ކުޅިވަރު / ދިވެހި ކުޅިވަރު

ސާފް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ލަނޑު ކުލަކޮށްދިން ފޮޓޯގްރާފަރު

މިގްދާދު ސާފް ޗެމްޕިއަންޝިޕް ކަވަރޭޖުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ 55 ވަނަ މިނެޓްގައި ލިބުނު ކޯނަރަށް ދިވެހި ޓީމު ތައްޔާރު ވަނީ އެވެ. އިތުރު ކުޅުންތެރިން ވެސް ކުރިއަށް ޖެހިލައި ބަންގްލަދޭޝްގެ އޭރިއާ ތެރެ ފުރާލި އެވެ. ދަނޑުގެ އިސްތިހާރު ބޯޑުތައް ބިއްދަށުގައި ތިބި ދިވެހި ފޮޓޯގްރާފަރުންނާއި ކެމެރާމަނުން ވެސް ތައްޔާރުވި އެވެ.

ދަނޑުގެ އިރުމަތީ ފަރާތު ކަނާދިމާލުގައި ހުރި ފްރީލާންސް ފޮޓޯގްރާފަރު އަހްމަދު މިިގްދާދު ރުޝްދީ ތައްޔާރުވި ގޮތް ތަފާތެވެ. އޭނާ އަށް ފެނުނީ، ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕް) އޭރިއާ ތެރެއަށް ވަންނަ ތަނެވެ. އޭގެ މަދު ސިކުންތުކޮޅެއްގެ ތެރޭ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ވެސް އޭރިއާގެ ބޭރުގައި މަޑުކޮށްލި އެވެ.

މިގްދާދުގެ ފޯކަސް ހުރީ ހަމްޕް އަށެވެ. އެ މެޗުގައި އޭގެ ކުރިން ވެސް ހަމްޕްގެ ދައުރު ބޮޑުކޮށް ފެނުމުން ކަމަށް ވެސް ވެދާނެ އެވެ. ދަނޑުގެ ފެންސް މަތީ ކެމެރާގެ ޒޫމް އަޅުވާލައި ސެޓްކޮށްލުމަށް ފަހު ކެމެރާގައި ލޯ ޖަހާލައިގެން އޭނާ ނަގަމުން ދިޔައީ ހަމްޕްގެ ފޮޓޯތަކެވެ. ކޯނަރުނަގައި ރާއްޖެއިން ލަނޑު ޖަހައިފި އެވެ. ރާއްޖެ އަށް ލަނޑު ކާމިޔާބުކޮށްދިނީ ހަމްޕް އެވެ.

ރާއްޖެއިން ނެގި ކޯނަރު ބަންގްލަދޭޝްގެ ކުޅުންތެރިން ދިފާއު ކުރުމުން އޭރިއާގެ ބޭރުގައި ހުރި ހުސައިން ނިހާން (ނިހާޓް) ބޮލުން ބޯޅަ ދިނުމުން ހަޕްމު ވަނީ ވެއްޓިގެންފައި ބައިސްކަލް ކިކަކުން އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.

Hampu ge bicycle kick goal, aadhayaa hilaafu molhu landeh

Hampu ge bicycle kick goal, aadhayaa hilaafu molhu landeh

The most trusted news source in the Maldives

Mihaaru

ހަމްޕުގެ ބައިސްކަލް ކިކް ގޯލް، އާދަޔާހިލާފް މޮޅު ލަނޑެއް

ލަނޑު ޖެހުމުން ދިވެހި ސަޕޯޓަރުން ފޯރި އަރުވާލައި ފެންސް މަތިން ވެސް އެރި އެވެ. މިގްދާދު ކައިރީގައި ހުރި ފޮޓޯގްރާފަރު އަހާލީ އޭނާ އަށް ސެލެބްރޭޝަންގެ މަންޒަރު ނެގުނުތޯ އެވެ. ދަނޑަށްދާ ފޮޓޯގްރާފަރުން އެންމެ އިސްކަންދޭ މަންޒަރަކީ ގޯލް ސެލްބްރޭޝަން އަތުލުމެވެ. އެއީ މެޗުގެ ފޮޓޯ ސްޓޯރީއެއް ހަދާއިރު އެންމެ މުހިންމު މަންޒަރަށް ވާތީ އެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑަށް ނުނެގުނޭ ސެލްބްރޭޝަނެއް،" ކައިރީގައި ހުރި ފޮޓޯގްރާފަރަށް ދިން ޖަވާބު މިގްދާދު ކިޔައި ދިނެވެ.

"ދެން އަޅުގަނޑު ބަލާލީ އަޅުގަނޑަށް ނެގިފައި ހުރި ފޮޓޯތައް. ބެލިއިރު މިގަނޑު އިނީމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ. އެނގިއްޖެ މި ފޮޓޯ ގަނޑު ވާނެކަން ވަރަށް މުހިންމު ފޮޓޯއަަކަށް."

ހަމްޒާ މުހައްމަދު ބައިސްކަލްކިކަކުން ލަނޑު ޖަހަނީ. --- ފޮޓޯ: އަހްމަދު މިގްދާދު ރުޝްދީ

ހައި ކޯޓުގައި ވަޒީފާ އަދާކުރާ މިގްދާދު، 22، އަތުގައި އޭނާގެ އަމިއްލަ ކެމެރާއެއް ނެތެވެ. އޭނާގެ އޮތީ ފޮޓޯ ނަގެމުގެ ޝައުގުވެރި ކަމެވެ. އޭނާގެ ފޯނުން ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން އަގަށް ފޮޓޯ ނަގައިދޭން އޭނާ އަށް އޮފާތައް ލިބިފައި އެބަހުއްޓެވެ.

"އެބަހުރި ލިބިފައި ޕޯސްޓް ވެޑިން ޝޫޓް ފޮޓޯ ނަގަން ވެސް ރިކްއެސްޓް ލިބިފައި. އަޅުގަނޑު ބުނަން ފޮޓޯ ނަގައިދީފަނަމޭ. އެކަމަކު ފޯނުންނޭ ނަގަނީ،" އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގައި އޭނާ ހިއްސާކޮށްފައިވާ އެފަދަ ބައެއް ފޮޓޯތައް ފެނުމުން، އެއީ ފޯނުން ނަގާފައިވާ ފޮޓޯތަކެއް ކަމެއް އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވެ އެވެ.

މިގްދާދު ފޮޓޯ ނަގަނީ.

"ކޮންމެ މީހަކު ވެސް އަހާލަނީ ކެމެރާއެއް ނުގެންގުޅެންހޭ، އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭ އެ ފޮޓޯތައް ނަގާފައި ހުރީ ފޯނުން ކަމެއް،" އޭނާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް ކަވަރު ކުރަން ނޫސްވެރިންނާއި ފޮޓޯ ގްރާފަރުން ރަޖިސްޓްރީ ކުރަން ހުޅުވާލުމުން މިގްދާދު ވެސް ފޯމް ހުށަހަޅައި ރަޖިސްޓްރީ ކުރީ ކޮންމެހެން އޭނާ އަށް ފޮޓޯ ނަގަން ދެވޭނެ ކަމަކަށް ނޫނެވެ. ސާފް ޗެމްޕިއަންޝިޕް ފޮޓޯ ނަގަން މިގްދާދު ދަނޑަށް ގެންދިޔަ ކެމެރާ އަކީ އޭނާގެ އަމިއްލަ ކެމެރާއެއް ނޫނެނެވެ. މ. ކޮޅުފުއްޓަށް ނިސްބަތްވާ މިގްދާދު ގްރޭޑް 11، 12 އަށް ކިޔެވީ އެ އަތުޅު މުލީގައި ހުންނަ، މ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އޭނާ ދަނޑަށް ގެންދިޔަ ނިކޮން ކެމެރާ އަކީ އެ ރަށުގައި އޭނާ ކިޔަވަން ހުރި ގޭގެ މީހަކު ގެންގުޅުނު ކެމެރާ އެކެވެ.

ސާފް ޗެމްޕިއަންޝިޕަށް މިގްދާދު ބޭނުން ކުރި ކެމެރާ

"މުބާރާތް ކައިރިވީމަ ގުޅާފައި ބުނީ ކެމެރާ ފޮނުވާލަ ދޭންވީނޫންހޭ. މުބާރާތުގައި ފޮޓޯ ނަގަން ލިބިގެންނޭ މި އުޅެނީ،" މިގްދާދު ބުންޏެވެ.

އެ ކެމެރާ އަކީ ފޮޓޯ ޖާނަލިޒަމަށް ބޭނުން ކުރެވޭ ވރަށް ވުރެ އާދައިގެ ކެމެރާ އެކެވެ. އެކަމަކު އެ ކެމެރާއިން އޭނާ ނެގި އެންމެ މުހިންމު ފޮޓޯވީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ މުހިންމު އެއް ފޮޓޯ އަށެވެ. ބައިސްކަލް ކިކަކުން ހަމްޒާ ވައްދާލި ލަނޑަކީ، 28 އަހަރުވީ މުބާރާތުގެ ތާރީހުގައި ޖެހި އެންމެ މޮޅު ލަނޑެވެ. އަދި ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅުންތެރިޔަކު ޖަހައިދިން އެންމެ މޮޅު ލަނޑަށް އެ ލަނޑު ވާނެ އެވެ.

މިގްދާދު ނެގި އެ ފޮޓޯ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މީޑިއާތަކުން ވެސް ބޭނުން ކުރި އެވެ. އަދި ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައުރު ކުރި އެއް ފޮޓޯ އަކީ ވެސް މިގްދާދުގެ ކެމެރާއިން ނެގި އެ ފޮޓޯ އެވެ. ނޭޕާލްގެ އެންމެ މަޝްހޫރު ކުޅިވަރު މީޑިއާ "ގޯލް ނޭޕާލް" ގެ ސާފް ޗެމްޕިއަންޝިޕް ކަވަރޭޖްގައި އެ ނޫހުގެ އޮފިޝަލް ފޮޓޯގްރާފަރެއްގެ ގޮތުގައި ވެސް ހަމަޖެއްސީ މިގްދާދު އެވެ. ގޯލް ނޭޕާލަށް ވެސް މިގްދާދު ފޮޓޯ ފޯރުކޮށް ދިނީ ވަގުތީ ގޮތުން އޭނާ ހޯދި އެ ކެމެރާއިންނެވެ.

8 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 5%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 84%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުހޫން

22 October 2021

ހާދަ ގަދަ ކޮއްފިއޭ ދޯ

The name is already taken The name is available. Register?

ރަޔާން

22 October 2021

ލަނޑު ޖަހައިދިން މީހާއަށް ލިބުނީ ވަރަށް ފިނި ތަރުހީބެއް. ދަނގަނޑޭއަށް ނުވީމަކަން ނޭގެ

The name is already taken The name is available. Register?

ނާވާރައެކާވިސް

22 October 2021

އެއީ ހަމަ 1ވަނައިގެ ލަނޑެއް. ޓިވަރުގެ ފޮޓޮއެއް އަތުވިކަންވެސް ރަނގަޅު. ނޭނގިތިއްބައި ޖެހި ބޯޅައެއް . ވަރަށް ހުށިޔާރުވީމައި ތިފޮޓޯތި އަތުވީވެސް. މިޤުދާދަށް ޝުކުރިއްޔާ. އެފަދައިން ހަމޒާޔަށްވެސް.

The name is already taken The name is available. Register?

ސަޅި

22 October 2021

ޝުކުރިއްޔާ، ވަރަށް ހިތްގައިމު!

The name is already taken The name is available. Register?

ސޯލިހު52

22 October 2021

ބޯޅަ ކުޑަކޮށް ނުސާފު. ސާފު ނަމަ ވަރަށް މޮޅު ފޮޓޯއެށް. ބޯޅާ ޖަހާ ބޭފުޅާގެ އަތް އެއްކޮށް އެރިނަމަ ރަގަޅު. ބިމުން ތަންކޮޅަކާ އެކު. ކުރި ހިއްވަރަށް ސާބަސް. އަދި ވާނެ.

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

22 October 2021

ކޮންމެފޮޓޯއެއްވެސް ވާހަކައެއް ބުނެދެއެވެ.

The name is already taken The name is available. Register?

ބޭބެ/ ގަން

22 October 2021

މަރުޙަބާ ދާދު...ދާދުގެ ހުނަރުވެރި މަސައްކަތް ފެނިފަ ބޭބެ ވަރަށް އުފާވެއްޖެ.. ރަނގަޅު ގޮތުގަ ތި ހުނަރުގެ ބޭނުން ހިފާނެކަމަށް އުއްމީދު ކުރަން...

The name is already taken The name is available. Register?

އުދުހޭ

22 October 2021

އެފްއޭއެމުން ދެން އޭނާއަށް ފަހުގެ ކެމެރާއެއް ގަނެދީ އެކަމުގެ އަގު ވަޒަންކުރަންވީނުންތޯ؟ އަސްލު ރަގަޅު ފެންވަރުގެ ކެމެރާއަކުން ނެގިނަމަ ގައުމީ ބޭނުންތަކަށްވެސް މިފޮޓޯ ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454