މުބާރާތުގެ އިވެންޓެއްގައި އައްޔަ ވާދަ ކުރަނީ: ދެ އިވެންޓްގެ ފައިނަލު ބުރުން އައްޔަ އަށް ވަނީ ނާކާމިޔާބު ވެފަ --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
04 އޯގަސްޓް 2022 - 18:21
ރާއްޖޭގައި މިހާރު ކުރިއަށްދާ ބޮޑީ ބޯޑިން ވޯލްޑް ޓްއާ މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ވަދަކުރި ދެ ކެޓަގރީގެ ވެސް ފައިނަލު ބުރުގެ މަރުހަލާތަކުން މިއަދު ނާކާމިޔާބާ ކުރިމަތި ވެއްޖެ އެވެ.
ފިރިހެންުންގެ ސީނިއާ ކެޓަގަރީން އައްޔަ ވަކިވާން ޖެހުނީ ކުއާޓާ ފައިނަލުގައި ދުނިޔޭގެ ރޭންކިންގެ ދެވަނަ އެމެރިކާގެ ޓޭނާ މެކް ޑެނީލް އަތުން ބަލިވުމުންނެވެ. ޑްރޮޕް ނީ އިވެންޓްގައި އޭނާ އަށް ނާކާމިޔާބު ވީ ސެމީ ފައިނަލުގަ އެވެ
އައްޔަ ވަނީ ތިންވަނަ ބުރުގައި ޓޭނާ ބަލިކޮށްފަ އެވެ.
މިއަދު ކުއާޓާ ފައިނަލުގައި އައްޔަގެ މައްޗަށް ޓޭނާ އަށް ކުރި ހޯދުނީ ކުޑަ ތަފާތަކުންނެވެ. ޓޭނާ ހޯދީ 13.8 ޕޮއިންޓެވެ. އައްޔަ އަށް ހޯދުނީ 12.70 ޕޮއިންޓެވެ. ކުއާޓާ ފައިނަލުގައި ނާކާމިޔާބާ ކުރިމަތިވި ނަމަވެސް އައްޔަ ވަނީ ރާއްޖޭގެ ބޮޑީ ބޯޑިންގައި ތާރީހީ ކާމިޔާބެއް ހޯދައިފަ އެވެ. އޭނާ އަކީ ވޯލްޑް ޓްއާ މުބާރާތެއްގެ ފައިނަލު ބުރާ ހަމައަށް ދިޔަ ރާއްޖޭގެ ބޮޑީ ބޯޑިންގެ ފުރަތަމަ އެތުލީޓެވެ.
ޓޭނާ ވަނީ މިހާރު މުބާރާތުގެ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ. ފައިނަލުގައި އޭނާ އާ ވާދަކުރާނީ ރަޝިއާގެ ޓްރިސްޓަން ރޮބަޓްސް އެވެ.
ޑްރޮޕް ނީ އިވެންޓްގެ ސެމީ ފައިނަލުގައި އައްޔަ ބަލިވީ އެމެރިކާގެ ހަވާއިގެ ޑޭވިޑް ހަބާޑް އަތުންނެވެ. އެ ކެޓަގަރީގައި މިއަދު އައްޔަގެ ޕާފޯމަންސް ދިޔައީ ދަށް ކޮށެވެ. ހަބާޑް ވަނީ 13.25 ޕޮއިންޓް ހޯދައިފަ އެވެ. އެ ކެޓަގަރީގެ ފައިނަލުގައި ހަބާޑް އާ ވާދަކުރނީ ފްރާންސްގެ އަމައުރީ ލެވާން އެވެ އެވެ. އޭނާ ފައިނަލަށް ދިޔައީ ފްރާންސްގެ އެހެން އެތުލީޓެއް ކަމަށްވާ ފަބިއަން ތޭޒާ ބަލި ކުރުމަށް ފަހު އެވެ. އަމައުރީ ވަނީ 13 ޕޮއިންޓް ހޯދައިފަ އެވެ. ތޭޒާ އަށް ސްކޯ ކުރެވުނީ 10.15 ޕޮއިންޓެވެ.
މުބާރާތުގެ ފައިނަލު އިވެންޓްތައް މާދަމާ އޮންނާނެ އެވެ. ޖުނިއާ ފައިނަލުގައި ރާއްޖޭގެ އާމިން އުމަރު މޫސާ ވާދަ ކުރާނެ އެވެ. ފައިނަލުގައި އޭނާ އާ ދެކޮޅަށް ނުކުންނާނީ ސްޕެއިންގެ ކެނެރީ އައިލެންޑަށް ނިސްބަތްވާ ގެބްރިއަލް މޮރލީނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމިއްޓޭ
04 August 2022
އެހެންވާނީ ދެދުވަހަކު މޮޅަށް ކަމެއްކޮއްލެވޭ އިރަށް ހޭރި ތިމާވަރެއް ނެތިގެން އުޅުނީ.