ޖެހޭނެ ކޮންޓްރޯލު ކުރަން
ސަހަރޯސް
20 October 2021
ތެދެއް. ރަގަޅީ 24 ގަޑުއިރު ހުޅުވިފާ ހުންނަ ހިލޭ ޙިދުމަތް ލިބޭ ތަނަކަށްވެއްޖެއްޔާ.
ޙާދަލަހޭދޯ
20 October 2021
މިހާރު ހިޔާ ފުލެޓުތަކުގައި އެތައްބަޔަކު އެބަ އުޅޭ . ޢެފަރާތްތަކަށް އެއްވެސް އަސާސީ ހިދުމަތެއް ބޭނުން ނުވޭތޯ؟؟. މިހާރު ހިޔާގަ އުޅޭ ކުުޑަކުދިންނާއި މުސްކުޅިިންނާ އަންހެނުންގެ އަސާސީ ހައްްގުތަކަށް އެޗްޑީސީން އިހުމާލުވެފައިވާތީ އެކަން ސީރިއަސްްކޮށް ހިއުމަންރައިޓް ކޮމިޝަނުން ބަލަންޖެހޭ.
ވެޓަރަންސް
20 October 2021
އަސާސީ ހައްގޭ ބުންޏަކަސް ނުނިމޭ. ތަންކޮޅެއް ތިލަކޮށް ބުނެލާކަށް ނުކެރޭދޯ؟ ކޮބާތަ ތިބުނާ އެއްޗަކީ؟ ކަރަންޓްތަ؟ ފެންތަ؟ހަނޑޫ ހަކުރު ފުއްތަ؟
ދ ސަރުކާރު
20 October 2021
ޑޮލަރު ރުފިޔާ ޑޮލަރު ގެނޭ ގެނޭ..... ހިދުމަތައް ވުރެ ކޮލެޓީއައް ވުރެ ބޭނުމީ ޑޮލަރު ރުފިޔާ . އެހެން ވީމަތާ ރައްޔިނުންނައް ކޮތަރުކޮށި ހަދާފަ، ޓުރިސްޓުންނައް ރިސޯޓެއްގަ މިއެޅެނީ 200-400 ކޮޓަރި
ކޮރަލް
20 October 2021
ވިޔަފާރި ކުރަން ހުއްދަ ދިނީ އެވެ.