މި ރޯދަ މަހު އުރީދޫއިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ދިން ރޯދަ ވީއްލުމުގެ ތެރެއިން-- ފޮޓޯ:އުރީދޫ
12 ޖޫން 2019 - 11:55
އުރީދޫ ގްރޫޕްސް އޮފް ކޮމްޕެނީސްއިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އެކި ގައުމުތަކުގައިި ކުރިއަށް ގެންދިޔަ ކެމްޕެއިންތައް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
ރޯދަ މަހާ ދިމާކޮށް އެކި ގައުމުތަކުގައި ތަފާތު ކެމްޕެއިންތައް އުރީދޫން ކުރިއަށް ގެންގޮސްފައިވާއިރު ރާއްޖޭގައި އިޖުތިމާއީ ގުޅުމާއި އާއިލީ ގުޅުން ބަދަހި ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ހާއްސަ ވީޑިއޯއެއް އެ ކުންފުނިން ވަނީ ތައްޔާރުކޮށްފަ އެވެ. މި ވީޑިއޯ އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.
އުރީދޫން ވަނީ ރޯދަ މަހާ ދިމާކޮށް އެއްމަސް ދުވަހަށް ވާވަރަށް ބްލަޑް ބޭންކުގައި ލޭ ރައްކާ ކުރުމުގެ ގޮތުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން ރޯދަ ވީއްލުން ވެސް އުރީދޫން ވަނީ ދީފަ އެވެ.
އުރީދޫގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސާ ޝެއިޚް ސައުދު ބިން ނަސީރު އަލްސާނީ ވިދާޅުވީ ރޯދަ މަހަކީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީވާން ޖެހޭ މައްސަރަކަށް ވާތީ އުރީދޫން ކޮންމެ އަހަރަކު މިފަދަ ޗެރިޓީ ހަރަކާތްތައް ކުރިއަށްގެންދާ ކަމަށެވެ. އަދި މިފަދަ މަސައްކަތްތައް ކުރެވޭވަރުގެ ގާބިލުކަމެއް އެ ކުންފުންޏަށް ލިބިފައިވުމަކީ ޝުކުރުވެރިވާ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
އުރީދޫން ވަނީ ރާއްޖޭގެ އިތުރުން ގަތަރާއި، ކުވައިތާއި އޮމާންއާއި ޓިއުނީޝި އާއި ފަލަސްތީނާއި އަލްޖީރިއާގައި ވެސް ޗެރިޓީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy