އެލަން ސެއިންޓް މެކްސިމިން: މަނާ ބޭސް ދިން ކަމަށް އޭނާ ބުނާ ވާހަކަ ކްލަބުން ދޮގު ކޮށްފި --- ފޮޓޯ: ގެޓީ އިމޭޖަސް
06 ޖުލައި 2025 - 11:52
ފެނަބާޗޭ އަށް މިދިޔަ ސީޒަނުގައި ކުޅުނު ފްރާންސްގެ ފޯވާޑް އެލަން ސެއިންޓް މެކްސިމިން އަށް މަނާބޭސް ދޭން އުޅުނު ކަމަށް އޭނާ ދެއްކި ވާހަކަ އެ ކްލަބުން ދޮގު ކޮށްފި އެވެ.
އަލް ހިލާލްގެ އެއްބަސްވުމުގައި ހުރެ ލޯނު އެއްބަސްވުމުގެދަށުން މިދިޔަ ސީޒަނުގައި އޭނާ ވަނީ ހޯޒޭ މޮރީނިއޯގެ ޓީމަށް ކުޅެފަ އެވެ. މެކްސިމިން ބުނީ އޭނާ ބަލިވުމުން ކްލަބްގެ އޮފިޝަލުން ބޭހުގެ ގޮތުގައި އޭނާ އަށް ދޭން އުޅުނީ ޑޯޕިން ބޭހެއް ކަމަށެވެ.
އެކަމަކު އެ ކްލަބުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ފެނަބާޗޭން ނެރުނު ބަޔާނުގައި ބުނީ އެ ވާހަކައަކީ އެ ކްލަބްގެ އަގު ވައްޓާލުމުގެ ގޮތުން ހަގީގަތާ ހިލާފަށް ދެއްކި ވާހަކައެއް ކަމަށެވެ.
"އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަންޖެހިއްޖެނަމަ އަޅާނެކަން ވެސް ދަންނަވަން،" އެ ކްލަބާ ބެހޭގޮތުން މެކްސިމިން ދެއްކި ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބުނެ ފިޔަވަޅު އަޅާނެކަން އިއުލާންކޮށް ނެރުނު ބަޔާނުގައި ބުނެފައި ވއެވެ.
އުމުރުން 28 އަހަރުގެ ފޯވާޑް ވަނީ ފެނަބާޗޭ އަށް ކުޅުނު 31 މެޗުގައި ހަތަރު ލަނޑު ޖަހައި އިތުރު ފަސް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy