އެމެރިކާ އާއި އިޒްރޭލު އިސްވެ އިރާނާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހު ފެށި ސްކޫލަކަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ ހަނދާން އާ ކުރުމަށް އިރާންގެ ގައުމީ ފުޓްބޯޅަ ޓީމުން ވަގުތުކޮޅެއް ހާއްސަކޮށްފި އެވެ.
ހަނގުރާމައިގެ ފުރަތަމަ ދުވަހު، ފެބްރުއަރީ 28 ގައި އިރާނުގެ މީނާބްގައި ހުންނަ ޕްރައިމެރީ ސްކޫލަކަށް އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާގައި ދަރިވަރުންނާއި ޓީޗަރުން ހިމެނޭހެން 170 މީހުން މަރާލި އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ތުރުކީގައި ނައިޖީރިއާއާ ދެކޮޅަށް ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ކުރިން އިރާނުގެ ޓީމުން ވަނީ ސްކޫލް ދަބަސްތަކަކާއެކު ހިތާމަ ފާޅުކޮށްފި އެވެ.
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗު ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔަމުންދިޔަ އިރު، އިރާނުގެ ކުޅުންތެރިން ތިބީ އަތުގައި ކަޅު ކުލައިގެ ބޭންޑް އަޅައި، ފިޔާތޮށި އަދި ދަނބު ކުލައިގެ ކުޑަކުދިންގެ ދަބަސްތަކެއް ހިފަހައްޓައިގެންނެވެ.
މެޗުން އިރާން ބަލިވީ 2-1 ންނެވެ. ތުރުކީގެ މި ކޭމޕްގައި އަދި ކޮސްޓަރިކާ އާ ދެކޮޅަށް ވެސް އިރާބުން މެޗެއް ކުޅޭނެ އެވެ.
ހަނގުރާމައިގެ ސަބަބުން މި އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ވެސް ވަނީ އޭގެ އަސަރުކޮށްފަ އެވެ. ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރާނުން މިހާރު ވަނީ އެމެރިކާގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ.
މިއީ އިރާނުގެ ކުޅުންތެރިންގެ "ފުރާނަ އާއި ސަލާމަތަށް" ނުރައްކާ އޮތް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން އިރާނުގެ ފުޓްބޯޅަ އިދާރާއިން ހުށަހެޅި ހުށަހެޅުމެކެވެ.
ވޯލްޑް ކަޕްގައި އިރާނާ ދެކޮޅަށް ކުޅެން ނިއުޒިލެންޑް ޓީމުން ވެސް ވަނީ އެމެރިކާއިން ބޭރުގައި އެ މެޗު ކުޅެން ތައްޔާރަށް ތިބިކަމަށް ބުނެފަ އެވެ.