ބަންގްލަދޭޝް ކޮޅަށް ހަމްޕް ބައިސްކަލް ކިކަކުން ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އަހްމަދު މިގްދާދު
08 އޮކްޓޯބަރ 2021 - 14:45
ސާފް ޗެމްޕިއަންޝިޕްގައި ރޭ ބަންގްލަދޭޝް ކޮޅަށް ރާއްޖޭގެ ހަމްޒާ މުހައްމަދު ބައިސްކަލް ކިކަކުން ޖެހީ ތާފަތު މޮޅު ގޯލެކެވެ. އެ ލަނޑަކީ ސާފް ޗެމްޕިއަންޝިޕްގައި ޖެހި އެންމެ ރީތި ލަނޑެވެ. އަދި ގައުމީ ޓީމަށް ޖަހައިދިން އެންމެ ރީތި ލަނޑުތަކުގެ ތެރޭގައި މި ލަނޑު ހިމެނޭނެ އެވެ.
މި ލަނޑަށް އޮތް ތައުރީފާއި އެ ލަނޑުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ވައިގައި ހިފައިފަ އެވެ. ރާއްޖެއިން ނެގި ހިލޭ ޖެހުމެއް ބަންގްލަދޭޝްގެ ކުޅުންތެރިން ދިފާއު ކުރުމުން އޭރިއާގެ ބޭރުގައި ހުރި ހުސައިން ނިހާން (ނިހާޓް) ބޯޅަ ބޮލުން ދިނުމުން ހަޕްމު ވަނީ ވެއްޓިގެންފައި ބައިސްކަލް ކިކަކުން އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
ގައުމީ ކޯޗު އަލީ ސުޒޭނަށް ވެސް އެ ލަނޑު ސިފަކޮށްދޭނެ ގޮތެއް ނޭނގެ އެވެ. ބެންޗުގައި އޭނާ ހުރި އޭންގަލްގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. ރޭ މެޗަށް ފަހު އޮތް ބްރީފިންގައި ނޫސްވެރިޔަކު އެ ސުވާލު ކުރުމުން ސުޒޭން ބުނީ ޕްރެސްގައި ކޮމަންޓޭޓަރެއް ހުރި ނަމަ އެ ލަނޑު ޖެހިގޮތް ސިފަކޮށްދޭން އެދޭނެ ކަމަށެވެ.
"ވަރަށް ރަނގަޅު މިތަނުން ކުއްޖަކު (ނޫސްވެރިޔަކު) އެ ގޯލް ޖެހިގޮތް ކިޔައި ދީފިއްޔާ. ހަމްޕު ކައިރީގައި އެހީމަ ބުނި ހަމްޕްއޭ ޖެހީ،" ޕްރެސްގައި ސުޒޭން ބުންޏެވެ.
"އޭގެ އަސްލަށް ބަލާއިރު އޯވާ ހެޑްއެއްކަން ޔަގީން. ދިވެހި ކުޅުންތެރިޔެއްކަން ޔަގީން. ދެން މިތާންގައި ކޮމަންޓޭޓަރެއް އިނިއްޔާ (އެ ލަނޑު ސިފަކޮށްދޭން) އަޅުގަނޑަށް ހެލްޕެއް ވެދިނިއްޔާ ރަނގަޅު."
ހަމްޕް ޖެހި ގޯލްގެ ވީޑިއޯ މީހަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި
އެ ލަނޑު ޖެހުމުގައި ނިހާޓް ދިން ޕާސް ވެސް ފުރިހަމަ އެވެ. ރަނގަޅު ޕޮޒިޝަންގައި އޭނާ ހުރީ ބޯޅަ ރީބައުންސްވާނެކަން އެނގިގެން ހުރި ކަހަލަގޮތަކަށެވެ. ބަންގްލަދޭޝް ކުޅުންތެރިން ދިފާއު ކުރި ބޯޅަ ރީބައުންސްވުމުން އޭނާ ބޮލުން ކުރިއަށް ކޮށްޕާލީ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ކޮމެންޓްރީގެ އެނަލިސްޓެއްގެ ގޮތުގައި ހުރި، ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް ބުނީ ނިޙާޓް އެ ޕޮޒިޝަންގައި ބަހައްޓާފައި ހުރީ ބަންގްލަދޭޝްގެ މެޗުތައް ސުޒޭން އެނަލައިޒްކޮށްގެންކަން އެނގޭ ކަމަށެވެ.
The first goal. 👏👏👏👏👏👏 pic.twitter.com/ZR94xs0agn
— Abdulla Shahid (@abdulla_shahid) October 7, 2021
ޔޫއެންގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޓްވީޓާގައި އެ ވީޑީއޯ ހިއްސާ ކުރައްވާފައިވޭ
"ބަންގްލަދޭޝް ކުރިން ކުޅުނު މެޗުތަކުގައި ކޯނަރާއި ހިލޭޖެހުން ދިފާއުކުރާ އިރު އާންމުކޮށް ރީބައުންސްވެފައ ހުރީ ހަމަ އެ ޕޮޒިޝަނަށް. ސުޒޭން ވަރަށް ރަނގަޅަށް ބަލާފައި އެތަނަށް ނިހާން ލާފައި އެހުރީ،" އެ ގޯލް އެނަލައިޒްކޮށްދެމުން ރޭޑިއޯގެ ކޮމެންޓްރީގައި ނިޒާމް ބުންޏެވެ.
ސުޒޭން ބުނީ ނިހާޓުގެ ބައިވެރިވުން ހަމަލާތަކުގައި އިތުރު ކުރުމަށް ވެސް މެޗުގެ ކުރިން، ކުރިއަށް ގެންދިޔަ ޕްރެކްޓިސްތަކުގައި އިސްކަންދީގެން މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފޯޓަރ
08 October 2021
ގައުމީޓީމް ޖޯޒީވެސް ހަދައިގެން މި އުޅެނި އަޖައިބެއްކަހަލަ ބައެއް. އަބަދުވެސް ބުނަނި އައުޓްއޮފް ސުޓޮކޭ. ޖޯޒީނުލިބިގެން އެތައްބަޔަކު އުޅޭ އިރުވެސް އެފްއޭއެމް ވެސް ނިދާފަ. ކީކުރަށްބާ މި މީހުން މި އިސްތިހާރު ކުރަނި ޖޯޒީތައް. ބޭނުން މީހަކަށް ލިބެނީ އަކީ ނޫން. ވަކިބަޔަކަށް އަޑިއަޑިން ލިބެނ.ި
ހަސީނާކަލެގެ
08 October 2021
ކޮއްކޯ އަލަކަށް ނޫން މީހަކު ފުޓުބޯޅައިގަ ތީގަ ލަނޑެއްޖެހީ. ދެން ހަމަ އެއްޗެކޭ ކިޔަނީ.
ޝޯމޭން
08 October 2021
ރަނގަޅު ވާހަކައެއް އަލަކަށް ނޫން މިކަހަލަ ލަނޑެއް މީހަކު ޖެހީކީ. އެކަމު މިގޮތައް ޖަހާ ލަނޑު އާއްމުގޮތެއްގަ ޖަހާ ލަނޑަށްވުރެ ނިސްބަތުން މަދުވާނެ. އަދި ފުޓުބޯޅަޔަށް ލޯބި ކުރާމީހުންނަކަށް މިގޮތައް ޖަހާފަ ހުންނަ ލަނޑު ކިތަންމެވަރަކަށް ބެލިޔަސް ބަލެއްވެސް ނުވާނެ އަދި އޭގެ ވާހަކަ ހުއްޓައެއްވެސް ނުލާނެ. ފަހަރެއްގަ މިކަހަލަ މައުލޫމާތެއް ނޭނގިގެން ދައްކާވާހަކައެއްހެން ހީވާތީ ބުނެލީ.
ސަޕޯޓް
08 October 2021
އޭނަ އަލަށް ކަންނޭނގެ އޭގެ ލަނޑެއްޖެހީ. އެ ގޯލް ވަރަށް މޮޅޭ ބުނެލައިގެން އޭނަ އުފާކޮށްލަދިނަސް ހަސީނާކަލެގެއަކަށް އެއްޗެއް ނުގެއްލޭނެ. އޭނައަށް ހިތްވަރެއްލައިދިނުމުން ފައިދާ ވާނީ ހުރިހާ ދިވެހިންނަށް. އެ ގޯލުން ރީތިކޮށްދިނީ ގައުމުގެ ނަން.
ޝޯމޭން
08 October 2021
ވަރަށް ފުރިހަމަ ގޯލެއް. ހަމްޒާ ތިގޮތުގަ ހުންނާތި. ޔޫ ހޭވް މޭޑް އަސް ޕްރައުޑް.
ހިތަދޫ 2
08 October 2021
ކުޅުންތެރިންގެ ފިސިކަލް ފޯމް ރަނގަޅު ކުރުވާކަށް ނުވޭތަ؟ ދުނިޔޭގެ ފެންވަރަށް ކުޅެވޭނީ ފިސިކަލް ވެސް ނިކަން ރަނގަޅުވެގެން... އެފް.އޭ.އެމް ހަރަދުގަ ނަމަވެސް ގައުމީ ޓީމު ކުދިންނަށް ހާއްސަށް ޓްރެއިނަރުން އަދި ޑައިޓް(ކެއުމުގެ ހަރަދު ދީގެން ނަމަވެސް) މިކަން ރަނގަޅު ކުރަން ޖެހޭކަމަށް ގަބޫލް ކުރަން.
ާއައްޕަނާ
08 October 2021
ލޮލް
ދަރުވޭސީ އިބުނު ބޯހޯލް
08 October 2021
ތިޔަ ރީތި ނަމުން ކިޔާބަލަ ހަމްޕު އަކާއި ނިހާޓް އާއި ނުކިޔާ ނިކަން ރީތި ކުންޔާއެއް ދީބަލަ
ބްލެޑާރ
08 October 2021
ޕއެސްއެމަށް ރަނގަޅު ކެމެރާ ސެޓެއް ދީލަތި ފަރާތަކުން ހަދިޔާ ކުރަން ވެއްޖެ އެއްނު
ލައިކޮ
08 October 2021
ވަރަށް ސަޅި ގޯލެއް.
ރަތީބާ
08 October 2021
ހަމްޕް މޮޅޭ، އަދި ކުޅެވެޔޭ. އެކަމަކު އަހަރެންބުނީ ދަޑޭ އަށް މިހާރަކު ނުކުޅެވެޔޭ. ޒުވާން ކުއްޖެއް އެތަނައްލައިގެން ކުޅުންނަމަ މާ ރީތިކޮށް މޮޅުވެވުނީހޭ.
ބޮޑު ދުންމާރި ތާޅަފިލި
08 October 2021
ހުރިހާ ކުޅުންތެރިނޭ!! ކުރިއަށް އޮތީ ލަންކާއާއި އެކު ކުޅޭ އަސްލު ރެސްލިން މެޗް...އެމެޗަށް ސަމާލުވޭ..ފުޓުބޯޅަ ކުޅުނަސް ލަންކާ ކުޅޭނީ އަބަދުވެސް ރެސްލިން މެޗް.