16 ސެޕްޓެމްބަރ 2025 - 23:27
ސްރީ ލަންކާގައި އިއްޔެ ފެށި 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނޭ ގުރޫޕް ބީ ގައި އިންޑިއާ އާއި ޕާކިސްތާން ފުރަތަމަ މެޗުތަކުން މޮޅު ވެއްޖެ އެވެ.
އެ ގުރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ކުޅުނީ ރާއްޖެ އާއި އިންޑިއާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން މެޗު ކާމިޔާބު ކުރީ 6-0 ންނެވެ.
އިންޑިއާގެ ޑަލާލްމުއާން ގާންޓީ ވަނީ ދެ ލަނޑު ޖެހި އެވެ. ދެން ހަރިޝިކޭޝް ޗަނަން މަނަވާތީ އާއި ކެންގައުއޯ ޑަންގަލް، ވަންކަރޭކަމް ގަންލައިބާ އަދި އާޒިމް ޕަރްވޭޒް ނަޖަރު ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިފަ އެވެ.
ގްރާސްރޫޓް ފުޓްބޯޅައިގައި އޭއެފްސީގެ އުއްމީދީ އެވޯޑް ކުރިން ހޯދި ބޫޓާންގެ ޓީމަށް ޕާކިސްތާނުގެ ކައިރީގައި މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ވަރަށް ބޮޑަށް ވަޅުޖެހިފައިވާ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމަށް ޕާކިސްތާނުން އެ ޓީމުގެ 17 އަހަރުންދަށުގެ ގައުމީ ޓީމު އެކުލަވާލީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ބޭއްވި ޓްރެއަލްތަކުންނެވެ.
އެ ޓްރެއަލްތަކުން ފާހަގަވި އެންމެ ހުނަރުވެރި ކުޅުންތެރިން ހިމަނައިގެން ސްކޯޑެއް އެކުލަވާލައި އެއްކޮށް ކުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ.
ޕާކިސްތާނުން ބޫޓާންގެ މައްޗަށް ކުރި ހޯދީ 4-0 ންނެވެ. އެ ޓީމުގެ މުހައްމަދު އަބްދުﷲ ހެޓްރިކް ހެދި އެވެ. އަނެއް ލަނޑު ޖެހީ ހަމްޒާ ޔާސިރެވެ.
އެ ގުރޫޕްގައި ދެން ކުޅޭ މެޗުގައި ރާއްޖޭން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެ މެޗަށް މާޒިޔާގެ ފޯވާޑް އިލާން އިމްރާން ޓީމާ ގުޅޭނެ ކަމަށް ބެލެވެ އެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި، އުމުރުން 16 އަހަރުގެ އިލާން ވަނީ މާޒިޔާގެ ޓީމުގައި ކުޅެފަ އެވެ.
ގުރޫޕް އޭ ގައި ހިމެނެނީ ލަންކާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ނާޕޭލުން ލަންކާގެ މައްޗަށް ކާމިޔާބު ހޯދި 2-0 ންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަޑާ އެކެޑަމީ
17 September 2025
އެކެޑަމީ ހަދައިގެން ތިކުރާކަމެއް ނިކަން ބުނެދީބަލަ؟ ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން އެތަށް ހާސް ކުދިން އަތުން ފީނަގައިގެން ތިޔަ ކުރާކަމަކުން ގައުމަށް މިބުނީ ކޮންރީތި ނަމެއް. ތިޔަ އެކެޑަމީ ތަކަކީ ބޮޑު ސްކޭމް ގަނޑެއް. އެއްވެސް ޕުލޭނެއް އޮވެގެން ކުރާކަމެއްނޫން. ހަމަ ދެމީހަކު އެއްވެލާފައި ކަމަކަށް ކަމެއްކޮށްލަނީ.
އިހްސާސް
17 September 2025
މޫނާ ކަނދުރާޔާ ނަމަށާ އާއިލާއަށް ބަލައިގެން މިކަން ނުވާނެ. ރާއްޖޭގައި ގިނައިން ފުރެންޑުލީ ކުޅުވާނީ އެއްކުދިންތަކެއް ލައްވާ އެކަޑެމީތަކުގަ. އެކުދިން ހަފުސްވާއިރު ދެން ރިކަވަރީއަށް ކުޅެލާނެ ކުދިން ތަމްރީނު ނުކުރެވެ.
ދިވެހި ސަޕޯޓަރެއް
17 September 2025
ރާއްޖޭގައި މިބާއްވާ އެކަޑަމީ މުބާރާތްތަުކުންވެސް ފެންނަނީ ހުނަރާއި ޕާސިން އަދި ދަސްކުރުމަށް ބޭނުންވާ މުހިއްމު ހުނަރުތައް އެކަހެރި ކުރުމަށްފަހު ކޮންމެ ގޮތަކުންވެސް ބަލި ނުވާން ވެގެން ކުޅޭތަން، މިގޮތަ ބަދަލުކޮށް ރަނގަޅަށްޕާސްކޮށް ރަނގަޅަށް ކޮންޓްރޯލްކޮށް ޓީމު ޕްލޭގެ ސިސްޓަމަށް ކުޅުވުމުގެ ގޮތަްނޑު ގެންގުޅެގެން ނޫންގޮތަކަށް ދިވެހިން މިއެދޭފުޓުބޯޅައެއް އެ ކުޅުންތެރިންގެ ފަރާތަކުން ނުފެންނާނެ.
ދުރުމި
17 September 2025
އިންޑިޔާގައި ވެސް ހުނަރުގެ ގޮތުން ތަފާތު ކުޅުންތެރި އެއް ނެތް . އެކަމަކު އެމީހުންނަށް ޕާސް ކުރާށާއި ބޯޅަ ގެއްލުނީމަ ރިކަވަރ ކޮށް މެދުތެރެ ބޭނުން ކޮށްގެން ކުޅެން ދަސްކޮށްދީފަ އެބަހުރި . ރާއްޖޭގެ ތީމަށް ރަގަޅަށް ގިނަވެގެން ތިން ޕާސް ވެސް ނުޖެހޭ.
ޖނިކި
17 September 2025
3 4 މީހުން ބީޓު ކުރީމައޭ ބޯޅަ ކުޅެވޭނީ..ހެހެހެ
ފުޓުބޯޅަ ހަލާކު
17 September 2025
ރާއްޖޭގައި، ބޮޑެތި އެކަޑަމީ ތައް ހަދައިގެން ކޮން ކަމެއް މި ކުރަނީ. 50 ހަކަށް އެކަޑަމީ އިނދޭ. ރަނގަޅު ޕުލޭއަރުން ތަކެއް ނުއުފެއްދޭ. އިންޑިޔާ މީ ކުރިކެޓަށް މަރުދޭ ޤައުމެއް. އެކުޅިވަރުގަ ދުނިޔޭގެ ފާހަގަ ކޮށްލެވޭ ޤައުމެއް. އެކަމަކު ރާއްޖެ 1 ވަނަ ކުޅިވަރަށް ފުޓުބޯޅަ ހަދައިގެން، ކޮންކަމެއް މި ކުރަނީ. މީ މުސްތަޤް ބަލުގައި ރާއްޖޭގެ ސީނިޔާ ޤައުމީޓީމްގައި ތިބޭނެ ކުޅުންތެރިން. އިންޑިޔާ ކަހަލަ ޓީމެއްގެ އަތުން ، ބަލިވިއަސް، 6 ލަނޑުން ބަލިވީމަ ކަޑަ.
ރާކަނިމ
16 September 2025
މެޗް އޮންނަށް ވާހަކަ ވަރަށް ގިނައިން ޕޭޖްތަކުގަ ލިއުން ، ބަލިވީމާ އެެއްވެސް ޕޭޖަކު ނުލިޔާ ،އަދިވެސް މިބަލަނީ ރަގަޅުވާނެ ކަމަށް!