04 މެއި 2025 - 11:15
ކޯޗު ސޮބާހު މުހައްމަދާއި، ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ސްޕެއިންގެ ބާސެލޯނާގައި ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމެއް ފަށައިފި އެވެ.
މި ދެ ކޯޗުން ތަމްރީނު ވަމުން އަންނަނީ ބާސެލޯނާގައި ހުންނަ އެކްނޯ ކޯޗިން ޑިވެލޮޕްމެންޓް ޓުއާގަ އެވެ.
މިއީ ސޮބާ، ބާސެލޯނާގައި ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމެއްގައި ބައިވެރިވާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ބާސެލޯނާގައި ހުންނަ ޔޯހާން ކްރައިފް ސްޕޯޓްސް އިންސްޓްޓިޔުޓްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމަކާއި އެ ސިޓީގެ ޓޯވާ އެކަޑަމީގައި ވެސް ޓްރޭނިން ޕްރޮގްރާމެއް ފުރިހަމަކޮށްފަ އެވެ.
ވިކްޓަރީ އާއި ކުރީގެ ކްލަބް އައިއެފްސީގައި ކާމިޔާބު ހޯދި ކުރީގެ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) ގެ "މާއްޓޭ ސްޕޯޓްސް" ގެ އެގްޒެކެޓިވް ބޯޑް މެންބަރެއްގެ ގޮތުގައި ސޮބާ އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެކްނޯ ޓުއާގެ ދަށުން ޔޫއެފާ އާއި ލަލީގާ އަދި ބާސެލޯނާގެ ޕްރޮފެޝަނަލުންގެ ތަޖުރިބާ ހިއްސާ ކުރުމަށް ސެޝަންތަކެއް ކުރިއަށްގެންދާނެ އެވެ. ލަލީގާގެ ވަރުގަދަ ކްލަބެއް ކަމަށްވާ ވިޔަރެއާލް އަދި ޖިރޯނާގެ ސެންޓަރުތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ފޯރުކޮށްދީފައިވެ އެވެ.
މި ޕްރޮގްރާމަށް ދިއުމަށް ސްޕޯޓްސް މިނިސްޓްރީން ވެދިން އެހީތެރިކަން ސޮބާ ފާހަގަ ކުރި އެވެ. އަދި ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި މީހަކު ވެސް ސޮބާގެ ދަތުރަށް އެހީތެރިކަން ފޯރުކޮށްދިނެވެ.
މާއްޓޭ ބުނީ ޔޫތު ޑިވެލޮޕްމެންޓަށް ހާއްސަ ކޯޗިން ސެޝަންތަކެއް ވެސް އެ ޕްރޮގްރާމްގައި ކުރިއަށްގެންދާނެ ކަމަށެވެ.
އެ ޕްރޮގްރާމަށް ފަހު މާއްޓޭ ސްޕޯޓްސް އެކަޑަމީން ސޮބާ އަށް މުހިންމު މަސައްކތެއް ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް މާއްޓޭ ބުންޏެވެ.
"މާއްޓޭގެ ސްޕޯޓްސް އެކަޑަމީގައި ޓްރޭނިންތައް ބޭސް ކުރާނެ ގޮތުގެ ވަކި ޕްލޭނެއް ސޮބާ އެކުލަވާލާނެ،" މާއްޓޭ ބުންޏެވެ.
މިއީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރިލޭ މިފަދަ ޕްރޮގްރާމެއް ފުރިހަމަކުރާ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޮގްރާމް ފަށައިފި
04 May 2025
މަ ހީކުރީ އެ ދެ މީހުން އެތަނުގައި ކޯހެއް ހިންގަން ފެށީކަމަށް
އިހްސާސް
04 May 2025
ސޮބާމީ ފޮނި ކޯޗެއް.
ކްލިކްބެއިޓް
04 May 2025
މަހީކުރީ އެފްސީ ބާސެލޯނާގައި ކަމަށް. ދެން ސްޕެއިންގައޭ ޖަހާލިނަމަ.
ނޫން
04 May 2025
ބާސެލޯނާއަކީ ސިޓީއެއް...