ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯއަކަށް ޑރ. ޝާހް އަބްދުﷲ މާހިރު އައްޔަން ކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޝާހް މާހިރު އެ މަގާމަށް އައްޔަންކުރެއްވީ އިއްޔެ އެވެ.
ޝާހް މިދިޔަ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު އެ މަގާމުން އިސްތިއުފާ ދެއްވައި އޭރު ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި "ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ.
ޝާހް އަކީ ލަންޑަންގެ އިންޕީރިއަލް ކޮލެޖް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް މެޑިސިން އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެމްބީބީއެސް 2002 ވަނަ އަހަރު ހެއްދެވީ ވެސް އެ ޔުނިވާސިޓީންނެވެ.
އޭނާއަކީ އިންގްލެންޑްގެ ޖެނަރަލް މެޑިކަލް ކައުންސިލްގެ ލައިސެންސް ވެސް އޮންނަ ބޭފުޅެކެވެ. އަދި ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން އާއި މެޑިކަލް ޑިފެންސް ޔޫނިއަންގެ މެންބަރެކެވެ. އޭނާގެ ބައެއް ލިޔުންތައް ވެސް މެޑިކަލް ޖާނަލްތަކުގައި ޝާއިއުކުރައްވާފައިވެ އެވެ.
ލަންޑަންގެ އެކި ހޮސްޕިޓަލްތަކުގައި ވެސް ޝާހް ވަނީ މަސައްކަތް ކުރައްވައިފަ އެވެ.