އައްސާމް (ޖޫން 21) އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އައްސާމްގައި ހުރި އޭޓީއެމެއްގައި މައްސަލަ ޖެހިގެން ޓެކްނީޝަނުން ދިޔަ އިރު ފެނުނީ އާދަޔާޚިލާފު މަންޒަރެކެވެ.

އެ އޭޓީއެމްގައި ހުރި ގާތްގަނޑަކަށް 1.2 މިލިއަން ރުޕީސް (17،600 ޑޮލަރު) ވަނީ މީދާ ކާ، ކުދި ކުދި ކޮށްލައިފަ އެވެ. ޓިންސްކިއާ އަވަށުގައި ހުރި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ބްރާންޗުގެ އޭޓީއެމްގައި ހުރި ފައިސާތައް މީދާ ކައިފައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ޝެއާކޮށްފަ އެވެ.

ފުލުހުންގެ އޮފިޝަލަކު ބުނީ މައްސަލަ ޖެހުނު އޭޓީއެމް ބޭނުން ނުކުރާތާ 12 ވަރަކަށް ދުވަސް ވެދާނެ ކަމަށެވެ.

ޓެކްނީޝަނުން ޗެކް ކުރި އިރު އެ އޭޓީއެމްގައި މީދާ ކައިފައި ހުރީ 2،000 އާއި 500 ނޫޓްތަކެވެ. އެ އޭޓީއެމުން ވަނީ 1.7 މިލިއަން ރުޕީސް ސަލާމަތްކޮށްފަ އެވެ.