ދުނިޔޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ ރޮބޮޓިކްސް އާއި އިންޖިނިއަރިން ޕްރޮގްރާމުގައި ބައިވެރިވުމުުގެ ފުރުސަތު ރޯބޯތިންކް އިން ހުޅުވާލައިފި އެވެ.
ރޯބޯތިންކް އިން ބުނީ މި ޕްރޮގްރާމަކީ ކުޑަކުދިންނަށް މަޖާ މާހައުލެއްގައި ސައިންސް އާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އަދި ކޯޑިން ކިޔަވައިދޭ ބޭސިކް ކޯހެއް ކަމަށެވެ. އުމުރުން ފަސް އަހަރާއި 16 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމުގައި ޓެކްނޮލޮޖީގެ ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވާނެ އެވެ.
ރޯބޯ ތިން އިން އަންނަނީ ސްކޫލް ބަންދާ ދިމާކޮށް ވެސް ހާއްސަ ޕްރޮގްރާމެއް ރާވަމުންނެވެ. މި ޕްރޮގްރާމު ކުރިއަށްދާނީ އަންނަ މަހުގެ 3 އިން 7 ގެ ނިޔަލަށެވެ. މި ޕްރޮގްރާމުގެ ދަށުން ދެ ތީމަކަށް ކްލާސްތައް ކުރިއަށްގެންދާނެ އެވެ. އެއީ "އެނިމަލް ސަފާރީ" އާއި "އިންޖިނިއަރިން އެއަޕްލޭން" ތީމެވެ. މީގެ ތެރެއިން "އިންޖިނިއަރިން އެއަޕްލޭން" ތީމުގެ ޕްރޮގްރާމު ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރު 4:00 އަށެވެ. އަދި "އެނިމަލް ސަފާރީ" ޕްރޮގްރާމު ކުރިއަށްދާނީ މެންދުރު 1:00 އިން ހަވީރު 4:00 އަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 1،000ރ. ފީއެއް ދައްކައިގެންނެވެ.
ރާއްޖޭގައި ރޯބޯތިންކް އިން އެންމެ ފުރަތަމަ ކޯޑިން އާއި ރޮބޮޓިކްްސް އާ ގުޅޭ ޕްރޮގްރާމެއް ހިންގީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ރޯބޯތިންކް އިން ހިންގާ މި ޕްރޮގްރާމައި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް 7310305 ނުވަތަ 3308777 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.