ގޯލްޑް ކަޕްގައި ހއ. ދިއްދުއާ ދެކޮޅަށް ކުޅުނު މެޗުގައި، ބ. އޭދަފުށީގެ ސަޕޯޓަރުން ބްރެޒިލްގެ ދިދަ ހިފައިގެން ޓީމަށް ސަޕޯޓް ކުރަނީ
15 ޑިސެމްބަރ 2024 - 11:51
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ވާދަކުރާ ބ. އޭދަފުށީ ޓީމުގެ ސަޕޯޓަރުން، ސޯޝަލް މީޑިއާގައި އެ ރަށަށް ނިސްބަތް ކުރާނީ ރާއްޖޭގެ ބްރެޒިލްގެ ގޮތުގަ އެވެ. މިއީ ގޯލްޑް ކަޕްގެ ކުރިން ވެސް އޭދަފުއްޓަށް އެ ރަށުގެ ބައެއް ޒުވާނުން ނިސްބަތް ކުރާ ޓެގްލައިނެކެވެ. ގޯލްޑް ކަޕްގައި އޭދަފުށިން ދައްކަމުންދާ ކުޅުމާ އެކު އެ ޓެގްލައިން މިހާރު ވަނީ ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ.
ދެ ވަނަ ބުރުގައި އޭދަފުށީގެ ފަހު މެޗުގައި ހޮނިހިރު ދުވަހު، ހއ. ދިއްދުއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ރަށުގެ ބައެއް ސަޕޯޓަރުން ވަނީ ދަނޑުގައި ބްރެޒިލްގެ ދިދަ ހިފައިގެން ޓީމަށް ސަޕޯޓްކޮށްފަ އެވެ. މަރުގެ ތުންފަތް މައްޗަށް އޭދަފުށި ވެއްޓިފައި ވަނިކޮށް، އެކަން ބަދަލުކުރުމުގައި އެ ރަށު ޓީމަށް އެންމެ ބޮޑު އެހީއެއް ވީ، އެ ސަޕޯޓަރުން ދިން ސަޕޯޓެވެ.
އޭދަފުއްޓަކީ ރާއްޖޭގެ ބްރެޒިލް ހެއްޔެވެ؟ އެ ޓީމުގެ ކޯޗު އާފިއު މުހައްމަދު ހަމީދު (އާފީ) ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި އޭދަފުއްޓަކީ ބްރެޒިލް ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.
"ތީ ޝައްކެއް އޮތް ކަމެއް ނޫނެންނުން،" އާފީ ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި އޭދަފުށިން ދަމަހައްޓާ ނުފޫޒާއި ގައުމީ ޓީމުގެ ކާމިޔާބުގައި އެ ރަށުގެ ކުޅުންތެރިންގެ ހިއްސާ ބޮޑުވުމުން، އެ ޓެގްލައިނަކީ އެދަފުއްޓަށް ހައްގު ޓެގްލައިނެއް ކަމަށެވެ.
އޭދަފުށީގެ ސަޕޯޓަރުން
"ގައުމީ ޓީމުގައި އެއް ރަށަކުން އެންމެ ގިނަ ކުޅުންތެރިން ތިބޭނީ އޭދަފުށީގައި. އެކަން ދަމަހައްޓަމުން އެ ދަނީ. ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމަށް ވެސް އޭދަފުށީގެ އާ ކުޅުންތެރިން ފެންނާނެ. އެކަން މެއިންޓެއިން ކުރެވޭނެ،" އޭނާ ބުންޏެވެ.
ޒަމާނުންސުރެ ބްރެޒިލް މަޝްހޫރު ވެފައި ވަނީ ގިނަ އަދަދަދަކަށް ދުނިޔޭގެ ފެންވަރުގެ ތަރިން އުފައްދާ ގައުމެއްގެ ގޮތުގަ އެވެ. އެ ގައުމުގެ ގައުމީ ޓީމުގައި ވޯލްޑް ކްލާސް ކުޅުންތެރިން ނެތް ދުވަސްވަރެއް ނުދެ އެވެ.
އާފީ ބުނީ، ރާއްޖޭގެ ފެންވަރުގައި އެންމެ ގިނައިން އެންމެ މޮޅެތި ކުޅުންތެރިން ފުޓްބޯޅަ އަށް ނެރެދޭ ރަށަކީ އޭދަފުށި ކަމަށެވެ.
އޭދަފުށީގެ ސަޕޯޓަރުން
"ރާއްޖޭގެ ފެންވަރުގެ ތަރިން އެންމެ ގިނައިން އަންނާނީ އޭދަފުށިން،" ބްރެޒިލްގެ ޓެގް ލައިން އެ ރަށަށް ނިސްބަތް ކުރާ ސަބަބުތަކާ ބެހޭގޮތުން އާފީ ވާހަކަ ދެއްކި އެވެ.
އޭދަފުށީ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުން އެންމެ ފުރަތަމަ ފުރުސަތު ހޯދި މާލޭން ބޭރު ކުޅުންތެރިޔަކީ އެ ރަށު އަބްދުލް ވާހިދު (ވާޑޭ) އެވެ. ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ކުރީގެ ކުޅުންތެރިޔާ ވާހިދު ވަނީ ރާއްޖޭން 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރިހި މެޑަލް ހޯދިއިރު ގައުމީ ޓީމަށް ކުޅެފަ އެވެ.
އޭގެ ފަހުން މިހާތަނަށް އޭދަފުށީގެ ހިއްސާ ނެތި ރާއްޖޭގެ ގައުމީ ޓީމު މުބާރާތެއްގައި ވާދަކޮށްފައެއް ނުވެ އެވެ. ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގެ ތަށި ދެ ފަހަރު ހޯދި އިރު ވެސް އެ ކާމިޔާބުގައި މުހިންމު ދައުރެއް އޭދަފުށީގެ ކުޅުންތެރިން އަދާކުރި އެވެ.
އޭދަފުއްޓާއި ދިއްދޫ ކުޅުނު މެޗުގައި، އޭދަފުށީގެ ފާސިރު، ދިއްދޫގެ ކީޕަރު ކަޓުވާލުމަށް ފަހު ބޯޅަ ފޮނުވާލަނީ
"ބްރެޒިލްގެ" ޓެގްލައިން އޭދަފުއްޓަށް ދިނުމާ މެދު ވާހިދު ހިޔާލު ތަފާތެވެ. އޭނާ ބުނީ އޭދަފުއްޓަކީ ކޮންމެހެން އެހެން ބައެއްގެ ޓެގްލައިނެއް ކޮޕީ ކުރަން ޖެހޭ ރަށެއް ނޫން ކަމަށެވެ.
"އޭދަފުއްޓަކީ އޭގެ ޒާތުގައި އަމިއްލަ ބްރޭންޑެއް،" ވާހިދު ބުންޏެވެ.
އޭނާ ބުނީ ބްރެޒިލް ނުވަތަ އާޖެންޓީނާއޭ މުހާތަބުކޮށް އޭދަފުއްޓަށް ނިސްބަތްކުރަން ޖެހޭކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ. އެކަމަކު އެ ރަށުގެ ގިނަ ރައްޔިތުންނާއި ސަޕޯޓަރުން އެ ރަށް މަޝްހޫރުކުރަނީ ބްރެޒިލްގެ ގޮތުގަ އެވެ. ދިވެހި ފުޓްބޯޅަ އާއިލާ އިން ވެސް ވަނީ އެ ގޮތުގައި އޭދަފުށި ބަލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮލް
16 December 2024
ތިއީ އިންޑިޔާ ޓީމު. ޗެތުރީ އެފެންނަނީ
ހުސޭނުބޭ އިންނަމާދޫ
16 December 2024
ހުރާގެ ކާމިޔާބީ އޭދަފުއްޓަށްވުރެ މާ ބޮޑު
އަހުމަދު20
15 December 2024
އަދިވެސް 90 އަހަރުތަކުގެ ވިސްނުމުގަ....އަމިއްލަ ވަންތަކަން އިސްކޮށްބަލަ....ކޮން ބްރެޒިލެއް ފްރާންސެއް މެސީއެެއް ރޮނާލްޑޯއެއް ކިޔާކަށް....އޭދަފުއްޓަކީ އޭދަފުށި..މާލެއަކީ މާލެ...އައްޑޫވާނީ އައްޑުއަށް....މިހުންނަނީ ކިހާ ރީތި ބްރޭންޑް ނަންތައް
88844ޟުސް
15 December 2024
ކީއްވެގެންބާ މިއުޅެނީ. ކޮންޗެއްބާ އޭދަފުށީ ފޮނީ. ފޮނި ބައެއްނޫން އެރަށަކީ މީހުންބަށް ހެޔޮލަފާ ރަށެއް... ޒުވާބާއި ފޮނިކެނޑުން ކޮންމެރަށެއްގާވެސް އޮވޭ.. ހިޔާލު ތަފާތު މީހުން އުޅޭނެ ކޮންމެ ރަށެއްގަވެސް...
އެންމެންއެކަށްޗެއް
18 December 2024
އެންމެން ފޮނި ނުވެދާނެ.. އެކަމުު މެޖީރިޓީއަކީ ވަރަށް ހިތްމޮޮޅު ބޮޑާ ކުޑަ މާޔެ ވެގެން އުޅޭ ބައެއް. ދެން ކަޑަ ނުޗެ ހަޖަމް ކުރޭ އެންމެން އެެކަށްޗެއް ކިޔާނި ކޮންމެވެސް ކަމެއް ވީމަ ދޯ.
މަސީހު (މެސީ)
15 December 2024
ބ. ބުރެޒިލް ހަމަ ރަނގަޅޭ. އޭދަފުށި އާޖެންޓީނާ. އެއީ ރަނގަޅުގޮތަކަށް ވާނީ.
އޭދަފުށީ ރައްޔިތެއް
15 December 2024
އޭދަފުއްޓަކީ އޭދަފުށި. ކޮން ބުރެޒިލްއެކޭ ކިޔާކަށް. ނޫސްތަކުން މިކަހަލަ މޮޅެތި ސުރުޙީ އަޅާނެ ގައުމީ ޓީމުކުޅޭ އިރުވެސް..ދެތިން މެޗެއް ކުޅެލާއިރަށް މިކަހަލަ ފޮނި ކަނޑާތީ މެޗުން ބަލި ވަނީ.
ބޭދަފުށި
15 December 2024
ހެހެ. ފޮނި ކެނޑިއަސް ނުކެނޑިއަސް މޮޅުވާންހުރި ބަޔަކު މޮޅުވާނެ. ފޮންޏާ ގުޅޭ ކަމެއްނޫން އެއީ
ެރގެރގެރގސދފ
15 December 2024
ނޫން. އެއީ މިރާއްޖޭގެ އިންޑިއާ. ފުލް އޮފް ޕޫ ސްމެލީ ޕީޕަލްސް
ބޮޑު ހަސަންބެ
15 December 2024
ބުރެސިލުކމެއް އިގޭނީ ފިއްލަދޫގެ ކުދިންނާ އެއްކޮށް ކުޅެލީމާ
ޢެޑްމުންޑޯ
15 December 2024
ލިއުމުގެ ސުރުޚީއަށް ކިޔާލާފައި ބުނަލަން ވޭނުންވަނީ އޭދަފުއްޓަކީ ރާއޖޭގެ ބުރުސްލީއޭ ،
ވެލާ އ
15 December 2024
ބްރެޒިލް އޭދަފުށި މިދެބަސް ގުޅުވީ އެޑަފުށި ރައްޔިތުންނެއް ނޫން. އެއީ 2016 މިނިވަން 50ގައި ސުޒެއިން kiyin އެއްޗެއް. އޭގެފަހުން އަލީ ވަހީދހވެސް މިފަދަ މޭރުމަކުން ވަނީ vaahaka ދައްކާފައެވެ. އެހެންވީމަ މި ހަބަރުގައި ރަނގަޅު ރިސާޗެއް ނުހަދާ ލިޔެފައި އޮތްކަން ވަނީ ފާހަގަ ކުރެވިފައި.