ކުޅިވަރު / ބައްސާމް

ބައްސާމް ވިދާޅުވަނީ ޕެންޓްހައުސްއަކީ އޭނާގެ ތަނެއް ނޫން ކަމަށް

ބައްސާމް: އަމިން އެވިނިއުގައި އޭނާ ދިރިއުޅުނު ދެ ޕެންޓް ހައުސް އެޕާޓްމެންޓަަކީ އޭނާގެ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި

އެފްއޭއެމްގެ ފައިިސާ އިން އޭނާ ގަތް ކަމަށް ތުހުމަތުކުރެވޭ ދެ ޕެންޓްހައުސް އަަކީ އޭނާ ތަންތަނެއް ނޫން ކަމަށް އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާ އިން އޭނާ އަށް ކުރިމަތި ކުރި ސަސްޕެންޝަނުގެ މައްސަލަ ބައްސާމް ވަނީ ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓު (ކާސް) ހުށަހަޅައިފަ އެވެ. ބައްސާމަށް ފިޔަވަޅު އެޅީ ރަނގަޅަށްކަން ސާބިތުކުރުމަށް ފީފާގެ ގާނޫނީ ޓީމުން ވަނީ އޭނާ އަށް ތުހުމަތުކުރެވޭ ވަރަށް ގިނަ މައްސަލަތަކެއް ކާސް އަށް ހުށަހަޅައިފަ އެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ، ބައްސާމް ކުރިން ދިރިއުޅުނު ހުޅުމާލޭ ދެ ޕެންޓްހައުސްގެ މައްސަލަ އެވެ.

ކޯޓުގައި ފީފާގެ ގާނޫނީ ޓީމުން ބުނީ އަމިން އެވެނިއުގައި ހުންނަ ބައްސާމުގެ ދެ ޕެންޓްހައުސް އާއި އަދި އިތުރު އެޕާޓްމެންޓަކަށް މެއިންޓެނެންސް ފީ ނުދައްކައިގެން އަމިން އިން އޭނާގެ ނަން ލިސްޓެއްގައި ހިމަނާފައިވާ ކަމަށް ރާއްޖޭގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

2 penthouse aai apartment ah fee nudhakkaigen Amin Avenue ge list ah Bassam

2 penthouse aai apartment ah fee nudhakkaigen Amin Avenue ge list ah Bassam

The most trusted news source in the Maldives

Mihaaru

ދެ ޕެންޓް ހައުސް އާއި އެޕާޓްމެންޓަށް ފީ ނުދައްކައިގެން އަމިން އެވެނިއުގެ ލިސްޓަށް ބައްސާމް

"އަމިން" އިން ނެރުނު ލިސްޓްގައި ބައްސާމްގެ ފުރިހަމަ ނަމުގެ ބަދަލުގައި ލިޔެފައި ވަނީ އެހެން ނަމެއްކަން ވެސް ފީފާގެ ގާނޫނީ ޓީމުން ފާހަގަ ކުރި އެވެ. އެ ލިސްޓްގައި އޮތީ "ބައްސާމް އަލީ" ގެ ނަމެވެ.

އިސްތިއުނާފުގެ މައްސަލަ ބެލި ކާސްގެ ފަނޑިޔާރުންގެ ޓީމުން ބުނީ އެ ތަނަކީ ބައްސާމްގެ ތަނެއްކަން އެއިން ކަނޑައެޅޭނެ ޖާގައެއް ނެތް ކަމަށެވެ.

ބައްސާމް ވެސް ވިދާޅުވީ އޭނާގެ ނަމުގައި އެފަދަ އެއްވެސް "ރިއަލް އެސްޓޭޓް ޕްރޮޕަޓީ" އެއް ނުހުންނާނެ ކަމަށެވެ.

ބައްސާމް ކުރިން ދިރިއުޅެމުން ދިޔައީ ދެ ޕެންޓްހައުސް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމެންޓްގަ އެވެ. އެފްއޭއެމްގެ ފައިސާއިން އޭނާ ގަނެފައިވާ ތަނެއް ކަމަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އެތަން، ފުލުހުންނާ ހަވާލު ކުރަން ވެސް އެންގި އެވެ.

Bassam ge 2 apartment fuluhunnaa havaalu kohffi

Bassam ge 2 apartment fuluhunnaa havaalu kohffi

The most trusted news source in the Maldives

Mihaaru

ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި

އެ އެންގުމާ އެއްގޮތަށް އެތަން ފުލުހުންނާ އެތަން ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި ފަހުން ބައްސާމް ވަނީ އެ އެޕާޓްމެންޓް ހަވާލު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފަށް ވެސް ހުށަހަޅާފަ އެވެ. އެކަމަކު ހައި ކޯޓުން ނިންމީ އިސްތިއުނާފުގެ އެ މައްސަލަ ބަލައި ނުގަތުމަށެވެ.

Bassam ge 2 penthouse athuli massala HC ge Fandiyaarun ge majileehun ves balainugaiy

Bassam ge 2 penthouse athuli massala HC ge Fandiyaarun ge majileehun ves balainugaiy

The most trusted news source in the Maldives

Mihaaru

ބައްސާމްގެ ޕެންޓްހައުސް އަތުލި މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ބަލައެއްނުގަތް

އޭނާ އަށް، ފީފާއިން ކުރިމަތި ކުރި ސަސްޕެންޝަނުގެ މުއްދަތު މިދިޔަ މާޗު މަހު ވަނީ ނިމިފަ އެވެ. އޭގެ ކުރިން ފެބްރުއަރީ މަހު ކާސްއިން މައްސަލަ ނިންމީ، ފީފާއިން ބައްސާމަށް ފިޔަވަޅު އެޅީ ރަނގަޅަށް ކަމަށެވެ. ބައްސާމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކެއް މިހާރު ވެސް އަންނަނީ ރާއްޖޭގެ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.

25 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 0%
icon angry icon angry 96%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާލޭ

03 June 2025

މާލޭބޭފުޅުން ވައްކަން ކުރިޔަސް މައްސަލަޔަކަށް ނުވާނެ. އެސޮރު އެވިދާޅުވީނު. އެކަން އެނިމުނީނު

The name is already taken The name is available. Register?

އެއީ ބޭފުޅެއްތަ؟އެއީ ކޭހޮޅެއް

02 June 2025

ބައްސާމް ވިދާޅުވަނީއެ! ބައްސާމް ބުނަނީ.

The name is already taken The name is available. Register?

އަހް

02 June 2025

ރަނގަޅު ވާހަކައެއް! އެތަން ހުންނާނީ އެނާގެ ތިމާގެ ނުނީ ކޮންމެވެސް އެހެން މީހެއްގެ ނަމުގައި! އޮންނާނީ އެމީހަކާއި އެކު ރަނގަޅު އެގްރީމެއްޓެއް ހަދާފައި! މައްސަލަ ނިމުނީމާ ހަވާކު ކުރާގޮތަށް!!!

The name is already taken The name is available. Register?

ބަޑިތަކުރު

02 June 2025

އެތަންތަން ހުރީ އޭނާގެ ނަމުގައިތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހެއެވެ. ކުރިކުށަށް ހަރުކަށި އަދަބު ދެވުމާއެކު، އޭނާ ޖެހުނު ދައުލަތުގެ ފައިސާއިން ހޯދިކަން އެނގޭ މުދަލާއި ފައިސާއިން އޭނާ ޖެހުނު މިންވަރެއް ދައުލަތަށް ނެގެންވާނެއެވެ. އެހެންނޫނީ ދައުލަތް ލޫޓުވުން ހުއްޓުވޭނެގޮތެއް ނޯންނާނެއެވެ. އޭނާގެ ފަހުން ދެންއަންނަ މީހާވެސް ކެވުނުވަރަކަށް ކައިގެންދާނީއެވެ.

The name is already taken The name is available. Register?

ދޮންއާދަނު

02 June 2025

ދައުލަތުގެ ލާރިއެއްނޫން

The name is already taken The name is available. Register?

ތެފައާސާ.

02 June 2025

އެހެންވީމާ ފުރަތަމަ ބަލަންވީ އެހެންމީހެއްގެ ޕެންޓުހައުސްއެއް އަމިއްލަ ތަނަކަށް ހަދައިގެން ބައްސާމު އެތަނުގައި މިއޮތްހާދުވަހު ދިރިއުޅުނު މައްސަލައެއްނު؟

The name is already taken The name is available. Register?

ޖަގޭ

02 June 2025

މަށެއްނޫން! މަށެއްނޫން! މަށެއްނޫން!

The name is already taken The name is available. Register?

ކޯރޓޫ

01 June 2025

މި މައްސަލަ ނިމޭއިރު އެތަން އަނބުރާ ދޭން ތޯޗެއް ޖެހޭނީ.... މީ ވާ ރާއްޖެ އެއް.

The name is already taken The name is available. Register?

ގޮވެލި އޭއައި

01 June 2025

ބައްސާމުގެ ތަނެއް ނޫން. އެކަމު ބައްސާމު އެތަން ފުލުހުންނާ ހަވާލުކޮށްފި. ފީފާޔަށް ޔަޤީންބާ ތިޔަ ވާހަކަ ދެއްކެނީ ބައްސާމާކަން ނޫނީ ބައްސާމު އަލީކަން ނޫނީ ޑީޕު ފޭކަކާ ނޫންކަން؟ މީހަކު ހަލާކުވެދާނެ މިވަރުން ދަންޏާ.

The name is already taken The name is available. Register?

ލަކުޑިބޯ

01 June 2025

ތި ވާނީ ފީފާއިން އެބޭފުޅާ އުޅުއްވަން ދެއްވާފަ ހުރި ތަނަކަށް!

The name is already taken The name is available. Register?

ޑރ ވާންޗޯ

01 June 2025

ބަލަންވީ ތިޔަތަނަށް ފައިސާދެއްކީ ކާކުގެ ކޮންފައިސާއަކުންތޯ؟. ކޮރަޕްސަން ހިންގާމީހުން އެތަންތަން ރެޖިސްޓްރީނުކުރާނެ އަމިއްލަނަމަކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454