ކުޅިވަރު / ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ކްރޮއޭޝިއާގެ ޗެމްޕިއަނުން ޗެލްސީ ބަލިކޮށްފި

ޒަގްރެބުން ޗެލްސީ ކޮޅަށް އެޓީމު މޮޅުވި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޒަގްރެބް (އޮގަސްޓް 7) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ކްރޮއޭޝިއާގެ ޗެމްޕިއަން ޑައިނަމޯ ޒަގްރެބުން އަމިއްލަ ދަނޑުގައި ޗެލްސީއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްފި އެވެ.

ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ދެޓީމު ކުޅުނު ފުރަތަމަ މެޗުގައި ޒަގްރެބުން ލަނޑު ޖެހުމުގެ ކުރިން ޗެލްސީގެ ރަހީމް ސްޓާލިން އަށާއި ޕިއޭ އެމެރިކް އޮބާމެޔަންގް އަށް ވަނީ ޗެލްސީ އަށް ލީޑު ނަގައިދޭން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.

އޮބާމެޔަންގް ތަނަވަސްކުރި ފުރުސަތެއްގައި ސްޓާލިން ފޮނުވާލި ބޯޅަ ޒަގްރެބުގެ ޑިފެންޑަރެއް ބްލޮކް ކުރި އިރު، ކައި ހަވާޓްޒް ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ އޮބާމެޔަންގް އަށް ލިބޭގޮތެއް ނުވި އެވެ. މިއީ އޮބާމެޔަންގް ޗެލްސީ އަށް ބަދަލުވެ އެޓީމުގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ޒަގްރެބުން ލަނޑު ޖެހީ މެޗުގެ 13 ވަނަ މިނިޓުގައި ލިބުނު ކައުންޓާ އެޓޭކެއްގައި މިސްލާވް އޯސިޗެވެ. ދަނޑުގެ މެދަކާ ހަމައިން އޭނާ ވަނީ ބޯޅަ ހޯދައިގެން، ޗެލްސީގެ ޑިފެންޑަރު ވެސްލީ ފޮފާނާއަށް ބޯޅަ ހޯދަން ފުރުސަތު ނުދީ މުޅިން ހުސްކޮށް އޭރިއާ ތެރެއާށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޯސިޗަކީ ޗެމްޕިއަންސް ލީގު ކޮލިފައިންގައި އެޓީމުގައި މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ.

އޭގެ ފަހުން އެޓީމުގެ ކެޕްޓަން އަރިޖާން އަޑޭމީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ދިފާއު ކުރި އެވެ. މިއީ ޗެލްސީގެ ކީޕަރު ކެޕާ ވެސް މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އޭނާ އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ މާޗު މަހު އެފްއޭ ކަޕުގަ އެވެ.

ދެވަނަ ހާފު ފެށިގެން ބެން ޗިލްވެލް ޖައްސާލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޮބާމެޔަންގް ލަނޑެއް ޖެހި ނަމަވެސް، ޗިލްވެލް އަށް ބޯޅަ ލިބުނު އިރު އޮފްސައިޑުގައި ހުރުމުން އެ ގޯލު ބަލައެއް ނުގަނެ އެވެ. ޗެލްސީ އިން ކުރިއަށް ޖެހިގެން އިތުރު ހަމަލާއެއް އުފައްދަން މަސައްކަތް ކުރަނިކޮށް ޒަގްރެބުން ވަނީ ދުރުން ފޮނުވާލި ހަމަލާއެއްގައި ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ސްޓެފާން ރިސްޓޯވްސްކީ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ދިފާއު ކުރަން ފުންމާލި ކީޕަރު ކެޕާ އަތުގައި ޖެހުނު ނަމަވެސް ސަލާމަތްވީ ގޯލު ދަނޑީގައި ޖެހުމުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރި ވެފައި ވަނިކޮށް ގޯލު ކުރިމަތީ ހުސްކޮށް ހުރެ ހަވާޓްޒް ބޮލުން ފޮނުވާލި ބޯޅައެއް، އޭނާގެ ފަހަތުގައި ހުރި ޒަގްރެބްގެ ރޮބާޓް ލޫބިސިޗް ވަނީ ކުރިމައްޗަށް ނުކުމެ ބޮލުން ދިފާއު ކޮށްފަ އެވެ. ރީސް ޖޭމްސް ފޮނުވާލި ހަމަލާއެއް ގޯލު ކަދަނޑީގައި ޖެހުނު އިރު، މޭސަން މައުންޓް ފޮނުވާލި ހަމަލާއެއް ކީޕަރު ޑޮމިނީކް ލިވާކޮވިޗް ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގެ 75 މިނިޓާ ހަމައަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ފަސް ބަދަލު ކޮށްފަ އެވެ. ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އާއި އޮބާމެޔަންގާއި ސްޓާލިން އަދި މަޓެއޯ ކޮވަސިޗާއި ބެން ޗިލްވެލްގެ ބަދަލުގައި ބެންޗުން އެރުވީ، ޖޯޖީނިއޯ އާއި ހަކީމް ޒިޔެޝް އާއި މާކް ކުކުރޭޔާ އަދި ކްރިސްޓިއަން ޕުލިސިޗްގެ އިތުރުން ޒުވާން ފޯވާޑް އާމަންޑޯ ބްރޯޔާ އެވެ. ނަމަވެސް ޒަގްރެބުން ވަނީ ޗެލްސީގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ.

ޗެލްސީގެ ކޯޗު ޓުޗެލް ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހުން ފާޅުކޮށްގެން އޭނާ އަށް ވަނީ މި މެޗުގައި ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.

ޒަގްރެބުން ވަނީ ޔޫރަޕުގައި ލަންޑަނުގެ ކުލަބުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގައި ވެސްޓޤ ހޭމް ބަލިކުރި އިރު، އޭގެ ކުރީ ސީޒަނުގައި ގަދަ 16 ގެ ދެވަނަ ލެގުގައި ތަފާތު ބޮޑުކޮން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ. އަދި 2015 ވަނަ އަހަރު ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި އާސެނަލް ވެސް ބަލިކުރި އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލެއްގިކޮމިޝަނަރ

07 September 2022

މިނިމިދިޔަ ޓްރާންސްފާ މާކެޓްގަ ޗެލްސީއަށް ގަނެފައިވާ ކުޅުންތެރިންނަށް ބަލާލީމަވެސް އިގޭ ކޮށްފަހުރީ ބޭކާރު ޚަރަދު ތަކެއްކަން. އެކިއެކި ކުލަބުތަކުން ބޭނުންނެތިގެން އުކާލި ކުނިހޮވައިގެން މިޒަމާނުގެ ފުޓްބޯޅަ ނުކުޅެވޭނެކަން އެމެރިކާގެ ޔަހޫދީ އޯނަރަށް މިހާރު އެގޭނެކަމަށް ހީކުރަން. މިފަހަރު ތިޚަރަދުކުރި 273މިލިއަން ޕައުންޑް ބަރޯއަކަށް އަޅާލައިގެން ގެންގޮސް ވެމްކޯއާ ހަވާލުކުރންކަހަލަ ނަތީޖާއެއް މިފަހަރު ތިލިބިނީ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

07 September 2022

ސާބަހޭ ބްރަދާ.100ގެ ކޮމެންޓެއް.އެކުވެރި @ކޮންޓެ ގެ ކިބަިއން މާފަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454