ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓެއްގެ ބެލްކަނީގައި މީހަކު ހުއްޓިލައިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 އޮކްޓޯބަރ 2021 - 12:36
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން، ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމަން މާލީ ގޮތުން ދަތި އާއިލާތަކަށް ފައިސާ ހޯދަން އަމިއްލަ ޖަމިއްޔާއަކުން ހުޅުވާލައިފި އެވެ.
"އެހީ" ޖަމިއްޔާ އިން ފަންޑު ހޯދަން މަސައްކަތް ކުރަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ "އާންމު އެކުވެރި ގުޅުން" (ކޮތަރުކޮށި) އާ ގުޅިގެންނެވެ.
އިންސާނީ އެހީ ހޯދައިދޭން މީގެ ނުވަ އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ އެހީ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ހަމޫދު ޔޫސުފް މިއަދު ވިދާޅުވީ، ބަޔަކަށް އެހީވުމުގެ ކުރިން އެ ޖަމިއްޔާ އިން އެ ބައެއްގެ ހާލަތު ބަލާ ކަމަށެވެ. އޭގެ ތެރޭގައި އާމްދަނީ ލިބޭ ވަރާއޮ ހަރަދު ހުންނަ ގޮތް ބެލުމާއި އެ މީހެއްގެ ހަ މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ވެސް ހޯދަ އެވެ.
އެކަމަކު ފްލެޓްގެ ކަންކަމުގައި އެހީ ދޭނީ ކޮން ބަޔަކަށް ކަން ނިންމާނީ "އާންމު އެކުވެރި ގުޅުން" އިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރިފައި ކުރުމުގެ ބައި ކުރިއަށް ގެންދާނީ އާންމު އެކުވެރި ގުޅުމުން. އަޅުގަނޑުމެން ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ،" ހަމޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިން ލިބިފައި ހުރި ފަންޑުން މިހާރު ވެސް ދެ ފްލެޓެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އެއިން ކޮންމެ ފްލެޓެއް ނިންމުމަށް 150،000ރ. ހަރަދުވާނެ ކަމަށް ހަމޫދު ލަފާކުރެއްވި އެވެ.
"ފްލެޓްގެ ހަމަ ހުރިހާ މަސައްކަތެއް ނިންމާ ވަރަށް މި ފަންޑު ހޯދަނީ. ހުރިހާ މަސައްކަތެއް ދެ ފްލެޓެއްގެ މި ނިންމަމުން [މިހާރު] ދަނީ. އެއީ ވަރަށް ހާލުގައި އުޅޭ ބައެއް. އެ ފަދަ އިތުރު ހަތަރު އާއިލާއެއް އެބަ ތިބި،" ހަމޫދު ވިދާޅުވި އެވެ.
އާންމުންގެ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސް މިދުއަމް ސައުދު، ވިދާޅުވީ 260 މީހަކު ފްލެޓް ހޯދުމަށް އެހީވުމަށް އެ ޖަމިއްޔާގައި އެދިފައިވާ ކަމަށެވެ. އެކަމަކު އެ އެންމެންނަށް އެހީވާނެ ވަރަށް ފަންޑު ލިބޭނެ ކަމަށް ނުބެލެވޭތީ އޭނާ ވިދާޅުވިގޮތުގައި، އެހީ ލިބޭ ވަރު ބެލުމަށް ފަހު، އެހީވާނެ މީހުން ކަނޑައެޅުމުގައި އަމަލުކުރާނީ ދެ ގޮތަކަށެވެ.
"އެއީ ވަކި މީހެއްގެ ފްލެޓެއް ނިންމަން މިސާލަކަށް އެހީވަނީ. މިސާލަކަށް ހައްވަތަގެ ފްލެޓް ހަދަނީ އެއީ މީހަކު ހަމަ ހައްވައްތަ ފްލެޓް ނިންމަން ދިން އެހީއެއް. އެ ގޮތަށް ވާ އެހީ އާއި ދެން އަޅުގަނޑުމެން ޗޫޒް ކުރާނީ،" މިދުއަމް ވިދާޅުވި އެވެ.
އެގޮތަށް ވަކި ބައެއް ކަނޑައެޅުމުގައި އަމަލު ކުރާނީ އެންމެ ހާލުގައި އުޅޭ މީހުންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެންމެ ހާލުގައި އުޅޭ މީހުން ހޯދާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމަކު މިދުއަމް ވިދާޅުވީ އެހީ ޖަމިއްޔާގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ހަތަރު އާއިލާ އެބަ ތިބި ކަމަށާއި ފުރަތަމަ އިސްކަން ދޭނީ އެ އާއިލާތަކަށް ކަމަށެވެ. އިތުރު ބައެއްގެ ފްލެޓެއް ހެދޭ ވަރު ފަންޑު ލިބިއްޖެ ނަމަ، ދެން އަމަލުކުރާނެ ގޮތް ވެސް އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާ އަށް އެހީގެ އަތެއް
— EHEE (@EHEEOfficial) October 26, 2021
ހިޔާ ފުލެޓްލިބި އެތަނަުގެ ފިނިޝިން މަސައްކަތް ނިންމޭނޭހާ ފުދުންތެރިކަން ނެތް ފަރާތްތަކަށް އެހީ ވުމަށްޓަކައި "އާއްމު އެކުވެރި ގުޅުމުން" އިސްނަންގަވާ ، އެހީ ޖަމިއްޔާ ގުޅިގެން އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ މަސަައްކަތް ދަނީ ކުރެވެމުން. pic.twitter.com/k5gusBKi4b
ހިޔާ މަޝްރޫއުގެ ދަށުން 6،720 މީހަކަށް ފްލެޓް ލިބުނުއިރު މި ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރަން ޖެހެނީ ފްލެޓް ލިބުނު މީހުންގެ އަމިއްލަ ހަރަދުގަ އެވެ. އެކަމަކު ފްލެޓެއްގެ މަސައްކަތް ނިންމަން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާތީ، މާލީ ދަތިކަމާ ހުރެ ގިނަ އާއިލާތަކުން އަދިވެސް ފްލެޓްގެ މަސައްކަތް ނުވެސް ފަށަ އެވެ. އަނެއް ބަޔަކު ފްލެޓް މަސައްކަތް ނިންމަނީ ލޯނު ނަގައިގެންނެވެ.
ފްލެޓް ނިންމުމަށް އަގަކާ ނުލައި، ފްލެޓް ހަވާލުކުރި ހަތަރު މަހުގެ މުއްދަތު މިހާރު ގުނަމުން އަންނައިރު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މަހު ކުލީގެ ގޮތުގައި 7،000ރ. އަދި ސާވިސް ފީ އަށް 1،000ރ، ނަގަން ފަށާނެ އެވެ. އެކަމަކު ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފުރަތަމަ ފަހަރަށް ނުނިންމާ ހަވާލުކުރި އެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ފްލެޓް ލިބުނު މީހުން ދަނީ ސަރުކާރުގައި އާދޭސްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
28 October 2021
ތިކަހަލަ ކަމެއް މިގައުމުގަ ހިނގާފާނެތަ؟ އޭރު ހާލުގަޖެހިފަ ތިބޭ މީހުންގެ އެންމެ ކުރީގައި ބޮޑެތި މަހުޖަނުންވެސް ތިބޭނެ.
ޖުހާވަޒީރު
28 October 2021
ކޮން ހާލެއްގެ ވާހަކައެއް ތިދައްކަނީ. ތިހާލުގައި އުޅޭ މީހުން ދުއްވާނީ އެންމެ ފަހުގެ މޮޓޯ ސައިކަލް . ބޭނުން ކުރާނީ އެންމެ ފަހުގެ އައި ފޯން ނޫނީ ސެމްސަންގް ގެ އެންމެ ފަހުގެ ފޯން. ޢަބަދު ރެސްޓޯރެންޓްގައި ކާން ނޫނީ ކޮފީ ބޯން ތިބޭނީ. ތިޔަށްވުރެ މާ ރަނގަޅުވާނެ މާލޭގައި ގެދޮރު ބޮޑު އަގުގައި ކުއްޔައް ހިފައިގެން އުޅޭ މީހުންނަށް ފައިސާ ގެ އެހީ ވިއްޔާ. ސުކުރު ކުރާކައް ނޭގެދޯ ބޮޑު ކުލީގައި އުޅެނިކޮށް ކުޑަ ކުއްޔަކަށް ތަން މިލްކުވާގޮތައް ތަނެއް ލިބުނީމަވެސް.
ފުލޯކްދައިންޓަނޭށަނަލް
27 October 2021
މަތިންދާބޯޓެއް ގަންނަން ލާރިއެއް ދީބަލަ!
އުތުރު ހިސާބަކުން
27 October 2021
މަބުނީ، މިރަށުގަވެސް އެބައުޅޭ ގެއަޅާތާ 10 އަހަރުވެގެންދާއިރުވެސް ގެ ނުނިމިތިބި އެތައް އާއިލާއެއް، އެމީހުނަށް ނެތްތަ އެހީއެއް.
65432
27 October 2021
އަހަރަމެން ގެދޮރު އަދި ފްލެޓް ނެތްމީހުނަށް ފްލެޓް ގަނެދޭފަނޑް ހުޅުވަނީ ކޮނައިރަކުންތަ.އަތުންފައިން މަސަކްތްނުކޮށް އަހަރަމެންވެސް ފަންޑުން އެހީބެނުން.
އިބްރ
27 October 2021
އަޅުގަނޑުމެން ކައިރިއަށް މި ސަރުކާރުކޯލިޝަނުގެ އެއްވެސްމީހަކު ވޯޓްހޯދަން ނާންނާނެކަމަށް އުންމީދުކުރަން. ސޯޝަލް ހައުސިންގ މިވީހައިތަނަށްވެސް ނުނިންމައި ހަވާލުކުރި ފުރަތަމަ ފަހަރުމިއީ. ދުވަސްވީ މީހުނަށް ފަސްހާހުން ބަހައިހަދަނީ ފައިދާވާތީތޯ؟
ސަކީނާއްތަ
27 October 2021
ހަމަގައިމުވެސް މަންމަގެ ގޭގަ އުޅުނީ ވަރައްހާލުގަ ކުއްޔަކާނުލާ މި ހާރު މިޖެ ހުނީ ފިލެޓު ހަދާފަ ކުލިދައްކަންފަށަން ވީމާ އެއްއަހރު ދުވަ ހައް ކުލިދެއްކުން ފަސްކޮއްލަދެއްވާ އާދޭސްކުރަން އިބޫ ތިޔަ ހެން ނު ހައްދަވާ މާދަމާ ވޯޓުހ ހޯދަން ދުރުވާއިރު ވިއްކަވާނެ އެއްޗަކައް ހިޔާ ކުލި އަހ ހަރު ދުވަ ހައް ދެއްކުން ފަސް ކޮއްލިކަމުގެ ލިޔުމާއެކު ނޫނީ ވަޑައިން ނުގަތުން އެދެން ވަރައް ހާލުގަ މިތިބީ ކޮވިޑުގަ ވަރައްހާލުގަ ޖެ ހިފަ ތިއްބާ ތި ހެން ނު ހައްދަވާ
ސަކީނާމެންގޭ ހަނީފާ
27 October 2021
ދެން ކޮން މޮޔައެއްވެގެން ފްލެޓަށް ލީ. ހިލޭ ބަހާ ކަމައްތަ. ފްލެޓް ދޫކޮށްލަން ހުށައަޅަން ނޭނގުނީތަ.
ކޮރަލް
27 October 2021
އާދައިގެ ފެންވަރުގަ ހަދަން ބޭނުން ވާ ފައިސާ ނެތް މީހުންނަށް ހިލޭ އެހީ ފަންޑު ބޭނުން ކުރުމުން އޭގެ ފައިދާ ގިނަ ބަޔަކަށް ކުރާނެ އެވެ. ނޫނީ އޭގެ ތެރެއަށް ފައިސާ ހުރި މީހުން ވެސް ވަދެ ހިލޭ ހަދަން ފަށާ ފާނެ އެވެ.
ނިކަމެތިރައްޔިތުމީހާ
27 October 2021
މި ގައުމު ދެކުނު އެންމެ މުއްސަނދި ޖަމިއްޔާ (ޔައުނީ ސޮދަގާތް ފައުންޑޭޝަން) މިހާރު ކޮބާތަ؟ އެ ފައުންޑޭޝަނުގަ ހުންނާނެ ތި ހުރިހާ ތަނެއް ހެދޭހާ ފައިސާ.
އަހުމަދުއަލޯ
27 October 2021
ނުފޯރާ މީހުންގެ ބަަދަލުގައ އުޅެދޭނެ މީހުން ހޯދަންވީނު.