ކުޅިވަރު / ފީފާ

އިޒްރޭލުން 300 އަށް ވުރެ ގިނަ ކުޅުންތެރިން މަރާލައިފި، ފީފާ ކަނުވެ ބީރުވެ މަންމަންވެފައި

27 ނޮވެމްބަރ 2024 - 08:42

4 comments

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގައި 341 ފުޓްބޯލަ ކުޅުންތެރިން މަރާލައިފަ އެވެ.

ރަޝިއާ އިން 2022 ވަނަ އަހަރު ޔޫކްރޭނަށް ހަމަލާ ދޭން ފެށުމުން ފީފާ އާއި ޔޫއެފާ އަދި އެ ނޫން ވެސް ކުޅިވަރުގެ މައި އިދާރާތަކުން ރަޝިއާ އަށް ވަގުތުން ފިޔަވަޅު އަޅައި، ކުޅިވަރުގެ ހަރަކާތްތަކުން ސަސްޕެންޑް ކުރި އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި އެއްވެސް ކުޅިވަރު އިދާރާއަކަށް އެތަނެއް ނުފެނުނެވެ.

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދޭން ފެށުމާ އެކު ބަދަލު ހިފުމަށް ލުބްނާންގެ ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދޭން ފެށުމުން، ސެޕްޓެމްބަރު މަހުން ފެށިގެން އިޒްރޭލުން އަންނަނީ ލުބްނާނަށް ވެސް ހަމަލާ ދެމުންނެވެ.

ލުބްނާނަށް ދޭ ހަމަލާތަކުގައި އެގައުމުގެ ހަ ކުޅުންތެރިޔަކު ވަނީ މަރާލައިފަ އެވެ. އިޒްރޭލުން ދިން ހަމަލާގައި ލުބްނާނުގެ އަންހެން ގައުމީ ޓީމުގެ 19 އަހަރުގެ ކުޅުންތެރިޔަކަށް ޒަހަމްވެ، އޮތީ ސީރިއަސް ހާލަތެއްގަ އެވެ. ހަމަލާތަކާ ގުޅިގެން ލުބްނާނުގެ ފުޓްބޯޅަ ހަރަކާތްތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

އިޒްރޭލުގެ ކްލަބްތައް ފީފާ އާއި ޔޫއެފާ މުބާރާތްތަކުގައި ބައިވެރިވަމަށް އެއްވެސް ހުރަހެއް ނެތެވެ. އަދި އެގައުމުން ވަނީ ނޭޝަންސް ލީގުގައި ވެސް ކުޅެފަ އެވެ. އިޒްރޭލުގެ ހޯމް މެޗުތައް ކުޅެމުން އަންނަނީ ހަންގޭރީގަ އެވެ. ކްލަބް ފުޓްބޯޅައިގައި ޔޫރޮޕާ ލީގު ކުޅޭ އިޒްރޭލުގެ ކްލަބްގެ ހޯމް މެޗުތައް ކުޅެނީ ސާބިއާގަ އެވެ. ބައެއް ގައުމުތަކާ ދެކޮޅަށް ކުޅޭ އަވޭ މެޗުތައް ހަންގޭރީގައި ވެސް ކުޅެ އެވެ. ނަމަވެސް ޕޯޗުގަލް، ނެދަލެންޑްސް، ނޯވޭ، އިޓަލީ އަދި ފްރާސަށް ގޮސް އިޒްރޭލު ކުޅުންތެރިން ވަނީ އަވޭ މެޗުތައް ކުޅެފަ އެވެ.

މި މަހުގެ ހަތްވަނަ ދުވަހު ޔޫރޮޕާ ލީގުގައި ނެދަލެންޑްސްގެ އަޔެކްސްއާ ދެކޮޅަށް އެމްސްޓަޑޭމްގައި ކުޅުނު މެޗުގެ ކުރިން ތެލް އަވީވްގެ ސަޕޯޓަރުންތަކެއް ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. އެގޮތުން އެ ސިޓީގައި ހުރި ފަލަސްތީނުގެ ދިދަތަކެއް ނަގައި އެއްލާލަލި އެވެ. އެ ސަރަހައްދުގައި ހަރަކާކާތްތެރިވި އާއްމުންނަށް ހަމަލާދީ، މަރުގެ އިންޒާރު ވެސް ދިން ކަމަށް ނެދަލެންޑްސްގެ ލޯކަލް މީޑީއާތަކުން ބުންޏެވެ.

އެ މެޗު ކުރިއަށް ގެންދިޔައީ ބައި ލައްކައަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. މެކާބީ ތެލް އަވީލް ވަނީ އެ މެޗުން 5-0 އިން ބަލިވެފަ އެވެ.

ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅި ނަމަވެސް، އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް އަޅަން ފީފާ އަށް ވަނީ ނުކުޅެދިފަ އެވެ. ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން 2014 ވަނަ އަހަރުން ފެށިގެން ފީފާގައި އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލަމުން އައި ނަމަވެސް މިއަދާ ހަމައަށް އިޒްރޭލުގެ އެއްވެސް އަމަލެއް ކުށްވެރި ކުރަން ފީފާ ވަނީ ފަސްޖެހިފަ އެވެ.

ޔޫރަޕްގެ ބައެއް އެސޯސިއޭޝަންތަކުން ރަޝިޔާއާ ދެކޮޅަށް ކުޅެން ދެކޮޅު ހެދި އިރު، ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ވަނީ 2022 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ކުޅެން ރަޝިޔާ އަށް ދަތުރު ނުކުރާނެ ކަމަށް ބުނެފަ އެވެ. މިއާ އެކު ރަޝިޔާގެ ސަބަބުން އެހެން ގައުމަކަށް އޭގެން ނުރައްކަލެއް ވެދާނެ ކަމަށް ބަލައި ރަޝިޔާގެ ޓީމުތައް މުބާރާތްތަކުގައި ބައިވެރިވުން މަނާ ކުރި އެވެ.

އެއާ ހިލާފަށް އިޒްރޭލުން ޔޫއެފާގެ މެމްބަރެއްގެ ގޮތުގައި އޮންނަތާ 30 އަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ޔޫރަޕްގެ އެއްވެސް އެސޯސިއޭޝަނަކުން އެގައުމުގެ ގައުމީ ޓީމާއި ކްލަބްތަކާ ދެކޮޅަށް ކުޅެން ވެސް ދެކޮޅު ހަދާފައެއް ނުވެ އެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީންނާއި އިނގިރޭސީން ވެގެން 1928 ވަނަ އަހަރު، ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަން އުފައްދައި، ފީފާގެ މެމްބަޝިޕް ހޯދައި މެންޑެޓަރީ ފަލަސްތީން ގައުމީ ޓީމް ނަމުގައި މުބާރާތްތަކުގައި ވާދަކުރަން ފެށި އެވެ. އެއަށް ފަހު 1948 ވަނަ އަހަރު އިޒްރޭލް އުފެދުމާ އެކު، އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަންގެ ނަމަށް ބަދަލު ކުރީ އެވެ.

އޭޝިއާ ފުޓްބޯޅައިގެ މައި އިދާރާގެ ދަށުގައި 1954 އިން ފެށިގެން އޮތް އިޒްރޭލާ ދެކޮޅަށް ކުޅެން އަރަބި ގައުމުތަކުން ދެކޮޅު ހެދުމާ ގުޅިގެން އެ ގައުމު އޭއެފްސީން ވަކިވީ 1974 ގަ އެވެ. އަދި ޔޫއެފާއާ ގުޅުނީ 1992 ވަނަ އަހަރެވެ.

ފަލަސްތީނުގެ އަރަބިން ތަމްސީލުވާ ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަން އުފެދުނީ 1962 ގަ އެވެ. އަދި 1974 ގައި އަރަބި ފުޓްބޯޅަ ޔޫނިއަން އުފެއްދީ ފަލަސްތީނު ވެސް އެކުވެގެންނެވެ. ފަލަސްތީނަށް ފީފާ އާއި އޭއެފްސީ މެމްބަރުކަން ލިބުނީ 1998 ވަނަ އަހަރެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހި ބޯޅަ

27 November 2024

ގިނަ ދިވެހިންވެސް ތިބީ ރަޝިޔާއާ ދެކޮޅަށް ކުޅެލަން ދެކޮޅު ހަދާ އަދި ފަލަސްތީނުގައި ލޭއޮހޮރުވަމުން ގެންދާ އިޒްރޭލާ ދެކޮޅަށް ކުޅެން އެއްވެސް ދެކޮޅެއް ނުހަދާ ޔޫރަޕް ޓީމުތަކާ އެކު... ހޯޕް ހޯޕް ކިޔަން ފޫގަޅައިގެން...!!!

The name is already taken The name is available. Register?

ދިރާސީ

27 November 2024

އިންސާނީ ހައްގޭ ކިޔައި ވަކާލާތު ކުރި ހުރިހާ ބޮޑެތި ގައުމުތައްވެސް ވަނީ ނުކުޅޭދިފައި. އަދި އެގޮތަށް މިގައުމުގައި އޮތް މާ ޑެމޮކުރަސީ ވެގެން އުޅޭ ބަޔަކާއި އެޕާޓީ އަދި އެޔަށް ސަޕޯޓުކުރާ މީހުންވެސް އެފަދަ. އަސްލަކީ އިހުލާސްތެރިކަމެއް ނެތުން. އަހަރެމެން ހޭލަންވީ. މިފަދަ މީހުންގެ މަޅިތަކުން ސަލާމަތްކުރައްވާށިއެވެ.

The name is already taken The name is available. Register?

ޔަހޫދީ އިސްތިގުލާލު

27 November 2024

ބާރު ހޯދި ގެން ނޫނީ އާރުލާ ކަމެއް ނުކުރެވޭނެ..އިސްލާމީ އުންމަތޭ ވަހުދަތޭ ދުލުން ކިޔަނީ......ތިބީ އެއްބަޔަކު ޢަނެއް ބައެއްގެ ބުރަކައްޓަށް ވަޅިހަރަން ތައްޔާރު ވެގެން.. އަމިއްލަ އިސްތިގުލާލުއޮތް ކަމަށް ކދެކެވެނީ އެމެރިކާގެ ބޭސް އެއް އަމިއްލަ ގައުމުގައިބޭއްވުނިއްޔާ....އަމިއްލަ އަށް ޔަހޫދީންނަށް ވެގެން ތިބެ ދެން ކޮން އިޒުރޭލޭ އަނިޔާ އޭ ކިޔާކަށް..

The name is already taken The name is available. Register?

ދުނިޔެ

27 November 2024

ދުނިޔެ ލީޑް ކުރަނީ ޔަހޫދީން އާޙިރަތުގައި ފުއްޕާފަ އުޅެވޭނެތަ ނުއުޅެވޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454