17 އޯގަސްޓް 2025 - 19:37
އަންނަ އަހަރު އަމަލުކުރަން ފަށާ ދިވެހި ޕްރިމިއާ ލީގުގެ އާ ފޯމެޓްގައި ރަށްރަށުގެ ޓީމުތަކަށް ޖާގަ ދިނުމުގެގޮތުން ކުޅޭ ކޮލިފައިންގެ ފުރަތަމަ މަރުހަލާ؛ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިފި އެވެ.
ގެޒެޓްގައި މިއަދު އެފްއޭއެމުން ކުރި އިއުލާނުގައިވާ ގޮތުން އެޓޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ފޯމް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ އަންނަ މަހު އެއްވަނަ ދުވަހުގެ ކުރިންނެވެ.
ފޯމް ހުށަހަޅަން ޖެހޭނީ މެއިލް މެދުވެރިކޮށެވެ. މެއިލް ކުރާނީ [email protected] އަށެވެ.
އެފްއޭއެމުން ވަނީ ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިފަ އެވެ. އެއީ:
- އުތުރު ރީޖަން
- ސެންޓްރަލް ރީޖަން
- ދެކުނު ރީޖަން
- މާލެ ރީޖަން
މާލެ ރީޖަން ފިޔަވައި އަނެއް ތިން ސަރަހައްދުގައި ކޮލިފައިން މަރުހަލާ ފަށާނީ އެޓޯލް ޗެމްޕިއަންޝިޕުންނެވެ. އެޓޯލް ޗެމްޕިއަންޝިޕް، ވަކި ވަކި ޒޯންތަކުގައި ފަށާނެ ތާރީހް ވެސް އެފްއޭއެމުން ގެޒެޓްގައި އިއުލާން ކޮށްފައި ވެއެވެ.
- އުތުރު ރީޖަން: އޮކްޓޯބަރު 1 އިން ނޮވެމްބަރު 30 އަށް
- ސެންޓްރަލް ރީޖަން: ނޮވެމްބަރު 15 އިން ޑިސެމްބަރު 30 އަށް
- ދެކުނު ރީޖަން: ޑިސެމްބަރު 1 އިން އަންނަ އަހަރުގެ ފެބްރުއަރީ 15 އަށް
ހަތަރު ޒޯނަށް ރާއްޖެ ބަހާލާފައިވާ ގޮތް
ގެޒެޓްގައި އެޓޭޗްކޮށްފައިވާ މުބާރާތުގެ އޮނިގަނޑުގައި ބުނެފައިވާ ގޮތުން އަތޮޅު މުބާރާތް ބާއްވާނީ ކޮންމެ އަތޮޅެއްގެ ވެސް އެއް ރަށެއްގައި ނުވަތަ ރަށްތަކެއް ގުޅިގެން ހޯސްޓް ކުރާގޮތަށެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމު ކޮލިފައިވާނީ އެ އަތޮޅެއް ނިސްބަތްވާ އެ ސަރަހައްދެއްގެ ސަބް ޒޯނަށެވެ. ކޮންމެ ސަރަހައްދެއްގައި ސަބް ދެ ޒޯން ހިމެނެ އެވެ.
- އުތުރު ރީޖަންގެ ޒޯން 1: ހއ. ހދ. އަދި ށ.
- އުތުރު ރީޖަންގެ ޒޯން 2: ނ. ރ. ބ. އަދި ޅ.
- ސެންޓްރަލް ރީޖަންގެ ޒޯން 1: ކ. އއ. އަދި އދ.
- ސެންޓްރަލް ރީޖަންގެ ޒޯންގެ 2: ވ. މ. ފ. އަދި ދ.
- ދެކުނު ރީޖަންގެ ޒޯންގެ 1: ތ. ލ. އަދި ގއ.
- ދެކުނު ރީޖަންގެ ޒޯންގެ 2: ގދ.، ފުވައްމަލަށް އަދި އައްޑޫ
ސަރަހައްދީ ލީގަށް ކޮލިފައިވާނީ ސަބް ޒޯންތަކުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. ސަރަހައްދީ ލީގުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ލީގު އުސޫލުން ކުޅުމަށް ފަހު އެ ލީގެއްގެ ޗެމްޕިއަން ޓީމު ދެން ކޮލިފައި ވާނީ، ދިވެހި ލީގަށް ކޮލިފައި ބުރަށެވެ.
ކޮލިފައިން ބުރުގައި ވާދަކުރާނީ މާލެ ރީޖަންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން އާއި މި އަންނަ މަހު ފަށާ ލީގުގެ ހަތްވަނަ އަށް ދާ ޓީމާއި އަށްވަނަ އަށް ދާ ޓީމެވެ.
އޭގެ ތެރެއިން ގަދަ ހަތަރު ޓީމަށް އަންނަ އަހަރު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.
މިވަގުތު ހަމައެކަނި މާލޭ ސަރަހައްދުގެ ޓީމުތައް ވާދަކުރާ ލީގުގައި މިފަހަރު 10 ޓީމު ވާދަކުރެ އެވެ. އެ 10 ޓީމުގެ މެދުގައި ދެ ބުރު ކުޅުމަށް ފަހު ފުލަށްދާ ދެ ޓީމު ސީދާ ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޅަ ޖަންބެ
18 August 2025
އެފްއޭއެމް ގަ މިހާރު ވެސް ތިބީ އޭރު ތިބި މީހުން. ހަމަ އެކަނި ރައީސް ބަދަލުވީ. މި މީހުންނަކަށް ހަޖަމެއް ނުވާނެ ރާއްޖެ ތެރޭ ޓީމުތައް މާލޭ ޓީމު ތަކައް ވުރެން ރަނގަޅައް މުސާރަ ގަވަިއދުން ދީގެން މޮޅު ފުޓުބޯޅައެއް ކުޅޭތަން ފެނިނީމަ. ރަނގަޅު މޮޅު ކުޅުމެއް ކުޅޭ ރާއްޖެތެރޭ ޓީމުތައް ފުރަތަމަ ޑިވިސަން އިން ބޭރު ކުރީ ގަވާއިދާ މުޅިން ހިލާފަށް ރެލެގޭޓު ނުވަނީސް. އެއީ މާލެ ޓީމު ތަކާ އެއްވަރަށް އެއްޗެއް ދޭންޖެހޭތީވެ ހަޖަމު ނުވެގެން ކުރި ކަމެއް.
އޮނަރަބްލް އަފީފު ދީދީ
18 August 2025
މާލޭމީހުން އެންޓަޓައިންކޮށް، އެރަށު ކަންމަތީ ޤުރޫޕްތަކަށް އެފްއޭއާއި ސްޕޯޓްސް މިނިސްޓްރީގެ ފައިސާބަހަން ބާއްވާ މުބާރާތް ތަކުގައި ތ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ބައިވެރިނުވެ ކޮޅުމަޑުލުން އައްޑުއަށްހިމެނޭ ރީޖަނަށް ޙާއްސަކޮށްގެން ކޮންމެ އަހަރަކު Mayor Cup ބާއްވާ އެންމެމޮޅު 6 ޓީމަށާއި، ސާކް ސަރަޙައްދުން (މާލޭ ޓީމަކަށްވެސް ދައުވަތު ދެވިދާނެ) 2 ޓީމަކަށް ދައުވަތުދީގެން 2 އަހަރުން 1 އަހަރު ބާއްވާ Mayor Invitational Trophy ބޭއްވުން މާރަނގަޅު ވާނެ.
އަތޮޅޭޭ
18 August 2025
މާލޭ ޒޯން މީ މާ މާތް މުޤައްދަސް ޒޯނެއްތަ؟ އެހެން ޒޯންތަކުގެ ޗެމްޕިއަނުން މިޖެހެނީ މާލޭ ޒޯންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނާއި އަދި މާލޭ ޒޯނުގެ ފުރަތަމަ ޑިވިޝަނުގެ ހަތްވަނަ ޓީމާއި 8 ވަނަ ޓީމާއެކު ކޮލިފައިން ބުރެއް ކުޅެގެން ދިވެހި ލީގަށް ކޮލިފައިވާން. ހާދަ އިންސާފުވެރި ގޮތެކޭދޯ. އަޅެ ހުރިހާ އެއްޗެއް މާލެއަށް އަޅާފަ، އަތޮޅުތެރޭ މީހުން އުލުއިންދަންވީނު.
ދޮގުހެދުން
18 August 2025
ޑީޕީއެލް އަކީ މާލެ ޒޯން އެއް ނޫން. ޑީޕީއެލް ގެ 7 & 8 އަކާ ޖެހޭނީ. ފަށާއިރު ޑީޕީއެލް ގަ ގިނަވާނީ މާލެ ޒޯންގެ ޓީމްތަށް، ދެން ޓައްކީޔާފަ އެ ޓީމްތަށް ބޭރެއް ނުކުރެވޭނެ ދޯ.
އޮނަރަބްލް އަފީފު ދީދީ
17 August 2025
އެންމެފުރަތަމަ ކަމަކަށް "ރަށުޓީމާއި، އަތޮޅު ޓީމްތައް" ފަދަ ބަސްތަކަކީވެސް ރާއްޖޭގެ އެހެން ރަށްރަށުމީހުން ދެރަކޮށް ނިކަމެތިކޮށްލުމުގެ ބޭނުމަށްޓަކާ މާލޭސަރުކާރާއި މާލޭމީހުން ބޭނުންކުރާ ބަސްތަކެއް. އިސްސާފުވެރިކޮށް ބަހާނަމަ ކީއްވެގެންތޯ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ 3 ރީޖަންގެމައްޗަށް ބަހާނުލީ؟! ތިއީ ހަމަ ނަމަކަށް ބަހާފައިއޮތް ބެހުމެއް.
މޮޔަގެރި
18 August 2025
ބްރޯ ކަލެއަށް ހެޔޮ އެއްވެސް ގޮތެއް ނެތެއްނު. އަތޮޅުތަކަށް ފުރުސަތު ދިނަސް ކަަމަކު ނުދޭ.
އޮނަރަބްލް އަފީފު ދީދީ
17 August 2025
މިހާރު ބަހާފައިއޮތް 4 ރީޖަންގެތެރެއިން ކ.މާލެފިޔަވާ ދެންއޮތް 3 ރީޖަންގެ ޗެމްޕިއަނާއި ރަނަރަޕް ޓީމް ކ.މާލެއަށް ދިއުމަށް މާލޭސަރުކާރުގެ އިތުރަށް އެރަށު ކަންމަތީ ޤުރޫޕްތަކަށާއި ގޭންގްތަކަށް ސްޕޮންސާރ ހޯދާދީ އަދި އެފްއޭގެ ބަޖޭޓް އެމީހުންގެމައްޗަށް ތަޅާހުސްކުރާ އެފްއޭއެމް ނުވަތަ Football Association of Maleގެ ފަރާތުން ވެދޭނެއެހީތެރިކަން ކުރިން ނުބުނާނަމަ އެއްވެސް ކައުންސިލަކުން ތިޔަމުބާރާތަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ދިނުމުގެ ބޭނުމެއްނެތް.
އޮނަރަބްލް އަފީފު ދީދީ
17 August 2025
ދުނިޔެއަށް ފުޓްބޯޅަ ތައާރަފް ކުރި މާތްވެގެންވާ އިޤިރޭސި ދައުލަތުގެ ސިފައިންގެ އެހީތެރިކަމާއި އެކު ފުޓްބޯޅައިގެ އެންމެ މަތީ ދަރަޖައިގެ ތަމްރީނު ލިބިގެން ކ.މާލޭ ޓީމް ތަކަށާއި މާލޭ މީހުނަށް ފުޓްބޯޅައަކީ ކޮންގޮތަކަށް ކުޅޭއެއްޗެއްކަން ދަސްކޮސްދީ ޕާސިންގ ގޭމްގެ ޖާދޫ ދައްކާލި އައްޑޫ DNC އާއި ANC އަށް މާލޭސަރުކާރުގެ ވެރިން އެޒަމާނުގައި ވެސް ކަންތައްކުރިގޮތް އަހަރުމެނަށް ވަރަށް ރަނގަޅަށް އިގޭ. ތިރަށު މީހުންގެ ވިސްނުމާއި ފިކުރު އަދިވެސް ހުރީ ހަމަ އެގޮތަށް.
ޕަންކްސް
23 August 2025
މާތްވެގެންވާ އިނގެރޭސި ދައުލަތޭ ނުކިޔާ !!! އެއަށްވުރެ މުސްލިމުންގެ ޚަލީފާއިންގެ ވެރިކަން މާ މާތްވާނެ !!!
އޮނަރަބްލް އަފީފު ދީދީ
17 August 2025
އައްޑޫ ޑީއެންސީ އާއި އޭއެންސީ ގެ އިތުރަށް ކ.މާލޭގެ ޓީމް ތަކަށް ބަލިކުރަން އުދަގޫވި ޓީމް ތައް ކަމަށްވާ ގުޅީ ޓީމް، ހިންމަފުށި ޓީމް، އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި، ކުޅުދުއްފުށީ މަގްލަސް އަދި އައްޑޫ އޭއެފްސީ، ނެކްސަސް ގެ އިތުރުން އައްޑޫގެ މަޝްހޫރު ފުޓްބޯޅަ ޓީމް ވީބީ އައްޑޫ އެފްސީ އަށް ހަދާލިގޮތް އަހަރުމެނަށް ވަރަށް ރަނގަޅަށް އިގޭ. މާލޭ އެފްއޭގެ ރައީސަކަށް ތޯރިޤް ހުއްްޓެއް ކަމަކު އެމީހުންގެ ސިޔާސަތެއް ބަދަލެއް ނުވާނެ.