ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

މާޗު 27: ސިޔާސީ އެންމެ ބޮޑު އިމްތިހާނަށް ތައްޔާރުވަނީ!

މަޖިލިހުގެ ރައީސް މަސީހު: މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމާނެ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ރާއްޖޭގެ ސިޔާސީ މަސްރަހު މި އޮތީ އެންމެ މީހެއްގެ ވޯޓަށް އަމާޒު ވެފަ އެވެ. އަންނަ ހޯމަ ދުވަހު ނަގާ އެ ވޯޓު ވެގެން މިދަނީ، މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ހިނގައިދާނެ ވޯޓަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސަރުކާރަށް ނާކާމިޔާބު ވެއްޖެ ނަމަ، އެއީ މި ސަރުކާރަށް ލިބޭނެ ހީ ނުކުރާ ވަރުގެ ބޮޑު ގެއްލުމަކަށް ވާނެ ކަމެކެވެ. ހަމަ އެހެންމެ، އެ ވޯޓު ކާމިޔާބު ވުމަކީ ސަރުކާރަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބަށް ވެސް ވާނެ އެވެ. އަނެއްކޮޅުން އިދިކޮޅު ފަރާތްތަކަށް މި ވޯޓު ކާމިޔާބު ވެއްޖެ ނަމަ ވެސް ރާއްޖޭގެ މުޅި ސިޔާސީ މަސްރަހު އަނެއްކޮޅަށް ޖެހިގެން ދާނެ އެވެ. ނާކާމިޔާބު ވެއްޖެ ނަމަ "ހޫނު ފެނަށް" ވެއްޓުނީ އެވެ.

މި ވޯޓު ކޮންމެހެން ވެސް މުހިންމު ވަނީ މި ސަބަބުތަކާ ހެދި އެވެ. މި އިމްތިހާނުން ފާސްވާން ދެކޮޅުން ވެސް ކުރެވެން އޮތްހާ މަސައްކަތެއް ރޭ ދުވާ މި ކުރަނީ އެހެންވެ އެވެ. ދެކޮޅަށް ވެސް އޮތީ، ވަރަށް ގިނަ މީހުން ގަބޫލުކުރާގޮތަށް ދިރުން ނުވަތަ މަރުވުމެވެ. ހުރިހާ ކޮޅަކަށް ވެސް މި ވޯޓު މުހިންމެވެ. އެހެންވެ، މުޅި ސިޔާސީ ދާއިރާ މިއޮތީ މި ވޯޓަށް ނަޒަރު ހުއްޓިފަ އެވެ. މަސީހުގެ ދިފާއުގައި އޮތީ ވެސް ބޮޑު ލަޝްކަރެކެވެ. އިދިކޮޅު ފަރާތްތަކުން ގުޅިގެން އުފައްދާފައި އޮތީ ވެސް ހައިރާން ކުރުވަނިވި ނަތީޖާއެއް ހާސިލްކޮށްފާނެ ލަޝްކަރެކެވެ. ނަތީޖާ ނުކުންނާނީ މާޗް 27 ގަ އެވެ. ބޮޑު ދުވަހެކެވެ.-- ވަރަށް ބޮޑު ދުވަހެކެވެ.

ޕީޕީއެމްއާ މެމްބަރުންތަކެއް ގުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. މަސީހުގެ ވޯޓަކީ ސަރުކާރަށް ކުރިމަތިވާ އިމްތިހާނެއް. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު ފަރާތްތަކަށް ލިބޭ ފައިދާ އާއި ގެއްލުން

އިދިކޮޅު ފަރާތްތަކުން އެއް ރާގަކަށް ބުނަމުން އަންނަނީ މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުމުގައި "ކަސްތޮޅު" އެޅުވިފައިވާ ވާހަކަ އެވެ. މަސީހު އަޑީގައި ހުންނަވައި، ސިޔާސީ ވިސްނުން އިސް ކުރައްވައިގެން މަޖިލިސް މެމްބަރުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ވާހަކަ އެވެ. އެހެންކަމުން މި ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އެހެންކަމުން، މަސީހާ ދެކޮޅަށް ނަގާ ވޯޓު ކާމިޔާބު ކުރުމަކީ ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަ ކުރެ އެވެ. އޭރުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ ވަކިކުރުމުގެ މައްސަލަ "ފެން މެޓައެއްހެން" ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ އިދިކޮޅު މެމްބަރުން އެބަތިއްބެވި އެވެ. ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވި ގޮތުގައި ގައުމުގެ ކަންކަން އިސްލާހު ކުރަން މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރުން ނޫން ގޮތެއް މިހާރަކު ނެތެވެ. އެހެންކަމުން ގައުމުގެ މަސްލަހަތަށްޓަކައި އިދިކޮޅު ފަރާތްތަކުން އެއް ފިޔަވަޅެއްގެ މަތީގައި ތިބެން ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަގްސަދު ވަރަށް ސާފު، ގައުމުގެ ކަންކަން އިސްލާހު ކުރުން، އެއަށްވުރެ ދުރަކަށް މަޝްވަރާ ކުރެވި ކަންތައްތަކެއް ނިމިގެންނެއް ނޫން، އަޅުގަނޑުމެން މިއުޅެނީ މިހާރު އަޑު ނުއުފުލައިފިނަމަ، ވެދާނެ ކަންތައްތަކާ މެދު ކަންބޮޑުވެގެން، އެހެންވީމަ މެމްބަރުން ހިތްވަރު ލިބިގަންނަވާ، ބިރު ނުގަންނަވާ، އަޅުގަނޑުމެންގެ ތެރޭގައި ހުރިއްޔާ ﷲ އިރާދަފުޅުން ސަލާމަތާއި ރައްކާތެރިކަން ލިބޭނެ،" އިދިކޮޅު ފަރާތްތަކުން ގުޅިގެން މޫކައި ސުއިޓްސްގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އިއްތިފާގުވާ ހަގީގަތެއް އެބައޮތެވެ. މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފިނަމަ، ގައުމުގެ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް "ރަސްމީކޮށް" ފެށުނީ އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރިޔާސަތު ބަދަލުކުރެވިއްޖެނަމަ، ރައްޔިތުންނަށް ލިބޭނެ ފައިދާ އިންތިހާއަށް ބޮޑެވެ. އެ ގޮތުން ރައްޔިތުން އަތުން "ފޭރިގެންފައިވާ" އެތައް ހައްގުތައް އަލުން އިއާދަ ކުރުމާއި މިނިވަން މުއައްސަސާތައް "ދޮވެ ސާފު ކުރަން" ލިބޭނެ ރަނުގެ ފުރުސަތަކަށް އެކަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސީހުގެ ވޯޓު ކާމިޔާބުކޮށްފިނަމަ، ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރެވޭނެ، ސަރުކާރު ޒިންމާދާރު ކުރެވޭނެ، ސަރުކާރުން ޖެހިލުންވާނެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކުރަން،" --އަލީ ހުސެއިން

ހަމައެއާއެކު، އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ ރައީސް ޔާމީންގެ "މުށުތެރެއަށް" ބާރުތައް ޖަމާވެފައި އޮތުމެވެ. އެ ގޮތުން އަލީ ހުސެއިން ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީ އަށް ހިންގާ ޕްރޮޖެކްޓްތައް ކުންފުނިތަކަށް ދޭއިރު، ބޭންކުތަކުން ނަގާ ލޯނަށް ސަރުކާރުން ގެރެންޓީ ދެނީ މަޖިލީހުގެ މަޝްވަރާ ކުރުމެއް ނެތި އެވެ. އަދި ބިޑަކާއި ނުލާ ރަށްތައް ދޫކުރެވޭ ގޮތަށް އޮތުމަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރަކަށްވާތީ އެފަދަ ކަންކަން ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

"ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ކަންކަން ހުއްޓުވަން މަސައްކަތް ނުކުރެވެނީ މަސީހާއި މަޖިލީހުގެ ޕީޕީއެމް މެމްބަރުންގެ ނުފޫޒާއި ބާރު އޮތީމަ، އެކަން ނިމުމަކަށް ގެންނާނަން،" އަލީ ހުސެއިން ވިދާޅުވި އެވެ.

މަސީހުގެ ވޯޓު ކާމިޔާބު ކުރުމަށްފަހު، ގާނޫނުއަސާސީއަށް ގެނައި ދެ އިސްލާހު ކަމުގައިވާ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ހެދުމާއި ބިދޭސީންނަށް ބިންތައް މިލްކު ކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ތިބީ އަތުކުރި އޮޅާލައިގެންނެވެ.

"މަސީހުގެ ވޯޓު ކާމިޔާބުކޮށްފިނަމަ، ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރެވޭނެ، ސަރުކާރު ޒިންމާދާރު ކުރެވޭނެ، ސަރުކާރުން ޖެހިލުންވާނެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކުރަން،" އަލީ ހުސެއިން ވިދާޅުވި އެވެ.

އެކަމަކު މި ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ، އިދިކޮޅު ފަރާތްތަކަށް އޮތް ބިރު ވެސް އިންތިހާ އަށް އެބައޮތެވެ. ސަރުކާރާ ދެކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި، އެ ބޭފުޅުންނަށް ދެން ކުރިމަތިވާނެ ދުއްތުރާތައް ވަރަށް ބޮޑުވެގެން ދާނެ އެވެ. އިތުރު ދައުވާތަކެއް، އިތުރު ތުހުމަތުތަކެއް އައުން ވެސް ގާތެވެ. ހަމަ އެހެންމެ، މިހާރު ވެސް ބައެއް އިދިކޮޅު މެމްބަރުންނަށް އިންޒާރުތައް ލިބެމުން އަންނަ އިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންް މިހާރު ވެސް ބުނަމުން ދަނީ އިދިކޮޅު މެމްބަރުން "ހޫނު ފެނަށް" ލާނެ ކަމަށެވެ.

އިދިކޮޅު ބައެއް މެމްބަުރުން ގަބޫލުކުރައްވާ ގޮތުގައި، ހޯމަ ދުވަހުގެ ވޯޓަކީ ގައުމަށް މި ވަގުތު އެންމެ މުހިންމު ވޯޓެވެ. މި ފުރުސަތު ދެން ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ބެހިފައިވާ ގޮތް

ޕީޕީއެމް 48 އެމްޑީޕީ 21 ޖުމްހޫރީ ޕާޓީ 7 އެމްޑީއޭ 6 އަދާލަތު ޕާޓީ 1 މިނިވަން 2

ސަރުކާރަށް ލިބޭނެ ފައިދާ އާއި ގެއްލުން

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ގަބޫލުކުރައްވާ އެއް ހަގީގަތަކީ މިއީ އެވެ. މަސީހް މަގާމުން ވަކިކުރަން އުޅެނީ އެމަނިކުފާނުގެ މައްސަލައެއް އޮވެގެނެއް ނޫން ކަމެވެ. މަސީހް މަގާމުން ދުރުކުރަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާފައި ހުރި އެއްވެސް ވާހަކައެއްގެ ހަގީގަތެއް އެކުލެވިގެންނެއް ނުވެ އެވެ.

ދަރުބާރުގޭގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވެސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ވޯޓު ނަގަނީ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާއި ސިޔާސީ ލީޑަރުންނަށް ދިމާވެފައިވާ ބަދުނަސީބުތަކާ ހެދި އުފެދިފައިވާ ޖަޒުބާތުތަކަކާއި ސަރުކާރާ ދޭތެރޭ އޮތް ޒާތީ ހަސަދައަކާ ހެދި ކަމަށެވެ. ރައީސް ސިފަ ކުރެއްވީ މަސީހަކީ ގުރުބާން ކުރެވޭ "ކަންބަޅި" އެއްގެ ގޮތުގަ އެވެ.

"ބޭރު ދުނިޔޭގައި އެކަން ސަމާލު ކަމަށް އައިސް، ސަރުކާރާ މެދު އިތުބާރު ބޮޑުވާނެ، ސަރުކާރަށް ކުރާ ގަދަރާއި އިހްތިރާމް އިތުރުވެގެން ދާނެ،" -ޕީޕީއެމްގެ މެމްބަރު

"މި އުޅެނީ އުއްމީދަކާއި އެއަށް ވުރެން ވެސް ބޮޑަށް ސަރުކާރާ ދޭތެރޭގައި ހަސަދަވެރިވުން. އެ ނޫން އެއްވެސް ކަމެއް އަޅުގަނޑަކަށް މީގެތެރެއަކުން ނުފެނޭ. މިއުޅެނީކީ މަސީހުގެ މައްސަލައެއް ނޫން. އެއްގޮތަކަށް ވެސް މަސީހުގެ މައްސަލައެއް ނޫން. ދެން ކޮންމެވެސް އެއްޗެއް ކަތިލަން ޖެހޭތީ އެ ކަހަލަ ކަމެއް ކަންނޭނގެ މި އުޅެނީ،" ޕީޕީއެމާ އަލަށް މެމްބަރުންތަކެއް ގުޅުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަޅީގައި ހުންނެވި ޕީޕީއެމްގެ އިސް މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި މަސީހަކީ ބޮޑު އަޣުލަބިއްޔަތަކުން މަޖިލިސް ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެކެވެ. ސަރުކާރުގެ ޕާޓީ ތެރެއިން ފުރޭނިގެން ވަޑައިގެން ބޭފުޅެއްގެ އިތުބާރު އޮތް ކަމަށް ފާސްވެއްޖެނަމަ، އެއީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް އޮތް ކަން އިތުރަށް ހާމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއް ނާކާމިޔާބުކޮށްލުމުގެ ހިތްހަމަޖެހުން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭރު ދުނިޔޭގައި އެކަން ސަމާލު ކަމަށް އައިސް، ސަރުކާރާ މެދު އިތުބާރު ބޮޑުވާނެ، ސަރުކާރަށް ކުރާ ގަދަރާއި އިހްތިރާމް އިތުރުވެގެން ދާނެ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، މަޖިލިސް ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރުވެވަޑައިގެންފިނަމަ، އެއީ ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. މަޖިލިސް ތެރޭގައި ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ އޮތްއިރު، ކޯލިޝަން ތެރޭގައި ބައިބައިވުން އުފެދިފައި އޮތް ކަމުގެ ރީތި މިސާލަކަށް އެކަން ވެގެން ދާނެ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

"އެކަމުން އެނގިގެން ދިޔައީ މަސީހު ބަލައި ނުގަންނަ ކަން، އެހާ ހިސާބުން ދެން އޮންނާނީ މަޖިލިސް ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު، އެ ވޯޓު އިދިކޮޅު ފަރާތްތަކުން މާ ފަސޭހަ ކަމާއެކު ކާމިޔާބު ކުރާނެ، އިދިކޮޅު ފަރާތްތަކުން ކަންކަން ނިންމަމުން ދާނީ ފަޓާސް ބަރިއެއްހެން،" މެމްބަރު ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަނީ އާންމުކޮށް ހުޅުވާލާފައިވާ ވޯޓަކުންނެވެ. މައްސަލަައަށް ބަހުސް ކުރަން ކޮންމެ މެމްބަރަކަށް ފުރުސަތު އެބައޮތެވެ. މެމްބަރަކު ބޭނުން ހިޔާލެއް މަޖިލިސް ތަޅުމުގައި ފާޅުކުރައްވަންވީ އެވެ. އެ މެމްބަރަކު ވޯޓުލައްވާ ގޮތް ރައްޔިތުންނަށް ފެންނާނެ އެވެ. ސުވާލަކީ މަޖިލިހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތް އިރު، ވެރިކަންކުރާ ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުން ލޯ މަރާލާފައި، މަސީހާ ދެކޮޅަށް ވޯޓު ދެއްވަން ކެރިވަޑައިގަންނަވާނެ ހެއްޔެވެ؟ އިދިކޮޅު ފަރާތްތަކުން ދެމުން އަންނަ ޖަވާބަކީ ބިރާ ކުރިމަތިލައި، ބިރު ފަހަނައަޅައި ދިއުމަށެވެ. ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ޖަވާބަކީ މަސީހާ ދެކޮޅަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިހާރު ފެންނަ މަންޒަރަކީ މި އެވެ؛ މި ވޯޓު ކާމިޔާބު ކުރާނީ ކޮން ބައެއްކަން ނޭނގޭ ކަމެވެ. ދެކޮޅުން ވެސް ބުނަނީ ކާމިޔާބު ކުރާނީ ތިމަންނަމެން ކަމަށެވެ. އަދި އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ދެކޮޅުން ވެސް ބުނެ އެވެ.

49 ކޮމެންޓް, 103 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 4%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަލޯ

25 March 2017

މަސީހު ބޭރުކުރަން ވޯޓްނުދޭ މެމްބަރުން ފާޙަގަކޮށް އެމެމްބަރުން ދެންދުވަހަކުވެސް މިހާޜު ކޯލިޝަން ހަދާފައިވާ އެއްވެސް ޕާޓީއަކަށް ނުވައްދަން ނިންމާ . އޭރުން އެމީހުންގެ ސިޔާސީ ހަޔާތް ނިމިދާނެ. ޔާމީނާ އެއްކޮށް މަސައްކަތް ކުރާ އެކަކަށް ވެސް ކާމިޔާބު ވާނެހެނެއް ހިޔެއްނުވޭ.

The name is already taken The name is available. Register?

އަޅުން

25 March 2017

ނަތިން ބަޓް ޑްރާމާ! ބޭބޭފުޅާ ކޮއްކޯފުޅުގެ ރޭވުމުގެ ދަށުން ދިވެހިރައްޔަތުން ގުނބޯހައްދަވަނީ!. ރަޢިސްކަމުގަ ކޮއްކޯފުޅު. މަޖިލިހުގެ ރިޔާސަތަުގަ ބޭބޭފުޅުގެ ދަރިފުޅުބައިންދަވާން މާކުރީގައިވެސް އޮތީ ނިންމާފަ. މަޗީހުއެއީ އެބެފުޅުންގެ އަޅެއް. ކުރިން އޮތީ ދުވަސްކޮޅަކަށްފަހު އިސްތިއުފާ ދޭން ނިންމާފަ. ބަޓް ވީގޮތަކީ ހައިސިއްޔަތުގެ އަގުބޮޑުކަން އެނގުނީމަ މަޗީހަށް މަޖިލީހުގެ ރިޔާސަތު ދޫކޮށްނުލެވުނީ. ދެން މޮޅުރޭވުމެއް ރާވާފަ އެސޮރު ބޭރުކޮށްލަނީ.! އަދުރޭ ނިހާން ސަޖިދަ އިލްހާމް މެންނަކީ ބޭބޭފުޅުގެ އަޅުން. :)

The name is already taken The name is available. Register?

ނޮޓްމަސީހު

25 March 2017

މަމީ މަސީހު ނަމަ މިހާރު އިސްތިއުފާ ދީފީމުސް.

The name is already taken The name is available. Register?

ހެޔޮވިސްނުން

24 March 2017

އަޅުގަޑަށް ސިފަ ކުރެވެނީ މިއީ "މައުމޫނުގެ ހަސަދަ ޔާމީނަށް ފިލުވާލުމުގެ ވޯޓް"ގެ ގޮތުގައެވެ.މި ވޯޓަށް ފަހު ރައްޔިތުންގެ ވަރަށް ބޮޑު އަސާސީ ހައްޤު ތަކެއް ގެއްލޭނެ އެވެ. މައުމޫނު ކޮޅަށް ވޯޓް ކާމިޔާބު ވެއްޖެނަމަ ޔާމީނު ގެ ތަރައްޤީގެ އެޖެންޑާ އަށް ހުއްޓުން އަރައި ރައްޔިތުން ނަށް ބޮޑެތި ގެއްލުން ތަކެއް ވާނެ އެވެ. ޔާމީނަށް ވޯޓް ކާމިޔާބު ވެއްޖެ ނަމަ ހައްދެއް ނެތް މިންވަރަށް ވެރިކަމުގެ ބާރު ގަދަވެ، ޚުދު މުޚްތާރު ވާނެ އެވެ/މިނިވަން މުވައްސަސާ ތަކާއި ޚާއްސަކޮށް އިސް ކޯޓް ތަށް ބޭ އިންސާފު ވާނެ އެވެ.

The name is already taken The name is available. Register?

ކެންސަލް

24 March 2017

އިދިކޮޅު ކްރިޓިކްސް އަށް މާރޗް 27 ގައި ރަނގަޅަށް ރާކަނި މަސް ކާން ދޭނަމޭ. އެދުވަހު މަޖްލީހުގެ ޗެމްބަރުގެ ކަރަންޓް މައްސަލަ އަކާއި ހެދި ޖަލްސާ ކެންސަލް އިނގޭ.

The name is already taken The name is available. Register?

ބުޅާ ގޯނިން ބޭރުވަނީ

24 March 2017

ފިތިފަ ހުރުމަށްވުރެ މަސީހަށް ރަގަޅު ވާނެ ވަކިކުރުން ވެސް

The name is already taken The name is available. Register?

މަރީ

24 March 2017

ބައްލަވަ ހަމަ ތިގޮތަށް ދެއްތޯ ކުރީގެ ނައިބު ރައީސް ޖަމީލްވެސް ވަކިކުރީ. ޖަމީލުގެ މައްސަލައެއް އޮވެގެންތޯ؟ އެއީވެސް ހަމަ ތިމީހުން ކުޅުނު ސިޔާސީ ކުޅިވަރެއް. ދެން އަދީބު ނައިބަކަށް ހަދާ އޭނަ އެންމެ ފަހުން ޖަލައްލީވެސް ހަމަތިޕާޓީގެ ސިއްރުތައް ބޭރުވެދާނެތީ. ކިތައް މީހުންގެ ހައްޤުތޯ ތިޕީޕީއެމް ސަރުކާރުން ނަގާލާފަވީ؟ ހަމަ އެކަނި ރިލްވާން އައް ބަލާލިޔަސް، އެއީ ކިތައް މީހުންގެ ހައްޤު ތޯ؟ މިވަރުގެ ސަރުކާރެއްގެ ކިބައިން ސަލާމަތައް އެދި ހަމަ އެންމެންވެސް ދުވާކުރުން ނޫން އެހެން ގޮތެއް ނެތް!

The name is already taken The name is available. Register?

އޮޅިގެން

24 March 2017

އޮޅިގެން ނުބައި ބަޓަނަކަށް ފިތާލެވޭ ފަހަރުވެސް އަންނާނެ

The name is already taken The name is available. Register?

ބަކުރު އެންޑް ޒުބޭރް

24 March 2017

އެންމެ ބޮޑު އިންތިހާނަކީ އަހަރެމެން މަރުވުމުން ކުރޭވޭ އިންތިހާނެވެ. ހުރީހާބޭފުޅުންވެސް އެބޮޑުއިންތިހާނަށް ތައްޔާރުވަމާތޯއެވެ!

The name is already taken The name is available. Register?

ސިމާދު

24 March 2017

އެއްވެސް ބަޔަކަށް އަހަރުމެން ހެޔޮ ވިސްނޭ ރައްޔިތުން އިތުބާރެއް ނުކުރަމެވެ. ރާއްޖޭ ބޭރު މީހުންނަށް ވިއްކަން ވޯޓުދިނީވެސް ހަމަ ތިޔަ މެންބަރުންނެވެ. އޭރު ލިބުނު ލާރިގަނޑަށްޓަކައެވެ. މިހާރުވެސް ހަމަ ލާރި ގިނައިން ދޭ އަތަކަށް ތި މީހުން ދީލާލާނެއެވެ. މި ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ އެކަކުވެސް ތި މަޖިލިހުގައި ނެތެވެ. ވަރަށް ވެދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454