ނިއު ލެގޫންގެ ފެތުންތެރިންނާއި ކޯޗުންނާއި އޮފިޝަލުން އަދި ބެލެނިވެރިން މާލެއިން ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން: އެ ކްލަބްގެ 41 ފެތުންތެރިން މުބާރާތުގައި ވާދަ ކުރާނެ --- ފޮޓޯ: ނިއު ލެގޫން
03 ސެޕްޓެމްބަރ 2025 - 13:23
ނިއު ލެގޫން ސްވިމިން ކްލަބްގެ 40 އަށް ވުރެ ގިނަ އެތުލީޓުން ތައިލެންޑްގައި ބާއްވާ އޭޝިއާގެ ސްކޫލް އިންވިޓޭޝަނަލް ފެތުމުގެ މުބާރާތުގައި ވާދަކުރަން ފުރައިފި އެވެ.
އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް ޝޯޓްކޯސް މުބާރާތަކީ އަމިއްލަ ކްލަބްތަކަށާއި އެކަޑަމީތަކަށް ހުޅުވާލައިގެން ބާއްވާ ޖޫނިއާ މުބާރާތެކެވެ.
މިދިޔަ އަހަރު ވެސް މި މުބާރާތުގައި ރާއްޖޭގެ ބައެއް އެކަޑަމީތަކުން އަމިއްލަ ގޮތުން ބައިވެރި ވެފައި ވެއެވެ. މިފަހަރު އެ މުބާރާތުގައި ރާއްޖޭން މިފަހަރު ދެން ވާދަކުރަނީ ކްލަބް ބޮޑު ރިޔާ އާއި އަކުއާ ފިނާ އެވެ.
އެ ކްލަބުން ޖުމުލަ 41 ފެތުންތެރިން 450 އަށް ވުރެ ގިނަ އިވެންޓްގައި ވާދަކުރާނެ ކަަމަށް ކްލަބްގެ އޮފިޝަލް ބުންޏެވެ.
ޝޯޓްކޯސް.(25 މީޓަރު) ޕޫލުގައި ކުރިއަށްގެންދާ މުބާރާތް އޮންނާނީ އަންނަ ހޮނިހިރު ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތް ކުރިއަށްގެންދާނީ ބެންކޮކްގެ އެސަމްޝަން ޔުނިވަސިޓީގެ އަކްއާޓިކް ސެންޓަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮސް
03 September 2025
ތައިލެންޑަށް ދަނީ ކުޅިވަރަށް.....ދޯ!
ޑރ ވާންޗޯ
03 September 2025
ތަމްރީނުހޯދުމުގެ ދަތުރެއްގަ ބެންގްކޮކްއަށް ދިޔައީދޯ؟.
މަރިޔަމްމަނިކޭ
03 September 2025
މައުލޫމާތު ރަނގަޅުހެން ހީނުވޭ. އެހެން ކްލަބްތަކުން ވެސް ބައުވެރިވި އެތަށް ކުދިންނެއް