23 އޮކްޓޯބަރ 2021 - 10:34
ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި 20 ރަށަކަށް އެމްބިއުލާންސް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ރޭ ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ރަށްރަށުގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގަނެފައިވާ 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމެންޓް އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމުމަށް ފަހު ރަށްރަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މި ފެށޭ ހަފުތާގައި އެމްބިއުލާންސް ފޮނުވައި ނިމޭނެ ކަމުގެ ޔަގީންކަން ދެ އެވެ.
ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ދޭތެރެދޭތެރެއިން ލިބެ އެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ވެސް، އެމްބިއުލާންސް ނެތުމުންނާއި ހަލާކުވެފައި އޮތުމުން ދަތިތަކާ ކުރިމަތިވި އެވެ. ހދ. މަކުނުދޫގެ އެމްބިއުލާންސް ހަލާކުވެވައި އޮތުމުން، މީގެ ދެ ދުވަސްކުރިން ބަލި މީހަކު ބަރޯއެއްގައި ގެންދާ މަންޒަރު އާއްމުވެ ފާޑުކިއުން ބޮޑުވި އެވެ.
މި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 60 ރަށަކަށް އެމްބިއުލާންސް ފޮނުވުމެވެ.
ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އިތުރު 40 އެމްބިއުލާންސްއާ އެކު، މި އަހަރު ނިމުމުގެ ކުރިން ރަށްރަށަށް 60 އެމްބިއުލާންސް ފޮނުވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ކުރިން ބުނެފަ އެވެ.
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައި ވަނީ ރަށްރަށަށް އެމްބިއުލާންސް ގެންދަނީ ތިން ގޮތަކުން ކަމަށެވެ. އެއީ ހެލްތު މިނިސްޓްރީގެ ބަޖެޓުންނާއި ޖަޕާނު ސަރުކާރުގެ އެހީގެ އިތުރުން އެހެން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެކަމަކު އެ ޕްރޮގްރާމާ ބެހޭ ތަފްސީލެއް ނުދެއްވަ އެެވެ.
ޖަޕާނު ސަރުކާރުން ވަނީ ރާއްޖޭގައި ސީ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން 46.3 މިލިއަން ރުފިޔާ މި މަހުގެ ތެރޭގައި ދީފަ އެވެ. މި އެހީގެ ދަށުން ސީ އެންބިއުލާންސްތައް ގެނައުމުގެ އިތުރުން ކުއްލި ފަރުވާ ދޭން ޖެހޭ ހާލަތުތަކުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލާމްބާއި
23 October 2021
ﷲ ގަންދީ ހުވާކޮށް ބުނަން ކެރިދާނެ މިސަރުކާރަކަށް މިކަން ނުވާނެ ކަން، ކުރިންވެސް ރަށް ރަށަށް ފޮނުވީ ހަލާކުވެ ދަބަރަށް ވެފަ ހުރި ބާ ވެހިކަލް ތަކެއް ، ދަވާދު ދުއްވާ ސްޕްރޭކޮށްފަ. ޒަމާނަކުން ފޮނުވުނަސް ފޮނުވާނީ ބާ ދަގަނޑަށްވެފަ ހުރި ވެހިކަލް، މިހާރުވެސް ބައެއް ގަރާޖް ތަކުގަ މިކަން އެބަކުރޭ މާލޭގަ، ރައްޔިތުން މަޑުކޮށްލާ ފަޅާ އަރާނެ.
ތިވާގޮތް
23 October 2021
ކުރަން އުޅެފިއްޔާ 3 ދުވަސް ތެރޭވެސް 20 އެމްބިއުލަންސް ފޮނުވާ ނިންމާލެވެއޭތަ އެ ކިޔަނީ؟
އަފުރާސިޔާބު
23 October 2021
މިއީބާ އެގެނައި އެމްބިއުލަންސްގެ ފޮޓޯ އަކީ؟
1828
23 October 2021
ސަރުކާރުގައި އިހްލާސްތެރިކަމެއް ހުރިކަމުގައިވަނީނަމަ ކުދި އާބާދީތައް ހިޖުރަ ކުރަން ބޭނުންވާ ބިން ބޮޑެތި އަދި ވަސީލަތްތައް ޤާއިމް ކުރެވިފައިވާ ރަށްތައްބަލައި އެރަށްތަކަށް ހިޖުރަކުރުމަށްޓަކައި ގެދޮރު އެޅުމަށްފަހު އެފުރުސަތު ހުޅުވާލާ. ކޮންމެރަށަކަށް ހުރިހާ ޚިދުމަތްތަކާއި ވަސީލަތައް ޤާއިމްކޮށްދިނުމަކީ ދައުލަތަށް ބޮޑުބުރައެއް. ޤައުމުއިތުރަށް ތަރައްޤީވާން ބޭނުން ކަމަށްވަނީނަމަ އާބާދީތައް އެއްފަސް ކުރަންޖެހޭ، އެއީ ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ
ސީޒަން ޖެކުހަން
23 October 2021
މިސަރުކާރަށް ބޭނުންވާނީ ފޮޓޯ. ފޮޓޯ ލިބުނީ އެފޮނުވީ!
ހޯދައިބަލާ
23 October 2021
ބައެއް ރައްޔިތުން މޮޔަހައްދައިގެން ފޮޓޯ ތިނަގަނީ އަސުރުމާ ކުދިންކޮޅު. އެމީހުން އެކަން އެކުރަނީ ހުރިހާކަމެއްގެ ކުރެޑިޓު ނަގައިގެން އެޕާޓީއަށް ސިޔާސީ މަންފާއެއް ހޯދަންވެގެން. އެހެން ނޫންނަމަ އެމްބިއުލަން ގަންނަން އެސްޓީއޯއާއި އެކު އެގްރީމަންޓް ހެދީ އިއްޔެއަކު ނޫން. އަދި އެއެގްރީމަންޓާއި އެއްގޮތަށް ގެންނަންޖެހޭ ފުރަތަމަ 20 އެމްބިއުލަންސް ގެނައީކީ ފޮޓޯއެއް ލިބިގެނެއް ނޫން. އެކަމާއިގުޅޭ ލިޔެކިޔުންތައް ހުންނާނެ. އަމިއްލައަށް ހޯދައިބަލާ!
ޑޮކްޓާރ. ބަނާނާ
23 October 2021
ތިޔާ ރައިވަރު ކިޔާލަ ކިޔާލަ ތިބޭތާ އެމްބިއުލާންސް މަރާމާތުކުރާނެ ފައިސާ ނެތް ކަމަށް ވެސް ސަރުކާރުން ވިދާލުވީ! ދެންވެސް ރަގަޅު ވާނީ ސިޓީލް ހާރޑް ވެއަރ ނޫނީ ސޮނީ ހާރޑް ވެއަރ އިން ވިއްކާ ރަގަޅު ފެންވަރެއްގެ " އުޅަނދެއް" ގަނެފަ 20 ރަށަށް ފޮނުވާލުން . ވަރަށް ސަލާމް !
ރެކްޓަރު
23 October 2021
ވާނުވާގަ ތިއްބަސް 60 އެމްބިއުލަންސް ގެންނަން އޮތީ މަސައްކަތް ފަށާފައި. އޭގެ ތެރެއިން 20 އެމްބިއުލަންސް އަތުވެއްޖެ. އެއެއްޗެހި އެކިރަށްރަށަށް ފޮނުވާނެ
ހުސްޑީލް
23 October 2021
ތިޔައީ އެމްބިއުލަންސް ތަކެއްނޫން. ވޭންތަކެއް މޮޑިފައިކޮށްފަ ބޮޑުއަގުގަ ގަނެފަ. ތިޔައީ ވަރަށް ބޮޑު އަގިގަ، ނުއަގުގަ ގަނެފަހުރި ތަކެރި. ތިއިން ބައިއެޅުނީ ދިޔަރެސްގަ ބުނެފަހުރި ސްޓޭޓް މިނިސްޓަރަށަ. މިމިނިސްޓްރީއަކީ މިހާރު ކަޓުގެ ހާއްޔެއް. މިނިސްޓަރގެ ބޯއި ގައުމީ މަޖިލިހަށް ނުހޮވުނީމަ އޭނަވެސް މިހާރު ބާކީ. ހުރިހާޑީލެއް މިނިސްޓަރގެ މޭޒުން.
ގެދާނޯމޮސް
23 October 2021
އުޅަނދުގެ މައްސަލައަކަށް ވާނީ ފިއުލްނެތި އޮންނަން ޖެހުމެވެ. ކަންޑިޝަން ރަނގަޅުނަމަ ދުއްވީމަ ގަޑިަޔަށް ދާނެއެވެ. ނަމަވެސް ސްޓާފުންގެ މައްސަލައަކަށް ދިމާވާނީ އެލަވަންސް އަތާއި މުސާރަ ހަމަޔަށް ނުލިބި ލަސްވެ ފަރުވާކުޑަ މައްސަލައެވެ. އެއްވެސް މީހަކީ މިހާރު އިންސާނިއްޔަތަށް ވުރެން އަމިއްލަ ނަފްސްގެ ދަހިވެތި މީހެކެވެ. ޑްރައިވަރާއެކު ތިބޭޓީމުގެ އަގުވަޒަން ކުރުމަށް ސަރުކާރުން ޚާއްސަ އިނާމެއްދޭން ހަމަޖައްސައިފިނަމަ ވާދަވެރި ކަމެއްފެނިދާނެއެވެ.