ސައިރިކްސް ކޮލެޖް
ސައިރިކްސް ކޮލެޖަކީ މީގެ 24 އަހަރު ކުރިން ހިންގަން ފެށި ކޮލެޖެކެވެ. މިއަދު މައިގަނޑު ހަތަރު ދާއިރާއަކުން ތައުލީމު ދެމުން އަންނަ ކޮލެޖުން، މިހާތަނަށް އެތައް ހާސް ކުދިންނެއް ވަނީ ތައުލީމް ހާސިލް ކޮށްފަ އެވެ. އަދި މިހާރު ވެސް އެތައް ސަތޭކަ ކުދިންނެއް ތައުލީމު ހާސިލްކުރަމުން އެބަ ގެންދެ އެވެ.
ސައިރިކްސް ކޮލެޖުން މައިގަނޑު ގޮތެއްގައި ކިޔަވައިދޭ ބައިތައް؛
- ސްކޫލް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ
- ސްކޫލް އޮފް ބިޒްނަސް
- ސްކޫލް އޮފް މަލްޓިމީޑިއާ، އާޓްސް އެންޑް ޑިޒައިން
- ސްކޫލް އޮފް ހިއުމަނިޓީސް އެންޑް އެޑިއުކޭޝަން
ކޮލެޓީ ތައުލީމު ދޭ ތަނެއްގެ ގޮތުގައި މަޝްހޫރު ސައިރިކްސް ކޮލެޖުން އަންނަނީ، އެ ކޮލެޖުގެ ބިޒްނަސް ސްކޫލް ވަރަށް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ވަރަށް އަވަހަށް ފުލް ފްލެޖް ބިޒްނަސް ސްކޫލެއް ހުޅުވާނެ އެވެ. އަދި އެތަން ވެގެންދާނީ ރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ބިޒްނަސް ސްކޫލް ކަމަށް ވެސް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.
ސެޓްފިކެޓް ލެވަލްތަކުން ފެށިގެން ގޮސް މާސްޓާސް ކޯސްތަކާ ހަމައަށް ކިޔަވައިދޭ ކޮލެޖަށް ވަނީ ރާއްޖެ އާއި ބޭރުގެ ކަމާ ގުޅޭ ގިނަ އެވޯޑުތަކެއް ވެސް ލިބިފަ އެވެ. ސައިރިކްސް އިން ބުނީ އެ ކޮލެޖުގެ ކަރިކިއުލަމް އަކީ ބޭރުގެ މަޝްހޫރު ތަންތަނާ އެއް ހަމައެއްގައި، އެއް މިންގަނޑަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި މި ދާއިރާ އަށް އަންނަ ކުރިއެރުންތަކާ އެކު ކަރިކިއުލަމް އަބަދުވެސް ބަދަލު ކުރާ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ކޯސްތަކުގައި ކިޔަވައިދޭން ހަރަކާތްތެރިވަނީ، ތައުލީމީ އަދި ގާބިލު ދިވެހި އަދި ބޭރު ގައުމުތަކުގެ ލެކްޗަރާއިންނެވެ. ހާއްސަ ކުލާސްތައް ބާއްވައިގެން އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ އިރުޝާދުތައް ވެސް ކުދިންނަށް ދެ އެވެ.
ސައިރިކްސް ކޮލެޖުން އަބަދުވެސް ބަލަނީ ވަޒީފާގެ މާހައުލަށް ބޭނުންވާ ތަޖުރިބާތަކާ އެކު ދަރިވަރުންނަށް ކިޔަވައި ދެވޭތޯ އެވެ. އަދި ކޯސްތައް ނިންމާ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން ވެސް މަސައްކަތްތަކެއް އެ ކޮލެޖުން ކުރެ އެވެ.
ސައިރިކްސް ކޮލެޖުގެ ކާމިޔާބީ އެންމެ ބޮޑަށް ފާހަގަވެގެން ދަނީ، އެތަނުގެ ދަރިވަރުން ރާއްޖޭގެ ތައުލީމީ ދާއިރާގެ ޝަރަފްވެރި އެވޯޑްތައް ހޯދަމުން އަންނާތީ އެވެ. އަދި ރާއްޖޭގައި މިވަގުތު ތިބި އެންމެ ފުންނާބު އުސް ނެޓްވޯކް އެޑްމިނިސްޓްރޭޓަރުންނާއި، އައިޓީ ޕްރޮފެޝަނަލުންގެ އިތުރުން ކުންފުނިތަކާއި ސަރުކާގެ އިސް ވެރިންނަށް ވެސް ކޮލެޖުގެ ދަސްވެނިން ތިބުމެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޕްލީސް ސްޓޮޕް
12 December 2018
ކޮމްމެ މަންތެއްގަ ލާރިނަގާފަ ކޮމްމެ ދުވަހަކު ކުލާހަށް ބަރާބަރަށް ދާންޖެހޭ ވަޒީފާ އަދާކުރަމުން ދެވޭވަރެއް ނޫން ރީ އެގްޒާމެއް ހަދަން ޖެހުނަސް ޖެހޭ ލާރި ދައްކާން....ދެއްކިޔަސް އެހާބޮތި އަގުތަށް ދައްކަިގެން ގޭގެ ކުލި ދީފަ އަހަރުން އުޅޭނީ ކިހިނެއް..... )-: