މޮރޮކޯގެ ދެބެއިން ކަމަށްވާ ހުސައިން ރަހީމީ އާއި ސުފިއާން ރަހީމީ ހިއްސާވެ ޔޫއޭއީގެ އަލް އައިންއިން، ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރަށް އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގައި ބޮޑު ބައެއްޔެ ކުރިމަތިކޮށްފި އެވެ. 

އަމިއްލަ ދަނޑުގައި ކުޅެ އަލް އައިން ވަނީ 4-0 ން، ނަސްރު ބަލިކޮށްފަ އެވެ. އެއީ ރޮނާލްޑޯ އެ ކްލަބާ ގުޅުނު ފަހުން އެންމެ ތަފާތު ބޮޑުކޮށް އެ ޓީމު ބަލިވި މެޗެވެ. 

މި މެޗުގައި ތަރިންނަކީ ނަސްރުގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހުމުގައި ހިއްސާވި ދެ ކުޅުންތެރިން ކަމަށްވާ މޮރޮކޯގެ ހުސައިން ރަހީމީ އާއި ސުފިއާން ރަހީމީ އެވެ. 

ހުސައިން ރަހީމީ ވަނީ ދެ ލަނޑު ޖަހާފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ދިނީ ވެސް އޭނާ އެވެ. ފުރަތަމަ ލަނޑު ޖެހީ 25 ވަނަ މިނެޓްގަ އެވެ. އަދި ދެވަނަ ހާފަށް ނުކުމެ އޭނާ ވަނީ ދެ ވަނަ ލަނޑު ޖަހާފަ އެވެ. އޭގެ ފަހުން އޭނާގެ ބޭބެ ސުފިއާން ވަނީ ޓީމުގެ ތިންވަނަ ލަނޑު ޖަހާފަ އެވެ. އަނެއް ލަނޑު ޖެހީ ގްރީސްގެ ޖިއޯސް ޔާކުމާކިސް އެވެ. 

މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އަލް އައިންއާ ދެކޮޅަށް ޓީމަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. 

އޭނާގެ 980 ވަނަ ލަނޑު ޖެހުމުގެ އުއްމީދުގައި ހުރި ރޮނާލްޑޯ ފޮނުވާލި ހިލޭޖެހުން ވެސް ދިޔައީ ބޭރަށެވެ. 

ނަސްރުގެ ކޯޗު އޭންޖް ޕޮސްޓެކޯގްލޫ ބުނީ ޓީމުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ. އެކަމަމުގެ ޒިންމާ އޭނާ ފުރިހަމައަށް ނަގާކަމަށް ކޯޗު ބުންޏެވެ. 

ސައުދީ ޕްރޯ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުން، އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.