ރައީސް ޑރ. މުއިއްޒު. ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ބޭއްވި ހަވީރުގެ ސައިފޮދުގައި ބައިވެރިވެވަޑައިގެން ކުޅުންތެރިންނާއި އޮފިޝަލުންނާ ވާހަކަފުޅު ދައްކަވަނީ: ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް އެއްހަމަކޮށް ވަނީ ބޮޑުކޮށްފަ --- ފައިލް ފޮޓޯ: ރައީސް އޮފީސް
18 އޮކްޓޯބަރ 2025 - 13:52
ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް އެއްހަމަކޮށް 7،000ރ. އަށް ބޮޑުކޮށްފި އެވެ.
ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ މެދުގައި ވެސް އިނާޔަތް އެއް އެއްހަމައަކޮށް ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއްއްޒުގެ ރިޔާސީ ވައުދެކެވެ.
ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ކޮންމެ މަހަކު ކުރިން ދެމުން ދިޔައީ 5،000ރ. ގެ އިނާޔަތެކެވެ. އޮފިޝަލުންނަށް ކުރިން ކޮންމެ މަހަކު ދެނީ 2،500ރ. އެވެ.
އިނާޔަތް އެއްހަމަކޮށް ބޮޑުކުރުމުން އޮފިޝަލުންނަށް ވެސް 7،000ރ. ލިބޭނެ އެވެ.
ސްޕޯޓްސް މިނިސްޓްރީން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސާކިއުލާގައި ބުނެފައިވާ ގޮތުގައި ރައީސްގެ ވައުދާ އެއްގޮތަށް ގައުމީ ޓީމުތަކުގެ އިނާޔަތް ބޮޑުކުރުމާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުން ފެށިގެން 7،000ރ ގެ އިނާޔަތް ދިނުމަށެވެ.
އެކަމަކު މެއި މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުރީގެ އަދަދުން އެތުލީޓުންނާއި އޮފިޝަލުންނަށް އިނާޔަތް ވަނީ ޖަމާކޮށް އެވެ.
އެ މުއްދަތަށް ކޮންމެ މަހަކަށް ޖެހޭ 7،000ރ. އިން އެތުލީޓުންނަށް އިތުރަށް ދޭނީ ކޮންމެ މަހަކަށްވާ 2،000ރ އެވެ. އޮފިޝަލަކަށް އިތުރުވާބައިން ދޭނީ ކޮންމެ މަހަކަށް ޖެހޭ 4،500ރ. އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ އެ ފައިސާ އަދަދު، ޖަމާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ބޮޑު ކުރި 7،000ރ ޖުމުލަ އަދަދު އެކުގައި ޖަމާކުރަން ފަށާނީ މިދިޔަ މަހު 15 އިން ފެށިގެން ތައްޔާރުކުރާ "މުސާރަ ޝީޓުން" ކަމަށް ވެސް މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.
މި މަހުގެ ދެވަނަ ދުވަހު ރައީސް ވަނީ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމާ އެކު ހަވީރު ސައިފޮދެއްގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގައި ގައުމީ ޓީމުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ވަރަށް އަވަހަށް ބޮޑުކޮށްދެއްވާނެކަމަށް، ކުޅުންތެރިންގެ ގާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި ކަމަށް ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެޔޮ ނުވާނެ އަޅެ
20 October 2025
އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުން. އޭގެ ފަހުން ސިޔާސީ މަޤާމުތައް މަދުކުރުން
ސުނާނާ
19 October 2025
ވަރަށް އުފާވެރި ކަމެއް. ރާއްޖޭގެ ފުޓުބޯޅަޔަށް ގެއްލިފަ އޮތް އުންމީދު އަލުން އައުވެއްޖެ.
ސީމާ ސަމީމް
19 October 2025
ސަރުކާރު ތަކުން ހަނދާން ނައްތާލާފަ ތިބި ބައެއްގެ މަތިން ހަނދުމަ އާ އާކޮށް އެމީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެން ދިނުމަށް ތިޔަ ނިންމި ނިންމުމަށް ފަށްފަށުން ޝުކުރު ދަންނަވަން
ހައްމާދު އަބްދުﷲ
19 October 2025
މިހާރު ދެން ހަމަޖެހިލައިގެން އިތުރު ގަޑީ ފުޓް ބޯޅަ ކުޅެލެވޭ ވަރު ވާނެ، އުއްމީދު ކުރަނީ އާ ހިއްވަރާއިއެކު ގައުމަށް ރީތި ނަން ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކުރާންެ ކަމަށް، ޝުކުރިއްޔާ ރައީސް މުއިއްޒު
ޝުއާއު މޫސާާ
19 October 2025
މިކަންވެސް ގޯސްކުރަން ބަޔަކު މީހުން އުޅޭނެ. އެހެންވިޔަސް ގައުމީ ޓީމް ކުރާ އަގުހުރި މަސައްކަތް ބަލައިގަންނަ ވެރިއެއް ލިބުން އެއީ އަހަރެމެންގެ ވަރަށް ބޮޑު ނަސީބެއް.
ރައިހާން އަލީ
19 October 2025
ފަސްޖެހުމެއް ނެތި ކުޅިވަރު ކުޅޭ ޒުވާނުންގެ މުސްތަގުބަލު އުޖާލާ ކުރުމަށް ތިޔަކޮށްދެއްވީ ކަންތައް ތަކަށް ޝުކުރިއްޔާ
ައަލްސަންް
19 October 2025
ފުޓުބޯޅައަށްވެސް ރައީސް މުއިއްޒު މި ގެނުވާ ކުރިއެރުން އެހެން އެއްވެސް ރައީސަކަށް ނުގެނެވުނު. ސާބަހޭ ރައީސް މުއިއްޒު.
ލީވާން
19 October 2025
ކުރީގެ ވެރިން ފަސްޖެހިފަ ތިބި ކަންކަން މިހާރު ވަމުންދާތަން ފެންނަނީ، މިކަމަކީ ކުޅިވަރު ކުޅޭ ޒުވާނުން ވަރަށް ބޭނުންވެފަ ތިބި ކަމެއް
މާހީ ރަސީދު
19 October 2025
މީ ކުޅިވަރުގެ އާއިލާ އަށް ލިިބިގެންދާނެ ވަރަށް އުފާވެރި ހަބަރެއް
ރާޝިދު
19 October 2025
ރައީސް މުއިއްޒު ވެގެން މިދަނީ ކުޅިވަރު ކުރިއެރުވުމަށް މުހިއްމު ނިންމުންތަކެއް ނިންމަމުންދާ ރައީސެއްގެ ގޮތުގައި