މި ރޯދަ މަހަށް ޚާއްސަކޮށްގެން، ވިލާ ގޭހުގެ "ލައިޓް ސޭފް" ފުޅީގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވިލާ ގޭހުން ބުނީ، މި ޕްރޮމޯޝަން ގައި، އެ ކުންފުންޏަށް އަލަށް ރަޖިސްޓަރީ ކުރާ މީހުންނަށް ޑިޕޮސިޓަކާ ނުލައި ލައިޓް ސޭފް ފުޅި ލިބޭނެ ކަމަށެވެ.
އަލަށް ރަޖިސްޓަރީވާ ކަސްޓަމަރުން 200ރ. ދައްކައިގެން ގޭހާ އެކު ފުޅި ލިބޭނެ އެވެ. މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ވިލާ ގޭސް ބިލްޑިންގަށް ގޮސް ނުވަތަ އެސްއެމްއެސް ކޮށްގެން ވެސް ބައިވެރިވޭނެ އެވެ.
އަދި 9815251 އަށް އެސްއެމްއެސް ފޮނުވައިގެން ވެސް ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ ކަމަށް ވިލާ ގޭހުން ބުނެ އެވެ. މީގެ އިތުރުން 3336633 އަށް ގުޅައިގެން ވެސް ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދަނީ ލިމިޓެޑް އަދަދެއްގެ ލުއި ފުޅިތަކެއް ލިބޭ ގޮތަކަށެވެ. އެހެންކަމުން އަވަހަށް ރަޖިސްޓަރީ ކުރާ މީހުންނަށް މި ފުޅި ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.