ކުޅިވަރު

ޒުވާން އައްސާންގެ ގޯލާ އެކު ޖަރުމަން ވޯލްޑް ކަޕަށް

އައްސާން ވަޑްރާގޯ (ވ-2) ގޯލު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

18 ނޮވެމްބަރ 2025 - 11:40

އުމުރުން 19 އަހަރުގެ މިޑްފީލްޑަރު އައްސާން ވަޑްރާގޯ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އޭނާގެ ގޯލަކާ އެކު 6-0 އިން ސްލޮވާކިއާ ބަލިކޮށް ޖަރުމަން، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ އެވެ.

އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ އައްސާން ވަޑްރާގޯ އަށް ކޯޗު ހޫލިއަން ނާގެލްސްމަން، ސީނިއާ ގައުމީ ޓީމުން ފުރުސަތު ދިނީ މެއިންޒް އަށް ކުޅޭ އެ ގައުމުގެ އަފްޣާން ނަސްލުގެ މިޑްފީލްޑަރު ނަދީމް އަމީރީއަށް އަނިޔާވުމުންނެވެ. ގަލަތަސަރާއީއަށް ކުޅޭ ލީރޮއި ސާނޭގެ އެހީތެރިކަމާ އެކު 79 ވަނަ މިނިޓުގައި އޭނާ ގޯލު ޖެހީ، ފްލޯރިއެން ވިއެޓްޒްގެ ބަދަލުގައި ކުޅެން ނުކުތްތާ އެންމެ 102 ސިކުންތު ތެރޭގަ އެވެ.

ރޭގެ މެޗުގައި އައްސާން ވަޑްރާގޯގެ އިތުރުން ޖަރުމަނަށް ލަނޑުތައް ޖަހައިދިނީ ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ ނިކް ވޯލްޓްމޭޑް އާއި ބެޔާން މިއުނިކްގެ ސާޖް ގްނަބްރީގެ އިތުރުން ސާނޭ އާއި ލައިޕްޒިގުގެ ފުލްބެކް ރިޑުލް ބަކޫ އެވެ. ސާނޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ.

އައްސާން ވަޑްރާގޯ ލަނޑު ޖެހުމަށް ފަހު، މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

ސްލޮވާކިއާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި އަމިއްލަ ގައުމުގައި 2-0 އިން ޖަރުމަން ބަލިކޮށްފަ އެވެ. ނަމަވެސް ޖަރުމަން ވަނީ އެއަށް ފަހު ކުޅުނު ކޮލިފައިންގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.

މި ނަތީޖާއާ އެކު ޔޫރަޕްގެ ކޮލިފައިން ގުރޫޕް އޭގެ ދެވަނައިގައި ނިންމި ސްލޮވާކިއާ އަށް ޕްލޭއޮފްގެ ޖާގަ ޔަގީން ވެފައި ވާއިރު، ތިންވަނައިގައި ނިންމި ނޮދާން އަޔަލެންޑް އެންމެ ފަހުގެ ޔޫއެފާ ނޭޝަންސް ލީގުގެ ގުރޫޕްގެ އެއްވަނަ ހޯދާފައި ވާތީ އެ ޓީމަށް ވެސް ވަނީ ޕްލޭއޮފް ޖާގައެއް ލިބިފަ އެވެ. ގުރޫޕްގެ ފުލަށް ދިޔަ ލަކްޒެމްބާގް ވަނީ ކުޅުނު ހަ މެޗުން ވެސް ބަލިވެފަ އެވެ.

މެޗަކުން ބަލި ނުވެ ނެދަލެންޑްސް ވެސް ކޮލިފައިވެއްޖެ

ޔޫރަޕްގެ ކޮލިފައިން ގުރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގައި ރޭ ނެދަލެންޑްސް ވޯލްޑް ކަޕްގެ ޖާގަ ޔަގީން ކުރީ، ފަހު މެޗުގައި 4-0 އިން ލިތުއޭނިއާ ބަލިކޮށްގެންނެވެ.

ޒަވޯީ ސިމޮންސް، ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ވަރަށް ކުރީކޮޅު މެންޗެސްޓާ ސިޓީގެ ތެއްޖާނީ ރެއިންޑާސް ނެދަލެންޑްސް އަށް ލީޑު ނަގައިދިނެވެ. އަނެއް ތިން ލަނޑު ޖެހީ ދެވަނަ ހާފުގަ އެވެ. ކޯޑީ ގަކްޕޯ ކާމިޔާބުކުރި ޕެނަލްޓީގެ އިތުރުން ޓޮޓްނަމް ހޮޓްސްޕާގެ ޒަވީ ސިމޮންސް އާއި އެސްޓަން ވިލާގެ ޑޮންޔެލް މޭލެންގެ ލަނޑުތައް ޖެހީ ހަތަރު މިނިޓު ތެރޭގަ އެވެ.

މި ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޕްލޭއޮފްގެ ޖާގަ ހޯދާފައި ވަނީ ޕޮލެންޑެވެ.

ކޮލިފައިންގައި ނެދަލެންޑްސް އަށް މޮޅެއް ނުހޯދުނީ ދެ މެޗުންނެވެ. ޕޮލެންޑާ ދެކޮޅަށް ނެދަލެންޑްސް ކުޅުނު ދެ މެޗު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

އަންނަ އަހަރު ޖުމްލަ 48 ޓީމާ އެކު ބާއްވާ ފީފާ ވޯލްޑް ކަޕުން ޔޫރަޕްގެ 16 ޓީމަކަށް ޖާގަ ލިބޭ އިރު، މިހާތަނަށް ހަތް ޓީމެއް ވަނީ ޖާގަ ޔަގީން ކޮށްފަ އެވެ. އަދި ހުރިހާ ބައްރުތަކެއް އެއްކޮން މިހާތަނަށް މުޅި ޖުމްލަ 34 ޓީމެއް ވަނީ މުބާރާތަށް ކޮލިފައި ވެފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454