ފަލަސްތީނުގެ ޒުވާން ޓީމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު: ފަލަސްތީނުގެ ޓީމުގެ ޝަރަފުގައި ރައީސް މިއަދު ވަނީ މެންދުރުގެ ފަރިއްކޮޅެއް ބާއްވަވާފަ --- ފޮޓޯ: ރައީސް އޮފީސް
18 ނޮވެމްބަރ 2025 - 20:52
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމަށް މިހާރު ރާއްޖޭގައި ޓްރޭނިން އަށް ކޭމްޕްކޮށްގެން ތިބި ފަލަސްތީނުގެ ޒުވާން ޓީމުގެ ޝަރަފުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަބަލުން ސާޖިދާ މުހައްމަދު މެންދުރުގެ ފަރިކޮޅެއް މިއަދު ބާއްވަވައިފި އެވެ.
ހޮޓެލް ޖެންގެ ބޯލް ރޫމުގައި ބޭއްވި ޖާފަތުގައި ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމު ވެސް ބައިވެރިވި އެވެ.
ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ހޯމް މެޗުތަކާއި ތަމްރީނުތައް ބާއްވަނީ އެހެން ގައުމުތަކުގަ އެވެ. ފަލަސްތީން ޓީމުގެ ޓްރޭނިން ކޭމްޕް ރާއްޖޭގައި ބާއްވައިދިނުމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން، އެފްއޭއެމްގެ ކިބައިން އެދުމުން، އެ އިންތިޒާމުތައް ސަރުކާރުގެ ހަރަދުގައި ވަނީ ހަމަޖައްސައިފަ އެވެ.
ފަލަސްތީން ޓީމު ޓްރޭނިން ކޭމްޕް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ގާތްގަނޑަކަށް 546،000ރ. ހޭދަކުރާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ވިދާޅުވެފަ އެވެ.
ޓްރޭނިން ކޭމްޕްގައި ފަލަސްތީނުގެ ޓީމުން ވަނީ ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. އެ ދެ މެޗަށް ހާއްސަކޮށް އެފްއޭއެމުން ތައްޔާރު ކުރި ސްވެނިއާ ޓިކެޓް ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައްލަވައިގެންނެވި އެވެ.
އެ ޓިކެޓް ވިއްކައިގެން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމުން ބުންޏެވެ.
އޭޝިއަން ކަޕް 17 އަހަރުންދަށުގެ ކޮލިފައިންގައި ފަލަސްތީން ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. ޓްރޭނިން ކޭމްޕް ނިންމައި ފަލަސްތީނުގެ ޓީމު އިންޑިއާ އަށް ފުރާނީ މާދަމާ އެވެ.
އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހު 30 ނިޔަލަށް ކުޅޭ ކޮލިފައިންގެ އެ ގުރޫޕްގައި ފަލަސްތީނާއި އިންޑިއާގެ އިތުރުން ދެން ހިމެނެނީ އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.
ރާއްޖެ ކުޅޭ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނީ ތައިލެންޑްގަ އެވެ. ރާއްޖޭގެ ގުރުޕުގައި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ ތުރުކްމެނިސްތާނާއި ކުވޭތެވެ. ރާއްޖޭގެ ޓީމުން ވެސް މާދަމާ ތައިލެންޑަށް ދާން ފުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބިލްޑް
19 November 2025
މީ ފިއުޗަރ ބިލްޑް ކުރުން. ޙަމަ އެކަނި ކާންދީފަ ޓެންޓް ދިނަކަސް ނުވާނެ. މުސްތަޤްބަލް ބިނާ ކުރަންޖެހޭ!
ވެންގަބޯ
18 November 2025
އަލް ހަމްދު ލިއްލާހި އެހީތެރިކަން ބޭނުން ވެފައި ވާބަޔަކަށް އެހީގެ އަތެއް ދިއްކޮ ލުމަކީ ފަހުން އެކަމުގެ ފައިދާ އާއި މަންފާ ލިބޭނެ ކަމެއް ކަމުގައި ނޫނީނު ނުވާނޭ އަހަރެންގެ އުންމީދަކީ ފަލަސްތީނުގެ ބިމުގައި ހުންނަ މަސްޖިދުލް އަޤުޞާ މިސްކިތުގައި ނަމާދު ކުރުމުގެ ފުރުސަތު ހުރިހާ ދިވެހިން ނާއި މުސްލިމުންނަށް ﷲ މިންވަރު ކޮށްދެއްވުން އާމީން އަދައްވުރެ ފެހި މާދަމާ އެއް ފަލަސްތީނަށް ދެއްވާންދޭވެ އާމީން
ނޯސިމްޕް
19 November 2025
މިއީ އެހީތެރިކަން ބޭނުންވެފައިވާ މީހުންތަ ؟ އަމިއްލަ ޤައުމުގައި މީހުން ދަތި ހާލުގައި އެތައެއް ވޭނެއް ތަހަމަލް ކުރަމުންދާއިރު، މި ގުރޫޕް އައިސް ކުޅިވަރު ކުޅުމުގައި. މިއީ ފަސްލަސްތީނުގައި ދިރިއުޅޭ ބައެއްވެސް ނޫންކަން ނޭންގެ
ފެކްޓްް
19 November 2025
"ނޯސިމްޕް" އަށް ތާއީދު. ތިބުނީ ރަނގަޅު ވާހަކައެއް. ޚާއްޞަކުރެވިފައިވާ މީހުން އުޅޭނީ އޫޔޭއީ ނޫނީ އެހެން ޤައުމެއްގައި. އަފްޢާނިސްތާން ސުންނާފަތި ކުރިއިރުގައިވެސް ކުޅިވަރުގެ ހުރިހާ ކަމެއް ބަރާބަރަށް ހިނގާނެ. ފަރަންޖީންގެ އޮޅުވާލުން ހުންނަމިންވަރަކީ. ސުންނާފަތިކުރަން ބޭނުންވާ ޤައުމުތައް ކުޅިވަރުތަކުގައި އުޅޭނަމަ އެއީ ދުނިޔޭގެ ހުރިހާ ޤައުމަކުން އެބަޔަކަށް އަޅާލާ ބަލަމުންދާކަމަށް. އޭގެ މިސާލެއް ރަޝިއާ. ބޮމުން ބަލިނުކުރެވުނީމާ ކުޅިވަރުން މަހުރޫމް.
ލުއިލުއި އަދުނާން
18 November 2025
ރާއްޖޭގެ އެތައް ކުޑަކުދިންނެއް ބޮޑެތި ބަލިތަކުގެ ޝިކާރައަކަށްވެ ބޭސްފަރުވާކުރެވޭނެގޮތެއްނެތި ޝޯޝަލް މީޑިއާގައި އެހީއަށް އެދި ސަލާންޖަހަމުންދާއިރު ސަރުކާރާއި އަމިއްލަ ފަރާތްތަކުން މުނިފޫހިފިލުވަން ކުރާކަމަކަށްވެސް ފަލަސްތީން ވީމަ އެހީވަނީ.. ކީއްވެތަ އަފްގާނިސްތާން އާއި ޔަމަން އަދިސޫދާނުގައި މާހާލުގައިއުޅޭ މުސްލިމުންނަށް އެހީނުވަނީ.
ފަޅޮ
19 November 2025
ކަލޭމެން ކަހަލަ ނެގެޓިވް ތިންކިން ހުންނަ މީހުންނަށް ހެޔޮ ނޯންނާނެ އެއްގޮތްވެސް. އެހީނުވިނަމަ ބުނާނެ ހާދަ ގޯހޭ.
ވެންގަބޯ
19 November 2025
ދެ ލޯ ކަނު މީހަކަށް ވެސް ފަލަސްޠީނު ސިފަކޮށް ކިޔާދިނުމުން އެމީހަކަށް ވެސް އިހްސާސް ކުރެވޭނެ އެތަނުގެ ހާލަތު ކަލޭގެ ލޮލަށް ފެނި އެތަނުގެ ހާލަތު މުސްލިމުން ނަށް ހެޔޮގޮތެއް ވާން ނޭދޭ މީހުން ނަކީ މުނާފިޤޫން ރާއްޖޭގެ ނިސްބަތުން ސަރުކާރުން އެހެން ގައުމުތަކަށް ވެސް އެހީދޭ ދިވެހި ސަރުކާރުން