02 ނޮވެމްބަރ 2021 - 22:39
ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރު ކުރުމަށް އެމްޓީސީސީން ދެމުން ގެންދާ ފެރީގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭތީ، އެ އަތޮޅު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ އަތޮޅު ތެރޭގެ ފެރީ ހިދުމަތަށް ބޭނުންކުރާ ދެ އުޅަނދު ތެރެއިން އެއް އުޅަނދެއްގެ އިންޖީނަށް ތަކުރާރުކޮށް އެކި މައްސަލަތައް ދިމާވެ ދަތުރު ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.
އެކަމުގެ ކަންބޮޑުވުންތައް ބ. އަތޮޅުގެ މީހުންގެ ފަރާތުން އެތައް ފަހަރެއްގެ މަތިން ކައުންސިލަށް ލިބިފައިވާ ކަމަށާއި އެ މައްސަލަތަކުގެ މައުލޫމާތު ސީދާ އެމްޓީސީސީން ކައުންސިލާ ހިއްސާ ނުކުރާތީ، އެކި މީސްމީހުން ބަނދަރު ސަރަހައްދަށް ނުކުންނަ ފަހުން ވެސް ނުފުރިގެން ދަތުރު ކެންސަލް ކުރަން ޖެހޭ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ. އަދި ދިމާވާ މައްސަލަތަކުގެ ސަބަބުން ބައެއް ރަށްރަށުގެ ރައްޔިތުންނަށް ދެ ހަފުތާއެއްހާ ދުވަހަށް ވެސް ހިދުމަތް އެކީ ނުލިބި ގޮސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެ މައްސަލަތައް ތަކުރާރުވާތީ، އެމްޓީސީސީއާއެކު ތަފާތު ފޯރަމްތަކުގައި މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެކަމަކު މިއަދާ ހަމައަށް އެއްވެސް ހައްލެއް ލިބިފައި ނެތް ކަމަށް އެ ކައުންސިލުން ބުނެ އެވެ.
"...ފެރީގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުނީގެ ފަރާތުން ހިދުމަތް ފުރިހަމަ ކޮށްދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ގަވައިދުން އަޅަމުން ނުދާކަން ފާހަގަކޮށް، އެކަން މި ކައުންސިލުން ކުށްވެރި ކުރަން،" ބ. އަތޮޅު ކައުންސިލްގެ ބަޔާނުގައި ވެ އެވެ.
އަތޮޅު ފެރީ ހިދުމަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު ކަމަށް ވާއިރު، މި ސަރުކާރުން ވެސް ވަނީ ފެރީ ނިޒާމު އިތުރަށް ތަރައްގީކޮށް، އަވަސް ހިދުމަތްތަކެއް ދިނުމަށް ބޮޑު މަޝްރޫއެއް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަހުލާަ
03 November 2021
ކޮބާތަ ދަތުރޭފަތުރޭ ކިޔާފަ ބެހިހާ ރައްޔިތުންގެ ރައްތަށް ؟؟؟ ތިކަން ހިގަންޖެހޭ ހުރިހާ ރަށެއް އެބަ ހިންގާ ؟؟؟ ކޮބާ ކުޑަކުރަތު ؟ ކޮބާ ފޮއްތެޔޮމުލި؟ މޑޕ ޕާޓީނިޒާމުގެ ފޭކު ވައުދު، 13އަހަރު ރައީސުންގެ ވައުދު ??????
އޮނަރަބްލް އަފީފު ދީދީ
03 November 2021
އެމްޓީސީސީ އިން މާލެ ހުޅުމާލެ އާއި ދެމެދު ދުއްވާ ފެރީތަކުގެ މަޤުބޫލުކަން ބްރިޖާއި އެކުގައިވަނީ ގެއްލިފަ. މިފެރީތައް ބޭނުންކޮށްގެން ރާއްޖޭގެ އަތޮޅުތައްގުޅާލުމުގެ މަސައްކަތް ފައްޓާންވީނޫންތޯ؟ އެމްޓީސީސީ އަކީ ރާއްޖޭގެރަށްތަކާއި އަތޮޅުތައް ކަނޑުގެމަގުން ގުޅާދިނުމުގެމަސައްކަތް ސަރުކާރުންޙަވާލުކޮށްފައިވާ ދައުލަތާއި ރައްޔަތްޙިއްސާވާ ކުންފުންޏެއްކަމުން ރޭވުންތެރިކަމާއިއެކު ރާއްޖޭގެ ރަށްތައް ގުޅާލުމުގެމަސައްކަތް އަދި މިކަމުގެދުރުރާސްތާ ޕްލޭނެއްހަދާންޖެހޭ.
ކައުންސެލަރ
03 November 2021
މިފޮޓޯގައި އިން އުޅަނދުންތަ ބ.އަތޮޅުގަ ފެރީ ކުރަނީ. ނޫނީ އަމިއްލަ ވިޔަފާރި ކުރާ ބަޔަކު މަންފާ ހޯދަން ކުރާ ދަތުރު ތަކެއްތަ އެއީ. ޢެމް ޓީ ސީ ސީ ން ކުރާ ދަތުރު ތަކެއް ކަމެއް ނޭނގޭ އެއްވެސް ބަޔަކަށް.
އާމިރުަ
03 November 2021
ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޮޑުއަގުގަ މިހިންގަނީ !!! ކޮބާރައްތަށް ވައުދު ދަތުރުފަތުރު ހަމައެކަނި އެމްޓީސީސީ ރައޔިތުންގެ ފައިސާގަ ؟