އެމޭޒަން ގޯގެ ނަމުގައި އެމޭޒަނުން އަޖުމަބަލާ ސޭޓް ނެތް ރީޓެއިލް ފިހާރަ
08 ޑިސެމްބަރ 2016 - 06:41
އެމޭޒަނުން ވިޔަފާރީގައި އާ ތަޖުރިބާއެއް ކުރަން ތައްޔާރުވަނީ އެވެ. ބައްރުތަކުގައި ޚާއްސަކޮށް އެމެރިކާގައި އޮންލައިން ފިހާރަތައް ހިންގާ އެމޭޒަނުން ބުނި ގޮތުގައި ކައުންޓަރުގައި ސޭޓެއް، ކޭޝިއަރެއް ނެތް ރީޓެއިލް ފިހާރަތައް ހުޅުވަން ކުންފުނި އޮތީ ތައްޔާރަށެވެ.
"އެމޭޒަން ގޯ" މަރުކާގެ ދަށުން ހިންގަން ހަމަޖައްސާފައިވާ ވިޔަފާރީގައި، ސޭޓް ނެތް ފިހާރައެއް އެމޭޒަންގެ މުވައްޒަފުން މިހާރު ވެސް ޓެސްޓްކުރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ސޭޓް ނެތް ފިހާރަތައް ހިންގާނެ ކަމަށް ވަނީ މި ކަހަލަ ގޮތަކަށެވެ؛ ފިހާރަ އަށް ވަދެ ހިތުހުރި ވަރަކަށް ވަށިގަނޑަށް ތަކެތި އަޅައިގެން ދާންވީ އެވެ. މީހެއްގެ މޫނަށް، ކަނދުރާ އަށް ބަލާނެ ކަމެއް ނެތެވެ.
ވަށިގަނޑަށް އެޅި ތަކެތި ދެނެގަނެ ވަޒަންކުރުމަށް ބޭނުންކުރެވެނީ ޑްރައިވަރުން ނެތް ކާރުތައް ދުވަން ބޭނުންކުރާ ޓެކްނޮލޮޖީ އެވެ. ހަރުގަނޑުގައި ހުރި އެއްޗެއް ނެގުމުން، ހަމަ އެ އެއްޗެއް، ޚިޔާލީ ވަށިގަނޑަކަށް އަޅައި، ހިނދުން ހިނދަށް ހިސާބު ކިތާބު ހުރިހަމަކުރެވެ އެވެ. އެ އަށް ފަހު އިރުކޮޅެއް ތެރޭގައި އެ މީހެއްގެ އެމޭޒަން އެކައުންޓަށް ބިލްކުރެވި، ފައިސާ ކަނޑަ އެވެ.
އެމޭޒަން އަކީ ވިޔަފާރީގައި ޑްރޯން ވެސް ބޭނުންކުރާ ކުންފުންޏެކެވެ. އެމޭޒަން ފިހާރަތަކުން ގަންނަ މުދާ ރައްދުކުރުމަށް "ޖިއޯލޮކޭޝަން" އަށް ފަރިތަ ޑްރޯން ބޭނުންކުރެ އެވެ. އެއީ ޕިއްޒާއެއް ނުވަތަ ވާހަކަ ފޮތެއް ނަމަވެސް ޑްރޯންތައް އުފަލާ އެކު ހުދުހި ގޮސް ކަސްޓަމަރަށް ރައްދުކޮށްދިނުމެވެ.
އެމޭޒަން ސޭޓު ނެތް ފިހާރަތައް އަންނަ އަހަރު އާންމުނަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް ފުޅާކުރަން ވިސްނާ ކަމަކަށް އަދި ނުބުނެ އެވެ. ބެލެވޭ ގޮތުގައި ތަޖުރިބާ އަށް ބަލައި، އާބާދީ ބޮޑު އަވަށްތަކުގައި "އެމޭޒަން ގޯ" ރީޓެއިލް ފިހާރަތައް ހުޅުވުމަކީ ގާތްކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅުސޮރު
08 December 2016
ސުވަަލަކީ ބައިވަރު މީހުން އެއްފަހަރާ އުޅޭއިރު މީތި ނެގީ ކާކުކަން އޭތިނެގީ ކާކުކަން އިނގެނީ ކިހިނެއްތޯ..ގައިމުވެސް ކޮންމެސްގޮތެއް އޮންނާނެތާ އިނގޭނެ..
ޗަކަބާގު
08 December 2016
ޓެކެނޮލޮޖީ ކުޅެނީކޮންދައުރެއްކަން އަހަރެމެންނަށްވެސް އެނގެންޖެހޭ ސުވާލަކީ އެމޭޒަން އެކައުންޓްނެތް މީހަކު ތިކަހަލަ ފިހާރައަކަށްވަދެ ވަށިގަނޑު ފުރޭންދެން އެއްޗިހިއަޅާލައިގެން ދިއުމުންވާނީ ކިހިނެއްތޯ
ޗަކަބާގްގެ އެޑްވައިޒަރ
08 December 2016
އެތަނަށް ވަދެވެނީ އެމޭޒަން އެކައުންޓެއް އޮތް މިހުނަށް އެކަން. ވަންނަން ފާސް ބޭނުންކުރާތަން ވީޑިއޯއިން ފެނެއެއްނުން. (މި ބުނީ ފޯނު ޖައްސާ ވާހަކަ).