ކޮރެއާގެ ނަން މަޝްހޫރު އެކި ސްކިންކެއާ ބްރޭންޑުތަކަށް ހާއްސަކޮށް 'ކޮރެއަން ބިއުޓީ ސްޓޯ' އެއް މާލޭގައި ރޭ ހުޅުވައިފި އެވެ. 

ލިލީ މަގުން ދިވެހި އިންޝުއަރެންސް ކުރިމައްޗަށްވާ ގޮތަށް ހުޅުވި މި ފިހާރައަކީ ދިވެހިންގެ މެދުގައި މަގުބޫލު ކޮރެއާގެ ގިނަ ބްރޭންޑުތަކެއްގެ އުފެއްދުންތަކެއް ހުރި ތަނެކެވެ. 

ކޮރެއަން ބިއުޓީ ސްޓޯ ހުޅުވުމަށް އޮތް ހާއްސަ ހަރަކާތުގައި ބޮޑު ބެރު ޖަހަނީ. -- ފޮޓޯ: ނިޝާން އަލީ| މިހާރު
ކޮރެއަން ބިއުޓީ ސްޓޯ ހުޅުވުމަށް އޮތް ހާއްސަ ހަރަކާތުގައި ބޮޑު ބެރު ޖަހަނީ. -- ފޮޓޯ: ނިޝާން އަލީ| މިހާރު

އެ ތަނުގައި ސެންޓެއްލާ، އަނުއާ، ޑރ. އަލްތިއާ، ލައިނޭޖް، ބިއުޓީ އޮފް ޖޯސަން ފަދަ އެކި ބްރޭންޑުތަކުގެ އަދި ހަމުގެ އެކި މައްސަލަތަކާއި ހަމަށް ހާއްސަ ކޮށްފައިވާ ޕްރޮޑަކްޓުތައް ހުރެ އެވެ. އޭގެ އިތުރުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭނުންކުރާ 'ދަ އޯޑިނަރީ' އާއި 'ސެރާވޭ' ގެ އުފެއްދުންތައް ވެސް އެ ފިހާރައިން ގަންނަން ލިބޭނެ އެވެ.

ކޮރެއަން ބިއުޓީ ސްޓޯރުގެ އޮފިޝަލަކު ވިދާޅުވީ، އެ ފިހާރައަކީ ސަތޭކަ ޕަސެންޓު އޮތެންޓިކް، ޖެނުއިން ޕްރޮޑަކްޓުތައް ލިބެން ހުންނާނެ ތަނެއް ކަމަށެވެ. 

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ފިހާރަ ހުޅުވައިދެއްވައި، ފިހާރަ ބައްލަވާލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ފިހާރަ ހުޅުވައިދެއްވައި، ފިހާރަ ބައްލަވާލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެން މި ތަނުގައި ވިއްކާ ހުރިހާ ބްރޭންޑުތަކަކީ މިއީ ސީދާ އެ ބްރޭންޑުތަކުގެ އޮތޮރައިޒްޑް ރީސެލާކަން ހޯދައިގެން ގެނެސްގެން ވިއްކާ ޕްރޮޑަކްޓުތަކެއް. އެހެންވީމާ މި ތަނުން ލިބެން ހުންނަ ހުރިހާ ޕްރޮޑަކްޓަކީ ވެސް ޖެނުއިން ޕްރޮޑަކްޓުތަކެއް އަދި މިއީ މި ޕްރޮޑަކްޓުތައް ރާއްޖެ އިން ލިބޭނެ އެންމެ ރަނގަޅު އަގުގައި ވެސް ގަނެވެން ހުންނާނެ ތަން،" އޭނާ ވިދާޅުވި އެވެ. 

ކޮރެއަން ބިއުޓީ ސްޓޯ އިން ބުނީ، ހަމުގެ ބައެއް މައްސަލަތަކުގެ ފަރުވާ އަށް ބޭނުން ކުރުމަށް ޑޮކްޓަރުން އިރުޝާދު ދޭ 'ކްލިިނިކަލް' ގްރޭޑުގެ ބްރޭންޑެއް ކަމަށްވާ ސެރަވޭގެ ގިނަ ޕްރޮޑަކްޓުތަކެއް އެ ފިހާރައިގައި ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި އާއްމުކޮށް ރާއްޖެއިން ގަންނަން ނުލިބޭ ގިނަ ޕްރޮޑަކްޓުތަކެއް ވެސް ލިބެން ހުންނާނެ ކަމަށް ބުންޏެވެ. 

ފިހާރައިގައި ވިއްކާ ބައެއް ޕްރޮޑަކްޓުތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ފިހާރައިގައި ވިއްކާ ބައެއް ޕްރޮޑަކްޓުތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކޮރެން ބިއުޓީ ސްޓޯ އާއި މިފަދަ އެހެން ފިހާރަތަކާ އެންމެ ތަފާތު ކަމެއްގެ  ގޮތުގައި ފާހަގަކުރީ އެ ތަނުގެ މުވައްޒަފުންނަށް ދީފައިވާ ސްކިންކެއާ ތަމްރީނެވެ. އެ މުވައްޒަފުންނަކީ ހަމުގެ މައްސަލަތަކަށް ތަމްރީނު ދީފައިވާ ބަޔަކަށް ވުމުން ކަސްޓަމަރުންގެ "ސްކިން ކޮންސާންތައް" ކިޔައި ދިނުމުން އެ މީހަކަށް އެންމެ އެކަށީގެންވާ ޕްރޮޑަކްޓުތައް ރިކޮމެންޑުކޮށް، ސްކިންކެއާ ރޫޓިންއަކަށް ބޭނުން ކުރަންވީ ހުރިހާ ޕްރޮޑަކްޓެެއްގެ މައުލޫމާތު ދޭނެ އެވެ. 

ކޮރެއަން ބިއުޓީ ސްޓޯގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ކޮރެއަން ބިއުޓީ ސްޓޯގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކޮރެއަން ބިއުޓީ ސްޓޯއިން ރާއްޖޭގެ އެކި ހިސާބުތަކަށް ޕްރޮޑަކްޓުތައް ފޯރުކޮށްދިނުމުގެ ގޮތުން ހޯލްސޭލްކޮށް ވެސް މި އުފެއްދުންތައް ވިއްކަ އެވެ. އެ ފިހާރައިން ބުނީ އާއްމުނަށް ހެޔޮ އަގުގައި މި ޕްރޮޑަކްޓުތައް ފޯރުކޮށްދިނުމުގެ ގޮތުން ހޯލްސޭލަރުންނަށް ވެސް މި ޕްރޮޑަކްޓުތައް ވިއްކަނީ ހެޔޮ އަގުތަކެއްގައި ކަމަށެވެ. 

މި ތަނުގައި ސްކިންކެއާ ޕްރޮޑަކްޓުތަކުގެ އިތުރުން ބުޅި އިސްތަށިގަނޑަށް ހާއްސަ ބްރެޒިލްގެ ހެއާކެއާ ބްރޭންޑު ސަމްބާގެ ޕްރޮޑަކްޓުތަކާއި އެކި ހެއާކެއާ ޕްރޮޑަކްޓުތަކާއި އެސެސަރީތައް ވެސް ވިއްކަ އެވެ. އެތަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެޔޮ އަގުގައި ލިބޭނެ، ދިވެހިންގެ މެދުގައި މަގުބޫލު މޭކަޕް ބްރޭންޑެއް ތައާރަފް ކުރުމަށެވެ. 

މި ފިހާރަ ރޭ ހުޅުވުމަށް ފަހު، މިރޭ 8:30 ގެ ނިޔަލަށް 24 ގަޑިއިރަށް ހުރިހާ ޕްރޮޑަކްޓަކުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. 

މި ފިހާރައިގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ވެސް އޮންލައިންކޮށް ވިޔަފާރިކުރެވޭނެ އެވެ. އޮންލައިންކޮށް ކުރާ ވިޔަފާރިތަކަށް އެ ފިހާރައިން ޑެލިވަރީގެ ހިދުމަތް ހިލޭ ދެ އެވެ. ރަށްރަށުން ދޭ ރީޓެއިލް އަދި ހޯލްސޭލް އޯޑަރުތަކަށް ވެސް ބޯޓަށް ޑެލިވަރީ ކޮށްދެ އެވެ.