އިސްލާމިކްސް ސޮލިޑާރިޓީ ގޭމްސްގައި ރަފާ އާއި ދީމާ: ސެމީ ފައިނަލުން ޖާގަ ހޯދައި އެ ޕެއާ ވަނީ މެޑަލް ކަށަވަރުކޮށްފަ --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ
12 ނޮވެމްބަރ 2025 - 22:09
ސައުދީ އަރަބިއާގެ ރިޔާޟްގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް ޑަބަލްސްގައި ރާއްޖޭގެ ޕެއާ ފާތީމަތު ދީމާ އަލީ އާއީ އާއީޝަތު ރަފާ ނާޒިމު ސެމީ ފައިނަލުން ޖާގަ ހޯދައި މެޑަލް ކަށަވަރުކޮށްފި އެވެ.
ޑަބަލްސް އިވެންޓްތަކުގެ ކުއާޓާ ފައިނަލުގައި ރަފާ އާއި ދީމާގެ ޕެއާއާ ދެކޮޅަށް ނުކުތީ މިސްރުގެ ޔުސްރާ އަޝްރަފް އަބްދުރާޒިގް އާއި ހިންދު މުހައްމަދު ފަތުހީ އަބްދުލްހަލީމެވެ.
ރަފާ އާއި ދީމާގެ ޕެއާ މެޗު ކާމިޔާބު ކުރީ 3-1 ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމް 11-3 ހިންދު އާއި ޔުސްރާ ކާމިޔާބު ކުރި ނަމަވެސް އަނެއް ތިން ގޭމް ރާއްޖޭގެ ޕެއާއިން ކާމިޔާބު ކުރީ 11-9، 13-11 އަދި 11-5 ންނެވެ.
އޭގެ ކުރިން ގަދަ 16 ގެ ބުރުގައި ރަފާ އާއި ދީމާގެ ޕެއާ ވަނީ ޕާކިސްތާނުގެ ހޫރު ފަވާދާއި ކަލްސޫމް ހާންގެ ޕެއާގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދާފަ އެވެ. ސެޓްތައް ރަފާ އާއި ދީމާގެ ޕެއާއިން ގެންދިޔައީ 11-7، 11-7 އަދި 11-9 ންނެވެ.
އިސްލާމިކްސް ސޮލިޑާރިޓީ ގޭމްސްގައި ރަފާ އާއި ދީމާ: ސެމީ ފައިނަލުން ޖާގަ ހޯދައި އެ ޕެއާ ވަނީ މެޑަލް ކަށަވަރުކޮށްފަ --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ
ސެމީ ފައިނަލުގައި ރަފާ އާއި ދީމާގެ ޕެއާ ދެކޮޅަށް ނުކުތީ ތުރުކީގެ އީސް ހަރަކާ އާއި އުޒުގީ ޔިލްމާޒް އެވެ.
އެ މެޗު ސީދާ ތިން ސެޓުން އުޒްގީ ހަރަކާ ކާމިޔާބު ކުރި އެވެ. އެ ޕެއާ ފުރަތަމަ ދެ ސެޓް ފަސޭހަ ކަމާ އެކު ގެންދިޔައީ 11-7، 11-5 ންނެވެ. ތިންވަނަ ސެޓް 11-7 ދީމާގެ އާއި ރަފާ ކާމިޔާބު ކުރި ނަމަވެސް ހަތަރު ވަނަ ސެޓް 11-6 ން ގޮސް ތުރުކީގެ ޕެއާ ފައިނަލަށް ދަތުރު ކުރި އެވެ.
ސެމީން ބަލިވުމުން، ރަފާ އާއި ދީމާގެ ޕެއާ އަށް ލިބުނީ ލޯ މެޑަލް އެވެ.
ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މޫސާ މުންސިފް އަހްމަދާއީ މުހައްމަދު ޝައްފާން އިސްމާއީލަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމަރޭ
13 November 2025
ފަހުގެ ތާރީހުގަ ރާއްޖޭގަ އުފެދުނު އެންމެ މޮޅު 2 އެތްލީޓުން މީ.. އެއް ފެންވަރެއްގައި އެބަ ހިފަހައްޓާލާ.. އަނެއްކާ އެހާ ވަރަށް މެޑަލްވެސް ހޯދައިދީފި. ސާބަސް. ޝުކުރިއްޔާ 2 ކުދިން..
އަސަރު68
13 November 2025
ރާއްޖެއަށް ރީތިނަން ހޯއްދަވައި ދެއްވުމަށް ތިޔަކުދީން ކުރައްވާ ބުރަ މަސައްކަތަށް ހަމަ އައްސަރިބަހާއި ސާބަސް. ހިތްވަރާއެކު ގަދައަޅާ މަސައްކަތްކުރާނަމަ ކާމިޔާބީ ހައްގުވާނެ.
ރާވެރިބެ
13 November 2025
ދެކުދިންނަށް ސާބަސް! ގަދަ އިގޭ!