ޚަބަރު / ކްލައިމެޓް ޗޭންޖް

މުރަކަ އާލާވެ ރާއްޖޭގެ ފަރުތައް އިއާދަވާ ކަމުުގެ ނިޝާންތައް ފެނިއްޖެ

ދިރާސާއިން ދައްކާ ގޮތުގައި ހޫނުވުމުގެ ސަބަބުން މުރަކަތައް މަރުވިޔަސް ފަރުތައް އަލުން މަޑުމަޑުން އިއާދަވަމުން އެބަ އާދޭ. އެކަން ފަރުތަކުން ފާހަގަކުރެވެނީ ޅަ މުރަކައިގެ އާބާދީއަށް ބެލުމުން

ގދ. އަތޮޅުގެ ފަޅު ރަށެއްގެ ފަރެއް: ރާއްޖޭގެ ފަރުތަކުގެ ދިރާސާއިން ދައްކަނީ ފަރުތައް އަލުން އިއާދަވަމުންދާކަން -- ފޮޓޯ: ސްޓުއާޓް ވެސްޓްމޯލަންޑް

ރާއްޖޭގެ ފަރުތައް އަލުން އިއާދަވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަ ކަމަށް ރާއްޖޭގެ ފަރުތަކުގެ ދިރާސާއަކުން ދައްކައިފި އެވެ.

ސަރުކާރުގެ "ނޫ ރާއްޖެ" ޕްރޮގްރާމުގެ ދަށުން ބޭރުގެ ޔުނިވާސިޓީތަކާ ވެސް ގުޅިގެން މިދިޔަ ޖެނުއަރީ އަދި ފެބްރުއަރީ މަހު އުތުރާއި މެދުރާއްޖެތެރޭގެ 15 އަތޮޅެއްގެ 127 ފަަރެއް ސައިންސްވެރިން ވަނީ ސާވޭކޮށްފަ އެވެ. މި ސާވޭގެ ހޯދުންތަކުގެ މައްޗަށް އެކުލަވާލި ދިރާސީ ރިޕޯޓު "މޯލްޑިވްސް ކޮރަލް ރީފް އެސެސްމެންޓް" ރިޕޯޓް މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.

އެ ރިޕޯޓުގައި ފާހަގަކުރި އެންމެ މުހިންމު އެއް ކަމަކީ ކަނޑުގެ ފިނިހޫނުމިން މައްޗަށް ދިޔުމުން 2016 ވަނަ އަހަރު ކުރިމަތިވި ކޮރަލް ބްލީޗިން އިވެންޓްގެ ފަހުން ރާއްޖޭގެ ފަރުތައް އަލުން އިއާދަވަމުން އައުމެވެ. އަދި 2016 ވަނަ އަހަރުގެ ބްލީޗިން އިވެންޓުގައި މުޅި ރާއްޖޭގެ ފަރުތަކުގެ މުރަކައިގެ 73 ޕަސެންޓް ބްލީޗުވެ އޭގެ ތެރެއިން ބޮޑު ބައެއް މަރުވެ ދިޔަ ކަމަށް މީގެ ކުރިން ހެދި ދިރާސާތަކުން ދައްކާފައިވެ އެވެ.

ފަރުތަކުގައި ދިރުން ހުރި ވަރު ވަޒަންކުރީ މަސްތަކާއި އެހެނިހެން ކުދި ދިރުންތަކުގެ އާބާދީ އާއި ބިމުގައި ދިރިއުޅޭ ދިރުންތަކުގެ އާބާދީ އާއި ވައްތަރުތަކާއި ކުދި މުރަކައިގެ އަދަދުތައް ބަލައި ފެނުގެ ކޮލިޓީ އަދި ފަރުގެ ސާފޭސްގެ ބައްޓަންތަކަށް ބެލުމަށް ފަހު އެވެ.

ފަރުތައް ސާވޭ ކުރުމުގެ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޓްރެވިސް މެޓިސަން

ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ހޫނުވުމުގެ ސަބަބުން މުރަކަތައް މަރުވިޔަސް ފަރުތައް އަލުން މަޑުމަޑުން އިއާދަވަމުން އެބަ އާދެ އެވެ. އެކަން ފަރުތަކުން ފާހަގަކުރެވެނީ ޅަ މުރަކައިގެ އާބާދީއަށް ބެލުމުންނެވެ.

އެކަމަކު، ރާއްޖޭގެ ނިސްބަތުން ކުރާ ކަންތައްތަކުގެ ސަބަބުން ފަރުތަކަށް އަދިވެސް ނުރަނގަޅު އަސަރު ކުރަމުންދާނެ ކަމަށް އޭގައިވެ އެވެ.

ޅަ މުރަކަތައް ގިނަ

މުރަކަތައް އިއާދަވާ ކަމަށް އެ ދިރާސާގައި ބެލީ ކޮންމެ އަކަމީޓަރަކުން ފެންނަ އަލަށް އާލާވަމުންދާ ޅަ މުރަކަތަތަކުގެ އަދަދުތަކަށް ބެލުމަށް ފަހު އެވެ. އެކި ސަރަހައްދުތަކުގައި މި އަދަދުތައް ވަކި ވަރަކަށް ހުރި ނަމަވެސް، ސާވޭކުރި ފަރުތަކުގައި އެވްރެޖްކޮށް ޅަ މުރަކަތަކުގެ އަދަދު ގިނަކަން ފާހަގަކޮށްފައިވެ އެވެ. އެވަރެޖްކޮށް ކޮންމެ އަކަމީޓަރަކުން 14.3 ޅަ މުރަކަ ފާހަގަ ކުރެވިފައިވެ އެވެ.

ޅަ މުރަކަތައް އެންމެ ބޮޑަށް ފާހަގަކުރެވުނީ މީހުން ދިރިނޫޅޭ ރަށްތަކުގެ ފަރުތަކުގަ އެވެ. މީހުން ދިރިނޫޅޭ ރަށްތަކުގައި އެވްރެޖްކޮށް ކޮންމެ އަކަމީޓަރަކުން 15.8 ޅަ މުރަކަ ފެނިފައިވެ އެވެ.

މީގެ އިތުރުން، ސާވޭކުރި 16 ރިޒޯޓުގެ ފަރުތަކުގެ ޅަ މުރަކަތަކުގެ އަދަދު ވެސް މީހުން ދިރިއުޅޭ ރަށްތަކާ އަޅާބަލާއިރު ގިނަ ކަމަށް ދިރާސާ ރިޕޯޓުގައިވެ އެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި މި އަދަދަކީ އަކަމީޓަރަކަށް 12.2 މުރަކަ އެވެ.

މި ދިރާސާގައި އެންމެ ގިނައިން ޅަ މުރަކަ ފާހަގަ ކުރެވުނީ ނ. އަތޮޅުގެ ފަރަކުންނެވެ. އެ ފަރުތަކުން ކޮންމެ އަކަމީޓަރަކަށް 55.6 ޅަ މުރަކަ ފެނިފައިވެ އެވެ.

ޅަ މުރަކަތަކުގެ މި އަދަދުތަކަކީ އިންޑޯ-ޕެސެފިކްގެ އެހެން ފަރުތަކާ އަޅާބަލާއިރު ވެސް ރަނގަޅު އަދަދުތަކެއް ކަމަށް ރިޕޯޓުގައިވެ އެވެ.

ދިރާސާއިން އެނގުނު އަނެއް ކަމަކީ 2016 ވަނަ އަހަރުގެ ބްލީޗިން އިވެންޓަށް ފަހު ސާވޭކުރި ފަރުތަކުގައި މިހާރު ގިނައީ ޕޮރިޓްސް ބާވަތުގެ މުރަކަތައް ކަމަށެވެ. މިއީ މާ "ސްޓްރެސް ޓޮލަރެންޓް" ބާވަތެއްގެ މުރަކައެއް ކަމަށް ދިރާސާގައިވެ އެވެ.

ނޫ ރާއްޖެ ޕްރޮޖެކްޓުގައި ރާއްޖޭގެ ފަރެއް ސާވޭކުރަނީ. -- ފޮޓޯ: އިމެނުއެލް ކޮންކަލްވޭސް

މަސްތަކުގެ އާބާދީ ވެސް ރަނގަޅު ކަމަށް ދިރާސާއިން ފާހަގަ ކުރެވުނެވެ. ޕްލޭންކްޓަން ފަދަ އެއްޗެހި ކައި އުޅޭ ކުދި މަސްތަކުގެ އަދަދު ވެސް ގިނަކަން ދިރާސާއިން އެނގުނެވެ. އަދި ޕެރޮޓްފިޝް ކަހަލަ މެދުމިނުގެ ހާބިވޯ މަސްތައް ފާހަގަކުރެވުނީ މެދުމިންވަރަކަށެވެ. އަދި މިޔަރު ފަދަ "ޕްރިޑޭޓާ" މަސްތައް ފާހަގަކުރެވުނީ މަދުންނެވެ. މިޔަރު ފަދަ މަސްތައް ގިނަވުމަކީ ފަރެއްގެ ސިއްހަތު ރަނގަޅު ކަމަށް ދޭހަވާނެ ސަބަބެކެވެ.

ފަރުތައް އަލުން އިއާދަވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓަސް، ސައިންސުވެރިން ފާހަގަކުރަނީ އަދި ވެސް މުޅިން އިއާދަވާން ދިގު މުއްދަތެއް ނަގާނެ ކަމަށެވެ.

މި ދިރާސާގައި ވެއިޓް އިންސްޓިޓިއުޓް، ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީ، ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރު، އަދި ސްމޯލް އައިލެންޑް ރިސާޗް ގްރޫޕްގެ ސައިންސްވެރިން ބައިވެރިވި އެވެ. އަދި މި ދިރާސާ ހެދި އީޕީއޭ އާއި ބޭރުގެ ކަމާ ގުޅޭ އެކި ޖަމާއަތްތަކުގެ ވެސް އެހީތެރިކަމާއެކު އެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައި ނޫ ރާއްޖެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ދެކުނުގެ ފަރުތަކުގެ ސާވޭއެއް ވެސް ހެދި އެވެ. އެ ސާވޭގެ ހޯދުންތައް ޝާއިއު ކުރާނީ އަދި ފަހުގެ ތާރީހެއްގަ އެވެ.

9 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޯނުއެދުރުދިވެހިން

06 November 2021

ކޮއްކޮމެނޭ. މިދިރާސާގައި އެކިޔަނީ މުރަކަހުދުވުމާއި ގުޅިގެން މަރުވެފައިވާ ފަރުތަކުގެ ވާހަކަ. ހިއްކުމުގެ އަސަރުން މަރުވިފަރެއް ދިރޭވާހަކައެއްނޫން. މޫސުމީ ބަދަލުތަކާއި ގުޅިގެން އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަނޑުގެ ލޮނުގަޑު ހޫނުވުމުން މުރަކަ ހުދުވުމުގެ އިވެޓްތަށްގިނަވެ ރިކަވާވާން ވަގުތު ނުލިިބުން. އަނެއްކަމަކީ ލޮނުގަޑުގެ އެސިޑިޓީ މަތިވުން. އަކިރިކޮޅެއް ކޯކުތައްޓަކަށް ލާފަ އިރުކޮޅުކު ބޭވީމަ ފެންނާނެ އެސިޑިޓީ މަތިވީމަވާގޮތް. ގިރެގެންދާނި

The name is already taken The name is available. Register?

ހިތަދޫ 2

02 November 2021

ކޮންމެ ސަމިޓަކު 200މިލިއަން ޑޮލަރު ދެނިކޮށް ތި ރިޕޯޓް ތަށް ބަދަލް ވާނެ ފަރު އާލާނުވިއަސް.. ލައްކަ ވާހަކަ މި!

The name is already taken The name is available. Register?

ޙިނި

01 November 2021

އިޔާދަވާ ކަމައް ވަންޏާ ހުރިހާ ފަރުތަކުގެ ކޮޅާ ޖެހެންދެން ހިއްކާލަން ވީ އަދި ރިސޯޓު ހަދަން ގިނަ ގިރިޔައްވެސް ހިއްކަން ވީ. އަހައް ކިއްކީމަ އަވަހައް އިޔާދަވެސް ވާނީ.

The name is already taken The name is available. Register?

ޖަލީލީ

01 November 2021

ސިންގަލް ޔޫސް ޕްލާސްޓިކް އަދި ކުނީގެ މައްސަލަ ހައްލު ނުކޮށްފިނަމަ ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު މަރުވާކަށް ދެން މާގިނަ ދުވަހެއް ނުނަގާނެ. ހުދު ރިސޯޓްތަކުން ވެސް ކުނި އެ އަޅާލަނީ މޫދަށް. އަމިއްލައަށް ކަރުގަ ހިފޭ އިރުވެސް ނޭންގޭ.

The name is already taken The name is available. Register?

ސިމްޕަލް

01 November 2021

މުރަކަ އާލާވެ ރާއްޖޭގެ ފަރުތައް އިއާދަވާ ކަމުުގެ ނިޝާންތައް ފެނުމަކީ ލިބޭ އުފަލެއް. މިފަދަ ތިމާވެށީގެ މުނާސަބު ދުވަސްވަރެއްގައި، ފިޔަކޮށާލާފައިވާ، އެކަނިވެރި ފްލެމިންގޯ ދޫނީގެ ހާލުވެސް "މިހާރު" ނޫހުން ގެނެސްދެވިދާނެތޯ؟ އެންމެ ފަހުން ނޫހުން ފެނުނު ސުރުޚީގައި އޮތީ ފްލެމިންގޯ ގެ ހާލް ވަރަށް ދެރަކަމަށް. ފްލެމިންގޯ އުޅޭ މާހައުލުގައި ވެބްކެމްއެއް ބަހައްޓައިގެން ކޮންމެ ދުވަހަކު ހަވީރު 4 އިން 6 އަށް ފްލެމިންގޯ ފެންނަ ގޮތެއް ވާނަމަ ހާދަ ރަގަޅޭ.

The name is already taken The name is available. Register?

ަސސފ

01 November 2021

ދެން ތި ފަރުގެ އަޖަލަ ޖެހުނީ

The name is already taken The name is available. Register?

ޔަމީނީ

01 November 2021

ރައީސް ޔާމީންގެ ދުރުވިސްނުން ފުޅު!

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

01 November 2021

އަލްޙަމްދުލިﷲ.

The name is already taken The name is available. Register?

ދޮންބެއަލީ

01 November 2021

ވެރިން ތިމާވެށި ޖަލްސާގައި އިއްޔެހުށައެޅި ބަޖެޓްގައި ފަޅުހިއްކައިގެން 2 ރަށް ހަދާވިއްކާލުން...ފަޅު އާލާވާން ފެށީ މިކަމުގެ މަތި ޖެހުމަށް ނޫންބާ...މިހާރު މާކަނޑު ހިއްކުންވެސް އޯކޭވެއްޖެ..ސަލާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454