21 އޯގަސްޓް

August 21, 2019 2
"ލީނާ" 29 ގައި ހުޅުމާލޭ ޝްވެކަށް

މިދިޔަ މަހު އޮލިމްޕަސް ސިނަމާގައި ދެއްކި ފިލްމު "ލީނާ" މި މަހުގެ 29 އިން ފެށިގެން ހުޅުމާލޭ ޝްވެކް ސިނަމާގައި ދައްކަން ނިންމައިފި އެވެ

23 ޑިސެމްބަރ

December 23, 2018 9
އަންނަ އަހަރު ދިވެހި ސިނަމާ ތިޔާގިވާނެތަ؟

މިއީ ދިވެހި ސިނަމާ އަށް ވަރަށް ފަޅު އަހެރެކެވެ. ރިލީޒްވީ އެންމެ ފަސް ފިލްމެވެ. އޭގެ ތެރެއިން އެއް ފިލްމަކީ އެނިމޭޑެޓް ދިވެހި ފިލްމު "ބަގީޗާ" އެވެ.

28 ނޮވެމްބަރ

November 28, 2018 1
"ވިޝްކާ" ގެ ޝޯއެއް ހުޅުމާލެ ޝްވެކަށް

މިދިޔަ އަހަރު ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް އައިޝަތު ރިޝްމީ ހޯދި ފިލްމު "ވިޝްކާ" ގެ ޝޯއެއް އަންނަ މަހު ހުޅުމާލޭގެ ޝްވެކް ސިނަމާގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

10 ނޮވެމްބަރ

November 10, 2018
"ބަގީޗާ" ގެ ޕްރިމިއާ މިއަދު

ރާއްޖޭގެ ސިނަމާ އަށް އަންނަ ފުރަތަމަ ދިވެހި އެނިމޭޓެޑް ފީޗާ "ބަގީޗާ" މިއަދު ޕްރިމިއާ ކުރަން ނިންމައިފި އެވެ.

04 ނޮވެމްބަރ

November 04, 2018 12
ދިވެހި އެނިމޭޓެޑް ފިލްމު "ބަގީޗާ" މި މަހު 10 ގައި

ރާއްޖޭގެ ސިނަމާ އަށް ރަސްްމީކޮށް އަންނަ ފުރަތަމަ ދިވެހި އެނިމޭޓެޑް ފިލްމު "ބަގީޗާ" މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި ޕްރިމިއާކުރަން ނިންމައިފި އެވެ.

12 އޮކްޓޯބަރ

October 12, 2018
މި އަހަރަށް ދެން ދިވެހި ފިލްމެއް ނެތް

މި އަހަރު ސިނަމާ އަށް އަންނާނެ ދިވެހި ފިލްމެއް ދެން ނެތެވެ. އަޅުވަން ތާވަލުކުރި ދެ ފިލްމު ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެއީ ކުރިން މި މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް އޮތް ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އާއި އަންނަ މަހުގެ 5 އަށް ތާވަލު ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ.

29 އޯގަސްޓް

August 29, 2018 9
އަޅުވާނެ ފިލްމެއް ނެތް، ސިނަމާ ފަޅަށް

ދިވެހި ސިނަމާ މިހާރު އޮތީ ފަޅަށެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އަޅުވާނެ ފިލްމެއް ނެތެވެ. އަނެއްކޮޅުން ސެޕްޓެމްބަރު މަސް ނިމުމާ ހަމައަށް ވެސް އެއްވެސް ފިލްމެއް ސިނަމާ އަށް ގެންނާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. ސަބަބަކީ ރިޔާސީ އިންތިހާބާއި އޭގެ ކެމްޕޭން ފޯރިގަނޑުގެ ތެރޭގައި އެންމެން މިހާރު އުޅޭތީ އެވެ.

24 ޖޫން

June 24, 2018 8
ދެން އަޅުވަން އޮތީ ދިވެހި ކޮން ފިލްމެއް؟

ރޯދަ މަހާ އެކު ދިވެހި ފިލްމީ މަސައްކަތްތަކަށް އައި މަޑު ޖެހުން، ރޯދަމާ އެކު ނިމުނީ އެވެ. މިހާރު ވެސް ބައެއް ފިލްމްތަކުގެ މަސައްކަތް ފަށައިފި އެވެ. އޭގެ ތެރޭގައި މި އަހަރު ރިލީޒް ވާން ހުރި ފިލްމްތައް ވެސް އެބަ ހުއްޓެވެ.

21 އެޕްރީލް

April 21, 2018
"ތިޔަ ލޯތްބާ ދުރަށް" މިރޭ ޕްރިމިއާ ކުރަނީ

ޓެކްނޯ މީޑިއާގެ ލޯބީގެ ފިލްމް "ތިޔަ ލޯތްބާ ދުރަށް" މިރޭ ޕްރިމިއާ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

04 އެޕްރީލް

April 04, 2018 4
"ތިޔަ ލޯތްބާ ދުރަށް" ގެ ޓިކެޓް ވިއްކަން ފަށައިފި

ފިލްމްގެ ޕްރިމިއާ ޝޯގެ ޓިކެޓް ވިއްކަނީ 150ރ. އަށް.

25 ނޮވެމްބަރ

November 25, 2017
"ވިޝްކާ"ގެ އާ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި

މި އަހަރުގެ އަންހެނުންގެ ދުވަހު ޝްވެކް ސިނަމާގައި ޕްރިމިއާ ކުރި ޔާރާ ޕްރޮޑަކްޝަންގެ ފިލްމް އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައި، ފިލްމްގެ ޓިކެޓް މިއަދު އެތަނުން ވިއްކަން ފަށައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2017 1
"ނޭދެން ވަކިވާކަށް" މިރޭ ޕްރިމިއާ ކުރަނީ

މި އަހަރު އަޅުވާ ހަތް ވަނަ ފިލްމް "ނޭދެން ވަކިވާކަށް" މިރޭ ޕްރިމިއާ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017 15
ކުރިއަށް އޮތީ "ހައްދު"ގެ ވަދާއީ ފަސް ޝޯ

ފައްތާހް ބުނީ "ހައްދު" އަކީ ވިޔަފާރީގެ ގޮތުން މިހާތަނަށް އޭނާގެ އެންމެ ކާމިޔާބު ފިލްމް ކަމަށް.

14 ސެޕްޓެމްބަރ

September 14, 2017
އަހަރު ނިމޭއިރު ދިވެހި ސިނަމާ ފަޅުވަނީ

މިދިޔަ އަހަރު ވެސް އަށް ފިލްމް، މި އަހަރު ވެސް އަށް ފިލްމް.

04 ސެޕްޓެމްބަރ

September 04, 2017 4
"ހައްދު" ގެ ހުރިހާ ޕްރިމިއާތަކެއް ފުލްވެއްޖެ

އޮލިމްޕަސް، މާލެ/ހުޅުމާލެ ސްވެކް އަދި އައްޑު އާއި ކުޅުދުއްފުށީގެ ޕްރިމިއާ ޝޯތައް ވަނީ ފުލްވެފައި.

02 ސެޕްޓެމްބަރ

September 02, 2017 6
"ހައްދު"ގެ މި ލަވައާ އެކު "އުދުހިލަމާ"

"ހައްދު" އަޅުވަން ދެން އޮތީ ހަތަރު ދުވަހެވެ. ޑައިރެކްޓަރު އަބްދުލް ފައްތާހް ރިކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓް ކުރާ މި ފިލްމުގައި ހުރި ވަރެއް ކޮންމެހެން ވެސް މި ފަހަރު ބަލާލަން ޖެހޭނެ އެވެ.

30 އޯގަސްޓް

August 30, 2017 8
"ހައްދު" އަކީ އާ ބެންޗްމާކަކަށް ވާނެ: ފައްތާހް

އަންމަ މަހު ހައެއްގައި އަޅުވާ، ޑައިރެކްޓަރު އަބްދުލް ފައްތާހްގެ 12 ވަނަ ފީޗާ ފިލްމް "ހައްދު" ހަމައެކަނި ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓްކޮށްފައި ނިންމައިލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ފިލްމާ ބެހޭ ގޮތުން ފައްތާހް ހައްތަހާ ވެސް ދައްކަން ހުރީ "ސަޅި" ވާހަކަ އެވެ.

20 އޯގަސްޓް

August 20, 2017 1
"ހައްދު" ޝްވެކް ސިނަމާގައި ވެސް ދައްކާނެ

މާލޭގެ އިތުރުން ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް "ހައްދު" އަޅުވާނެ.

17 އޯގަސްޓް

August 17, 2017
"ނޯޓީ 40" ޝްވެކް ސިނަމާ އަށް

މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި "ނޯޓީ 40" ދައްކަން ފަށާނީ ހުކުރު ދުވަހުގެ ރެއިން ފެށިގެން.

12 އޯގަސްޓް

August 12, 2017 11
ހުޅުމާލޭގެ ޝްވެކް ސިނަމާ ވަރަށް ތަފާތު

ޝްވެކް ސިނަމާގެ އާ ތަނެއް ހުޅުމާލޭގައި ރޭ ހުޅުވައިފި އެވެ.