ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވަނީ. އޭނާ ވިދާޅުވީ ރާއްޖެއާ އެކު އޮތީ ދެފަރާތަށް ފައިދާވާ ގުޅުމެއް ކަމަށް --ފޮޓޯ/ފޮރިން މިނިސްޓްރީ
20 އޯގަސްޓް 2020 - 16:10
ތަރައްގީވަމުން އަންނަ ގައުމުތަކާ އެކު ޗައިނާއިން މަސައްކަތްކުރަނީ އެންމެންގެ ކުރިއެރުމަށް ކަމަށާއި އެއް ބައިވެރިއަކު އަނެއް ބައިވެރިއަކާ ދެކޮޅަށް މަސައްކަތް ކުރުވަން ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮން އިންޑިއާއަށް ރައްދު ދެއްވައިފި އެވެ.
އިންޑިއާގެ ދަ ޑިޕްލޮމޭޓް ނޫހުގައި ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްފައިވާ "ދަ ޕަލްސް" ސެކްޝަންގައި ސުދާ ރާމަޗަންދުރަން ލިއުއްވާފައިވާ ލިއުމެއް ޓްވިޓާގައި ހިއްސާކުރައްވަމުން ޖަންގް ވިދާޅުވީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމަކީ އެއް ފަރާތަކަށް ފައިދާ ވާއިރު އަނެއް ފަރާތަށް ގެއްލުންވާ ފަަދަ "ޒީރޯ ސަމް" ގޭމެއް ނޫން ކަމަށެވެ.
"ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުމަކީ ދެ ފަރާތަށް ފައިދާވާ ގުޅުމެއް. ޒީރޯ ސަމް ގޭމެއް ނޫން" ޖަންގް ވިދާޅުވި އެވެ.
"ހޭޒް އިންޑިއާ ވޮން ދަ މެޗް އޯވާ ދަ މޯލްޑިވްސް" މި ސުރުހީގެ ދަށުން ސުދާ ލިއުއްވި ލިއުމާ ގުޅިގެން ޖަން އޭނާއަށް ވެސް ބަހުގެ ހަމަލާއެއް ދެއްވި އެވެ. އޭނާ ވިދާޅުވީ ވިސްނުމުގެ ދާއިރާ ހަނި، ނުރައްކާތެރި މިފަދަ ފިކުރުތަކުގެ ނުފޫޒު ސަރަހައްދުގައި ނުފޫޒު ގަދަކުރިޔަ ދީގެން ނުވާނެ ކަމަށެވެ.
ސަފީރު މިހާ ބޮޑަށް ފާޑުވިދާޅުވި ލިއުން ފައްޓަވަމުން ސުދާ ލިއުއްވާފައިވާ ގޮތުގައި ރާއްޖޭގައި ނުފޫޒުގަދަ ކުރަން ކުރާ މަސައްކަތުގައި އިންޑިއާ ވަނީ ޗައިނާގެ މައްޗަށް މިހާރު ކުރި ހޯދައިފަ އެވެ. އެއަށް ފަހު އެ ވާހަކައަށް ބާރު ދޭ ވާހަކައެއްގެ ގޮތުގައި ގެންނަވާފައި ވަނީ ތިލަފުށިން މާލެއަށް، ގުޅިފަޅާއި ވިލިމާލެއާ އެކު ގުޅުވައިލަން އަޅާ ބްރިޖްގެ ޕްރޮޖެކްޓަށް އިންޑިއާއިން ދޭން ނިންމާފައިވާ 400 މިލިޔަން ޑޮލަރުގެ ލޯނާއި އެއާ އެކު ދޭން ނިންމި 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ވާހަކަ އެވެ.
ލިއުމުގައި ސިފަކުރައްވާފައިވާ ގޮތުގައި އެ ޕްރޮޖެކްޓަކީ ޗައިނާއިން ރާއްޖޭގައި ހިންގި އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ސިނަމާލެ ބްރިޖްގެ ހައިބަތު ކުޑަވެގެންދާ ވަރުގެ ބޮޑު ޕްރޮޖެކްޓެއް ކަަމަށެވެ. ބްރިޖްގެ ޕްރޮޖެކްޓްގެ އިތުރުން ރާއްޖެއަށް ދޭ ދަރަނިތަކާއި އިންޑިއާއިން ރާއްޖޭގައި އަދާކުރާ ދައުރުގެ ސަބަބުން ރާއްޖޭގައި ޗައިނާގެ ދައުރު ފަނޑުވެގެން ދާނެ ކަމަށް ވެސް ލިއުމުގައި ވެ އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަނީ ގާތް ގުޅުމެއް ކަމުގެ ޔަގީންކަން ސަފީރު ދެއްވިއިރު، މިހާރުގެ ސަރުކާރުން އިންޑިއާއާ ގާތްގުޅުމެއް ބާއްވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ގެންދަވަނީ އަބަދުވެސް އެކި ސިފަސިފައިގައި ރައްދު ދެއްވަމުންނެވެ. ކުރީގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ޗައިނާ އިން އެހީވިއިރު، އެއީ ވަކި ސަރުކާރަކަށް ވާތީ ކުރި ކަމެއް ނޫން ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންތުއްތު
21 August 2020
އަވައްޓެރިއަކަސް ވިޔަސް އުނގަށް ވެއްޓޭކަށް ނުޖެހޭނެ.
20000
21 August 2020
މިރާއްޖއަށް ހުރިހާ ވެސް މުސާބާތެއްގެ އަސްލަކީ އަނަގބޭ . މަޖިލުހެގައި އުޅޭ
ފޫގި
21 August 2020
ހެޔޮނުވާނެ އިންޑިޔާގެ މަޅީގައި ނުޖެހިބަލަ. ލޯނެއްދިނަސް އެ ލޯނުން ކުރާ ހުރިހާކަމެއްގެ ފައިދާ އޮންނަނީ އިންޑިޔާއަށް ދިވެހިންނަށް އޮންނަނީ ލޯނު ދެއްކުމާ ނިކަމެތިކަން. ގައުމަށް ލިބޭ ހުރިހާ ފައިސާއެއް ދޭންޖެހެނީ އިންޑިޔާއަށް. އެއީ ސިއްހީދާއިރާ ވަޅުޖައްސާ އޮބިއަޅުވާފަ އޮންނާތީވެ. އިންޑިޔާއަށް ނޯއޭބުނޭ.
ރަށުތެރެ
21 August 2020
ދިވެހިންނަ އެގޭ އިންޑިޔާގެ އަޑި ނުބައިކަން. އިންޑިޔާއަ ތާއީދު ކުރާ މީހަކުވެސް ނުހޮވޭނެ.
އެކަން އެގޭ
21 August 2020
އެކަން އެގޭ އިންޑީޔާގެ ހިންނިޔައް ރައްޖެގަ އިންޑިޔާ ސިފައިން ގިނަކުރަނީ ކިއްކުރަންތަ؟ ޗައިނާ ސިފައިން ނުތިބޭނެ ރައްޖޭގަ.
އިބްރ
22 August 2020
ޗައިނާއިން މަސައްކަތްކުރަނީ ދެގައުމަށް ފައިދާވާގޮތަށް. މިސާލަކަށް ރާއްޖޭގައި އެޅި ބްރިޖް. ޗައިނާއިން ފައިސާދިނީ ޗައިނާކުންފުންޏަކުން އެމަސައްކަތްކުރާގޮތަށް އަދި ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫއުތަށް ނަގައިގެން ކުރެވޭގޮތަށް. ނަމަވެސް އިންޑިޔާއިން ދެނީ ފައިސާ ، މަސައްކަތްކުރަނީ އެހެން ގައުމެއްގެ ބަޔަކު. ކާންދީފައި ކަތިލާ އުސޫލު. ކަމެއް ކުރަންވެސް ނޭނގޭބައެއް. އެބުނާ ލޯނުވެސް ދިނުމާއިމެދު ޝައްކު. ޓާޓާއަށްދިން ފްލެޓް ޕްރޮޮޖެކްޓްސްވެސް ނުނިންމުނު.
ސަލޫ
21 August 2020
ޚޮމެންޓް ކުރާ މީހުން ހާދަ މޮޔައޭ... ބަލަ ބަލި ވީމަ ދާން މިޖެހެނީ އިންޑިޔާ އަށް..ޗައިނާ އަކަށް ނުދެވޭނެ..ޓިކެޓް ހުރުން އަގުބޮޑް ޗައިނާ މީހުން ގެ ކެއުން ދިވެހިންނާ މުލިން ތަފާތު...އޭ ހިންދޫން ވިޔަސް ދިވެހިންނާ ސަގާފަތް ގުޅެނީ އިންޑިޔާ އާ.. އެހެން ވީމަ އިންޑިޔާ އާ ވެސް ގުޅިގެން އެކަމް ޗައިނާ އާ ވެސް ގުޅިގެން އުޅުނީމަ ބެސްޓް...ޗައިނާ އަކީ ދުނިޔޭގެ މިހާރު ގެ ނަމަބަރ 1
ދެންވިސްނާ
21 August 2020
އިންޑިއާއިން އެހާ ހެޔޮއެދޭނަމަ މިއޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ ތެރެއިން އިންޑިއާއަށް ބޭސްފަރުވާއަށް ދިއުން މަދުކުރަން އެއްވެސް އެހީއެއްވިތަ؟ އެމީހުންނަށް ދިވެހިން އަތުންވާ ފައިދާ ހުއްޓޭނެ ގޮތަކަށް ކަންކުރިތަ؟ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން ބިސްކޯދުކޮޅެއް ދިނުން ފިޔަވައި އެހެން ކަމެއް ކޮށްދޭތަ؟ ބަލިވީމަ އިންޑިއާއަށް ދާންޖެހެނީ އެގޮތަށް ކަންކުރަންޖެހޭ ގޮތަށް ސިއްހީ ދާއިރާ އިންޑިއާއިން އޮބިއަޅުވާފަ ބާއްވާތީ.
ޢަހޫ
21 August 2020
ޢިންޑިޔާ އަކަށް ޗައިނާ އާ ވާދަ ނުކުރެވޭނެ ކަން އިކޮނޮމިކްސް އިން ޑިގްރީ ނަގާފަ ހުރި މީހަކަށް އިގޭނެ. ޗައިނާ އަކީ މިހާރު ދުނިޔޭގެ ނަމްބަރ 2 އަދި އެމެރިކާ ފަސް ޖައްސާފަ ދުނިޔޭގެ ނަންބަރ 1 ކަން 2024 ގަ ޗައިނާ ހޮދާނެ ކަން ލަފާ ކޮށްފަ އޮތީ.. ޗައިނާ އށް 1 އަހަރު ދުވަހުން ބުރިޖް އެޅުނަސް އިންޑިޔާ އަށް އެޅޭނީ 10 އަހަރުން.. މުންބާއި ބުރިޖް އަޅަން ވެސް 5 އަހަރު ނެގި
ހަނުހުންނަ މީހާ1
21 August 2020
އެހީވުމުގެ ފަހަތުގައި އިންޑިޔާގެވެސް އަދި ޗައިނާގެވެސް އޮތީ ގޯސްނިޔަތެއް. ކޮންމެ ސަރުކާރެއް އޮތަސް އެކަން ދަނެގެން އެހީ ބަލާގަންނަންވާނީ.
ސްޓިލް
21 August 2020
ޗައިނާއިން ގައުމުތަކެއް ތަރައްގީކޮށްދޭ ހިތުން ކޮށްދިނަސް އިންޑިއާއިން ރާއްޖެއަށް އެހީވަނީ ޗައިނާގެ ބާރުކަނޑުވަންކަމާ ރާއްޖެއަކީ އެމީހުންގެ ބެކްޔާޑްކަމަށް ފާޅުގައި ބުނަމުންދާއިރުއާ ރާއްޖެ ރީތި ގޮތުގަ އިންޑިއާގެ ބާރުގެ ދަށަށް ގެންދަމުންދާތަން ފެންނައިރުވެސް އެކަމާ އަޅާނުލާ ތިބޭ ގައުމެއް ރާއްޖެ ނޫނީ ނޯންނާނެ. ޗައިނާގެ ގޯސް ނިޔަތެއް ނެތަސް ގޯސްނިޔަތް އޮތްމީހުންނަށް ފެންނާނީ އެމީހުން އަމިއްލައަށް ކަންކުރާ ނަޒަރުން އެހެން މީހުންވެސް ކަންކުރާތަން.
ލޯމާފާން
21 August 2020
ޢިންޑިއާ މީހުން ދެކޭ ގޮތުގައި ރާއްޖެއަކީ އެމީހުންގެ “ބެކްޔާޑް”